ހިތާދޫ ދާއިރާއަށް އާޔަތު: ކެންޕޭނުގައި ރައީސް ސޯލިހު
މިސްރާބު ހަމަމަގަށް: މަޖިލިސް 20
މރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެން އުޅުއްވަނީ ބ. އަތޮޅުގައެވެ.
ބ. އަތޮޅުން ރައީސް ސޯލިހު އެންމެ ފުރަތަމަ ވަޑައިގަތީ ބ. ދަރަވަންދޫ އަށެވެ. ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި މަޖިލިސް އިންތިހާބުގެ ކެމްޕެއިނުގެ އެމްޑީޕީގެ ތަރުޖަމާނު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އާއި އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރ އަދި ކެންދޫ ދާއިރާގެ ރައީސް އަހުމަދު ލަތީފް ބައިވެރިވެ ވަޑައި ގަންނަވައެވެ.


ދަރަވަދޫ އެއަރޕޯޓުން ރައީސް ސޯލިހަށް މަރުހަބާ ވިދާޅުވީ މަޖިލީހުގެ ހިތާދޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓް އާޔަތުއްލާ ހުސައިނާއި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ކުރީގެ ޕޮލިސީ ސެކެރެޓަރީ އަހުމަދު ހަމްދާން އާއި ހިތަދޫ ދާއިރާގެ އެމްޑީޕީ ކެންޕޭން ޓީމެވެ. ރައީސް ސޯލިހުގެ މިދަތުރުފުޅުގައި ދަރަވަންދޫގައި ދޮރުން ދޮރަށް ހިންގެވުން އޮތެވެ.

ރައީސް ސޯލިހު ދަރަވަންދޫގައި ދޮރުން ދޮރަށް ވަޑައިގަތުމުގެ ތެރެއިން މީހުންނާ ބައްދަލު ކުރައްވަނީ އިހުތިރާމާއެކުގައެވެ.

ދަރަވަންދޫގައި ތަފާތު އެތައްބަޔަކާ އެމަނިކުފާނު ބައްދަލު ކުރައްވާ ވަނީ ތާއީދު ހޯއްދަވާފައެވެ. ހިތާދޫ ދާއިރާގައި ޕީއެންސީގެ ހަގީގީ ކެންޑިޑޭޓަކީ ކާކުކަން އޮޅި ސަޕޯޓަރުން ބައިބައިވެފައިވާ މިދަނޑިވަޅުގައި ހިތާދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓާ މެދު އެއްވެސް އޮޅުމެއް ނެތެވެ.

ރައީސް ސޯލިހުގެ ބ.އަތޮޅު ދަތުރުފުޅުގައި ކެންދޫ ދާއިރާއާއި ތުޅާދޫ ދާއިރާ ވެސް ހިމެނެއެވެ.

