ރައީސް ފުޅަދޫ ރައްޔިތުން ހެއްވާލައިފި
އިބްރާހީމް މުހައްމަދު ސޯލިހް މިފަހަރު ފުޅަދޫގެ ރައްޔިތުން ހެއްވާލާފިއެވެ.
ޒަމާނުއްސުރެ ކުޑަކުޑަ އާބާދީއެއް އޮންނަ ފުޅަދުއަކީ ހޮސްބަރގް އަތޮޅުގެ ނަމުގައި ޖިއޮގްރަފީގޮތުން ދުނިޔޭގެ ޗާޓްގައި ފާހަގަ ވެފައި އޮންނަ ގުދުރަތީ ވަކި އަތޮޅެއްގައި ހިމެނިފައި އޮންނަ އެއްރަށެވެ. ސިޔާސީ ގޮތުން މާޅޮސް މަޑުލު ދެކުނު ބުރީގެ ބައެއްގެ ގޮތުގައި މީހުން ދިރިއުޅޭ ތިން ރަށެއް އެއްފަޅެއްގައި ހިމެނޭ "ފަޅުތެރެ"އަށް ނިސްބަތްވާ މާޝްހޫރު ގޮއިފުޅަފެހެންދޫގައި ހިމެނޭ ތިންރަށުން އެއްރަށެވެ.
ރަށާމެދު ރަށުގެ ރައްޔިތުން އެކިވަރުގެ އުންމީދުތައް ކޮށް އުންމީދު ކެނޑި މާޒީ އަސަރު ގަދައެވެ. ހިއްޗެވެ. ބައިމަދު ފެންލޮނު ލަފާފުރުން ދަތި ރަށަކަށް ލެއްވުމަކީ ރައްޔިތުމީހާގެ ކުށެއް ނޫނެވެ. ގެއްލި އުވިދިޔަ މާޒީގެ ހިތި ހަނދާންތަކާ ކުޅަ ތަޖުރިބާތަކުން ނެއްޓި މިނިވަން އިންސާނަކަށް ފުޅަދޫ ރައްޔިތުން މިއަދު ބަދަލު ކޮށްލީ ހެޔޮވެރިއެއްގެ ހެޔޮކަމެވެ. ހެޔޮ ވިސްނުމެވެ. ގެނެވޭ ހެޔޮ ބަދަލެވެ.
ފުޅަދޫގެ ޒުވާނެއް ކަމުގައިވާ މުހައްމަދު ޝާނީޒު ބުނިގޮތުގައި ހަދާން ވާންފެށީއްސުރެ ފުޅަދުއަކީ އެއްވެސް ސަރުކާރަކުން ސަމާލުކަން ދީފައިވާ ރަށެއްކަމުގައެއް ނުވެއެވެ. ރަށައް އަރާ ފޭބުމަކީ އެންމެ ބޮޑު އެއް ތަކުލީފުކަމުގައި ޝާނީޒް ސިފަކުރިއެވެ. ރަށަށް ދެވެނީ ގޮއިދޫ ނެރުން ވަދެވޭ ވަރުގެ ދިޔަވަރެއް އޮތިއްޔާ އެގޮތަށް ގޮއިދޫ ނެރަށް ވަދެގެންނެވެ. ޓޫޓީ އިންޖީނުއެޅި ކުޑަދޯނި ގަނޑަކަށްވެސް ދިހަބާރަތާ ބީހިނުލާ ގޮއިދޫ ނެރުން ވަދެގެން ރަށު ގޮނޑުދޮށަށް ކައިރިކޮށް ނުލެވެއެވެ. ދިޔަވަރު ހިކުނަސް ގޮއިދޫ ނެރުމަތި ކުޑަކޮށް ގަދަވެ ލިޔަސް އޮޑިދޯނިފަހަރު ފަޅައް ވަންނަންޖެހެނީ މާ ދުރުގައި އޮންނަދޮރު ކަނޑުންނެވެ. ރަށައް ފައިބަން ޖެހެނީ ޑިންގީއެއްގައި ނޫނީ މޫދައް އެރިގެންނެވެ.
މުދާގެންނަން ދާ ހަރަދު ބޮޑުވެގެން ދާންޖެހޭ މައިގަނޑު ސަބަބެއްކަމުގައި ވަނީ ސީދާ ރަށައް މުދާ ނުބޭލޭތީވެއެވެ. ނަމަވެސް މިސަރުކާރުން ވަރަށް ގާތުން ފުޅަދޫ ރައްޔިތުންގެ އަޑުއަހާ މިވަނީ އެންމެ ފުރިހަމައައް ބަދަރެއް އަޅާދެއްވާފަކަން ޝާނީޒް އުފަލާއެކު ފާހަގަކުރެއެވެ. މުހައްމަދު ޝާނީޒު އިތުރަށް ފާހަގަ ކުރެއްވި އަނެއް ކަމަކީ ރަށުގެ އަވަށު ތެރޭ ހުރި އިންޖީނުގޭގެ ވާހަކައެވެ. އަޑު ގަދަވުމުގެ ސަބަބުން ކައިރީގައި ވަށައިގެން ހުރިގޭގޭ މީހުންނައް ހަމަ ނިދި ނުލިބޭ ވާހަކައެވެ. އިރު އިރު ކޮޅާ ކަންރަންޓު ކެނޑުމުގެ ސަބަބުން އެތައްބައެއްގެ އަގު ހުރި ތަކެތި ހަލާކުވެއެވެ. ނަމަވެސް މިކަމަށް ވެސް މި ސަރުކާރުން ހައްލެއް ހޯދާދިނުމުގެ ގޮތުން މީހުން ދިރިއުޅޭސަރަހައްދާ މުޅިން ވަކިން ފެނަކައިގެ އާއިމާރާތެއް އަޅުއްވާދެއްވާ ހިދުމަތް ދޭން ފެށުމަކީ އެތަކެއް ރައްޔިތުންނައް ލިބުނު ލުއިފަސޭހައެއްކަން ޝާނީޒް އުފަލާއެކު ފާހަގަ ކުރިއެވެ. އޭގެ އިތުރުން ނަރުދަމާގެ މަސައްކަތްވެސް މިހާރު ދަނީ ކިރިއަށް ކަމަށް އޭނާ މައުޅުމާތުދިނެވެ.
މިކަން މިހެން އޮއްވާ އަނެއްކާވެސް އިތުރު ވައުދުތަކެއް ވެވަޑައިގެން ރައީސް ކަންތައްތަކެއް ކޮއްދެއްވާނެ ކަމުގައި ފުޅަދޫގެ ރައްޔިތުންނަށް ރައީސް ވަނީ އިއުލާން ކުރައްވާ ޔަގީންކަން ދެއްވާފައެވެ. އިންޑޯ ވޮލީ ކޯޓަކާ، ވޭސްޓްމެނޭޖްމެންޓް ސެންޓަރަކާ، ފަޅުތެރޭގައި ރިސޯޓަކާއި ފްލޯޓިން ޖެޓީއެއް އަޅާ އެކޮމަޑޭޝަން ބްލޮކެއް ވެސް އަޅާދެންވާނެކަމަށް ވައުދުވެވަޑައިގަތީއެވެ. ރައީސް ސޯލިހު ވައުދު ފުއްދަވާނެ ކަމަމެދަކު ފުޅަދޫ ރައްޔިތުން ޝައްކެއް ނުކުރެއެވެ. ރައީސް ސޯލިހަށް ރައްޔިތުންގެ އިތުބާރު އެބަ އޮތެވެ. ކުރީގެ ސަރުކާރުތަކުން މިކަހަލަ ކުދި ރަށްރަށައް އިހުމާލުވެފަިވިއަސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ފުޅަދޫގެ ރައްޔިތުން އެތިބީ ހެއްވާލާފައެވެ.