ޔާމީނުގެ ބަދަލުގައި މުއިއްޒު ނޫންގޮތެއް
މުއިއްޒު އަކީ ޗޮއިސްއެއް ނޫން
2013އިން ފެށިގެން 2018 އާއި ހަމައަށް އޮތް އަނިޔާވެރި ސަރުކާރު ނިމި އާދައުރެއް ފެށިގެން ދިއައެވެ.2018ގައި ފެށިގެން 2023ގައި ނިމިގެން މިދާ ސަރުކާރުގެ ދައުރަކީ ދިވެހިންނައް އުފާ ފާގަތިކަން ލިއްބައިދިން ދައުރެކެވެ.
ކޮވިޑުގެ ދަތިހާލުގައި ވެސް ގައުމު ނަގާ ކޮޅައްޖެއްސެވީ މުއިއްޒު އެއް ނޫނެވެ. ޒަމާނުއްސުރެ އެތައް ނިކަމެތި ރައްޔިތުންނެއް އިންތިޒާރު ކުރަމުން ދިއަ ބޯހިޔާވަހިކަމުގެ އުއްމީދުގައި ކުލަ ޖައްސައި ދެއްވީ މުއިއްޒު އެއް ނޫނެވެ.
ކުޑަރަށެއް ބޮޑުރަށެއް ނުބައްލަވާ ނަރުދަމާ އަޅާދީ އެ ނިންމާ ލައްވަނީ މުއިއްޒުއެއް ނޫނެވެ. .އެތަކެއް ޒުވާނުން އުންމީދު ކުރަމުންއައި ފުޓްސެލް ދަނޑުތައް އެންމެ ފުރިހަމައަށް ނިންމާލަ ދެނީ މުއިއްޒުއެއް ނޫނެވެ.
މާލޭގެ އެންމެ ކާރުބާރު ބޮޑު އެއްމަގު ކަމުގައިވާ އަމީނީ މަގުގައި ތާރު އަޅައި ނިންމާލަނީ މުއިއްޒު އެއް ނޫނެވެ. މަތިހަށި ނަގާފައި ހަދަން ނިކުތް މަޖީދީމަގު ދެކިފާ ގަތްބިރުން ހަވާލާ މަތިއެއްވަރު ކޮށްލާ ގައުއަތުރާ އިހުއޮތް ހާލަށްވުރެ މަޖީދީމަގު ހަލާކޮށްލީ ލިއެވެ. މާލޭ ދެކުނު ފަޅަށް ނެރެއް ކަނޑާ އެތައް އުޅަދެއް ފުޑާލީ އާޖުފާޖު ނޭނގޭ މޭޔަރ މުއިއްޒެވެ. މާލޭ ހުޅަނގު ބޭރުމަގު އުތުރަށް ވެލިއަޅާ އުސްކޮށް މާލޭ ހުޅަގުކޮޅަކީ ސްވިމިންގޕޫލަކަށް ހެދި ހޮޅި މުއިއްޒެވެ. މިހެން ގޮސް ކިތަންމެ ކަމެއް ކިޔާލަދެވި ދާނެއެވެ. އިތުރައް މުޅި މާލޭގައި މުއިއްޒު ލައްވާ ހޮޅިއަޅާކަށް ރައްޔިތުންނެއް ބޭނުމެއްނޫނެވެ.
ހަގީގަތަކީ އިދިކޮޅުން ކިތަންމެ ވަރަކައް މުއައްޒު ނެރުވައިގެން ވޯޓު ހޯދުމަަށް ރައްޔިތުން ގާތައް އަޔަސް މިއަދު ރައްޔިތުން ތިބީ ގޮތް ނިންމައި ގެންނެވެ. ދެވަނަ ދައުރެއް އިބްރާހީމް މުހައްމަދު ޞާލިހް އަށް ދިނުމަށެވެ. ވަކި އާބާދީ އަކަށް ނުބަލާ ގައުމު ތަރައްގީ ކުރަން ވިސްނަވައިގެން މަސައްކަތް ކުރެއްވި އަދި ކުރައްވާނެ ރައީސް އަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހްއެވެ.
މުޅި ޖުމްލަކޮށް ބުނެލާނަމަ މުއިއްޒު އަކަށް އެއްކަމެއް ވެސް ނުކުރެވޭނެއެވެ. ހޮޅިހޮއްލަން މުއިއްޒު ވެރިކަމަށް ގެންނަން ބޭނުމެއް ނޫނެވެ. ޕީޕީއެމަށް ވެސް ބޭނުމެއް ނޫނެވެ.