މީޑިއާ ކަސްތަޅު ބިލް ހުށަހެޅީ މުއިއްޒުގެ އޯޑަރަށް: އައްބާސް

މީޑިއާ ކަސްތަޅު ބިލް ހުށަހެޅީ މުއިއްޒުގެ އޯޑަރަށް: އައްބާސް

‏މީޑިއާ ކަސްތަޅު އަޅުވަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ރައީސް މުއިއްޒުގެ އޯޑަރަށް ހުށަހަޅާފައިވާ ބިލެއްކަމަށް މެމްބަރ މިހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

މެންބަރ އައްބާސް އެހެން ވިދާޅުވީ މިރޭ އައްބާސް ކުރެއްވި އެކްސް ޕޯސްޓެއްގައެވެ. އައްބާސް ވިދާޅުވީ "ރައްޔިތުންގެ އަގަ ބަންދުކުރުމަށް ރައީސް ޑރ.މުއިއްޒު ކުރައްވާ ކޮންމެ ކަމަކާ ދެކޮޅައް އަޅުގަނޑު ފާޅުގައި ބަސްބުނެ ކުރިމަތިލާނަން." ކަމަށެވެ.

ދުލާއި ގަލަމުގެ މިނިވަން މީޑިއާ ކަސްތަޅު އަޅުވަން ހުށައަޅުއްވާފައިވާ ބިލަކީ ހުދުމުހުތާރު ވެރިކަމެއް ކުރުމަށް ދުރާލާ ރޭވިގެން މަކަރުވެރި ކަމާއެކު ރައީސް ޑރ.މުއިއްޒުގެ އޯޑަރ އަށް ހުށައަޅާފައިވާ ބިލެއް ކަމަށް އެ އިއްޒަތްތެރި މެންބަރ ވިދާޅުވިއެވެ.

.މީޑިއާ ކަސްތަޅު އަޅުވާ ބިލް ފާސްކުރިޔަ ނުދިނުމަށް ކުރެވެން ހުރި ކޮންމެ ކަމެއް މަޖުލީސް ތެރެއިންނާއި ބޭރުން ކުރައްވަމުން ދާނެކަމަށް ވެލިދޫ ދާއޔާގެ އިއްޒަތްތެރި މެންބަރ މުހައްމަދު އައްބާސް ވިދާޅުވިއެވެ.

.ހުދުމުހުތާރު އަނިޔާވެރި ދޮގުވެރިއެއްގެ ކުރިމަތީގައި މެންބަރ އައްބާސް ކުޑަކަކޫ ނުޖަހާނެ ކަމަށް .ވިދާޅުވިއެވެ.