ފެނަކަ ސައީދު އިސްތިއުފާ ދެއްވައިފި

ފެނަކަ ސައީދު އިސްތިއުފާ ދެއްވައިފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމުން މުހައްމަދު ސައީދު އިސްތިއުފާދެއްވައިފިއެވެ. ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު އެ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ ދައުރު ހަމަވާން އެންމެ ދުވަހަކަށް ވެފައިވަނިކޮށެވެ.

އިސްތިއުފާ ދެއްވިކަން މީޑިއާތަކަށް ސައީދު ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް މަޤާމުން އިސްތިއުފާދެއްވި ސަބަބެއް އޭނާ ހާމައެއް ނުކުރެެއެވެ.

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމުން ސައީދު އިސްތިއުފާދެއްވިއިރު، އެ ކުންފުންޏާއި ގުޅޭ 75 މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރގެ އިތުރުން، ސަރުކާރުގެ އެހެން ބައެއް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންވެސް އަންނަނީ އެ ބޭފުޅުން ތިއްބެވި މަޤާމުތަކުން އިސްތިއުފާދެއްވަމުންނެވެ.