ހެޔޮވެރިކަމުގެ ނަފާ ކޮޅުފުށިން

ރައީސް ސޯލިހު ކޮޅުފުއްޓަށް ކުރައްވާ ކެންޕެއިން ދަތުރުފުޅު ތެރެއިން

ހެޔޮވެރިކަމުގެ ނަފާ ކޮޅުފުށިން

ސަމާސާ ވާހަކައެއް ނޫނެވެ. ކޮޅުފުށީ ރައްޔިތުން އެތިބީ އުފަލުން ފޮޅިފައެވެ. ރައީސް ސޯލިހުގެ ހެޔޮވެރިކަމުގައި އެރަށަށް ލިބެމުންދާ ކުރިއެރުމާ މެދު ޝުކުރުވެރި ވޭވެއެވެ. އެހެން ނުވަންވީ ކީއްވެހެއްޔެވެ. 

ތައުލީމީ އުއްމީދީ އައު ޖީލެއް ބިނާކުރުމަށް ރައީސް ސޯލިހުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މ. ކޮޅުފުށީގެ:- 

  • 40 ދަރިވަރުން ހިލޭ ޑިގްރީ އަށް ކިޔަވަމުން އެބަދެއެވެ.
  • 23 ދަރިވަރަކު ވަނީ ކިޔަވައި ނިންމާފައެވެ.
  • ލޯނު ސްކީމްގެ ދަށުން 5 ކުދިން ކިޔަވަމުން މިހާރުވެސް އެބަދެއެވެ.

މ. އަތޮޅު މަދަރުސާގައި މި ސަރުކާރުން ގާއިމުކުރި 8 ކްލާސްރޫމް އަދި މަލްޓި ޕާޕަސް ހޯލް އިމާރާތްކޮށް ދެއްވައިފިއެވެ.

އެ އިމާރާތް މިއަދު ރައީސް ސޯލިހު ރަސްމީކޮށް އެ ހުޅުއްވައި ދެއްވީއެވެ.

އަނެއްކޮޅުން ކޮޅުފުށީގެ ފެނުގެ ނިޒާމުގެ ހިދުމަތް ގާއިމުކޮށް ދެއްވާ ރަސްމީކޮށް އެ ހިދުމަތް ފައްޓަވާ ދެއްވީއެވެ. ހަމައެއައި އެކު ކޮޅުފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިމުން ރައީސް ފާހަގަ ކޮށްދެއްވީއެވެ. 

ކޮޅުފުށީގެ ތަރައްގީއަށް މި ސަރުކާރުން 2023 ޖޫންގެ ނިޔަލަށް 113,997,074.87 މިލިއަން ރުފިޔާ ހަރަދުކޮއްފައިވެއެވެ. މިހާރުވެސް ކުރިއަށް ދާ ކަންކަމުގެ ތެރޭގައި ހިމެނޭ ބައެއް މުހިންމު ކަންކަމަކީ :-

  • ކުނިކޮށި ޤާއިމްކުރުން  
  • ހެލްތް ސެންޓަރ އެކްސްޓެންޝަން އިމާރާތާއި ޕޯޓިކޯ ހެދުން  
  • 100 ހައުސިންގ ޔުނިޓް އެޅުން.

މި ހުރިއްޔަކީ ހިޔާލީ ވާހަކައެއް ނޫނެވެ. ވެރިއެއްގެ ހެޔޮވެރިކަމުގެ ނަތީޖާއެވެ. ޝުކުރުވެރިވާ ބަޔަކަށް ގަބޫލު ކުރެވޭނޭ ތެދު ހަގީގަތެވެ. ކޮޅުފުށީގެ ރައްޔިތުން ލޮލުން ބޮލުން އެދި ތިބި ބަލައިގެންފައިވާ ހިދުމަތްތަކެވެ.