ހައިޑްރޯގްރަފީ އެއްބަސްވުން ދަމަހައްޓާނަން- ސަރުކާރު

އިންޑިއާ އާއިއެކު މުއިއްޒު ބޭނުންހާ ސަކަރާތެއް ނުޖެހޭނެ

ހައިޑްރޯގްރަފީ އެއްބަސްވުން ދަމަހައްޓާނަން- ސަރުކާރު

މުއިއްޒު ވެރިކަމަށް އަންނަން ވެގެން ޖެއްސި ޑްރާމާ ތަކުގެ އެއް އެޕިސޯޑަކީ ކަނޑުގެ ދިރާސާ ހެދުމަށް ހަދާފައިވާ ހައިޑްރޯގްރަފީ އެއްބަސްވުމެވެ.

ހުވާކުރާ ދުވަހު ބާތިލް ކުރާނެކަމަށް އަޑުއަރުވާ ރައްޔިތުންނަށް އޮޅުވާލި މި ދެންނެވި އެއްބަސްވުން ވެސް އޭގެ މުއްދަތަށް އިންޑިއާއާއެކު ދަމަހައްޓަން މުއިއްޒު ސަރުކާރުން ނިންމައިފިއެވެ.

ކޮންމެ އެއްބަސްވުމަކީ ވެސް މުއްދަތެއް އޮންނަ އެއްޗެކެވެ. މުއްދަތު ހަމަވުމަށް ފަހު އަލުން އާ ނުކުރާ ނަމަ އެއީ ނެތް އެއްބަސްވުމެކެވެ.

މިހާރުގެ ސަރުކާރުން ނިންމާފައި ވަނީ އިންޑިއާ އާއި އެކު އޮތް އެއްބަސްވުން ބާތިލު ނުކޮށް ހަމަ އޮތް ގޮތަށް އިންޑިއާ އާއި އެކު ކުރިއަށް ގެންދާށެވެ.

ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ހުރި މައްދާތައް ހައިޑްރޯގްރަފީ އެއްބަސްވުމުން އުނިކޮށްފައިވާ ކަމަށް ބުނެ ރައީސް އޮފީހުން ނޫސްވެރިން ކުރިމަތީ ދޮގު ހެއްޖަސް އެ އެއްބަސްވުމަށް އެއްވެސް ބަދަލެއް ނުގެނެއެވެ. ބަދަލެއް ނުވެސް ގެންނާނެއެވެ. 

އިންޑިއާ އާއިއެކު މުއިއްޒު ބޭނުންހާ ސަކަރާތެއް ނުޖެހޭނެކަމަށް އިންޑިއާގެ އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބިފައިވެއެވެ. އިންޑިއާ އާއިއެކު ރާއްޖޭން ވެފައިވާ ހައިޑްރޯގްރަފީ އެއްބަސްވުމަށް ގެނައި ބަދަލެއް މި ސަރުކާރަކަށް ނުދެއްކޭނެއެވެ. 

އިންޑިއާ އާއި ރާއްޖެއާ ދެމެދު މަތީ ފެންވަރުގައި މަޝްވަރާ ކުރުމަށް އެކުލަވާލާ ކޮމެޓީ، އެކުލަވާލައި އެކޮމެޓީގެ ރަސްމީ އެއްވެސް ބައްދަލުވުމެއް ނުބޭއްވޭއިރު ހައިޑްރޯގްރަފީ އެއްބަސްވުމުން އަކުރެއްވެސް ކަނޑާލުމަކަށް ދިވެހި ސަރުކާރަށް ކެރިކުޅަދާނަ ވެގެންވާ ކަމެއްނޫނެވެ. އެއްބަސް ވުމަށް ބަދަލެއް ގެނަޔަސް ގެނެވޭނީ އިންޑިއާއިން ބޭނުން ވެގެން ގެންނަ ބަދަލެކެވެ. 

ވެރިކަމުގެ ފުރަތަމަ ދުވަހު ޔާމީނު މިނިވަން ކުރިހެން، ވެރިކަމުގެ ފުރަތަމަ ދުވަހު އިންޑިއާ ސިފައިން ބޭލިހެން ހައިޑްރޯގްރަފީ އެއްބަސްވުން ވެސް އެތިބީ ބާތިލުކޮށްގެންނެވެ. ހަގީގަގަތަކީ މުއިއްޒު ކުރިން ބުނި ހުރިހާ އެއްޗެއްވެސް ވެރިކަން ލިބުމުން ކެންސަލް ވުމެވެ. ހައިޑްރޯގްރަފީ އެއްބަސްވުމާ ގުޅުވައިގެން ވެސް މުއިއްޒު ސަރުކާރުން ހަދަނީ ދޮގެވެ.