ސްކޭމަރ މުއިއްޒުގެ ވަތުބަތާނަ!
ކުރީ ސަރުކާރޭ ވަޅުގަނޑޭ ދުފާއެއްޗިއްސޭ މިހާރު ނުކިޔާ!
ރާއްޖޭގެ އިގްތިސާދަށް ވެގެން އުޅޭގޮތް މީހަކަށް އޮޅެގެނެއް ނޫޅެއެވެ. ރާއްޖޭގައި އޮތިއްޔާ އޮތްރަށަކާއި ފަޅަކާއި ގިރިއަކާއި ވިލަކަށް ދަންދެން ވިއްކާލައިގެން ދައުލަތް ދަވާލީ ޑރ. މުއިއްޒު އެ ސަރުކާރެއްގެ ކެބިނެޓްގައި އިން ސަރުކާރުންނެވެ. ލޯލާރި އެއްވެސް ދައުލަތުގެ ހަޒާނާއަށް ނުވައްދާ ދައުލަތް ކައި ފުރާލައިގެން ތިބެ ދައުލަތް ވަޅުގަނޑަކަށް ވައްޓާލުމުގެ ތުހުމަތު ކުރީ ސަރުކާރުގައި އެބަ އަޅުވައެވެ.
ކުރީ ސަރުކާރުން ނުވާނެއޭ ބުނެ މީހެއްގެ ބޮލުގައި ކަމެއް ނާޅުވައެވެ. ކޮވިޑުން އަރައިގަނެ ޔުކްރޭން ހަނގުރާމައިގެ ލޮޅުން ކުޑަކޮށް އުފާވެރި އަމާން ރާއްޖެއެއް ހޯދާ ދިނުމަށް ކުރީ ސަރުކާރު އޮތީ ތައްޔާރަށެވެ. ކުރީ ސަރުކާރުން ދައުލަތް ހަމަ މަގަށް އަޅުވަން ދެވަނަ ދައުރު ހޯދަން މަސައްކަތް ކުރަމުން ދަނިކޮށް މަށަށް ވާނެއޭ ކިޔާ ރޮއެ ހޭރިގެން ހުސްގޮނޑިއަކާއި ފޮޓޯގަޑެއްގެ ބާރުގައި ވެރިކަން ހޯދާފައި ކުރީ ސަރުކާރޭ ވަޅުގަނޑޭ ދުފާއެއްޗިއްސޭ މިހާރު ނުކިޔާށެވެ.
ބްރިޖާއި ހިޔާ ޓަވަރުތަކާއި ދަރުމަވަންތަ ހޮސްޕިޓާ އަޅާހާ ލާރި އެމްއެމްޕީއާރުސީން މުއިއްޒުމެން ގުޅިގެން ނަގާ އަންބޮނޑިއަށް މަހާލައިގެން އެކަންކަން ކުރުމަށް ދިވެހިންގެ ކަރަށް ވައްޓާލީ ޗައިނާގެ ދަރަނީގެ ދަންތުރައެވެ. ރާއްޖޭގެ ބޭރުގެ ދަރަނީގެ %43 އަކީ ޗައިނާގެ ދަރަންޏެވެ. އެމްއެމްޕީއާރުސީން ކަޅާކޮށްލި އެންމެ ފައިސާ ފޮއްޗެއް ވެސް ދައުލަތަށް ނުހޯދޭ ވަރަށް ހަޖަމްކޮށް ދިރުވާލި ބައިގަނޑު ވެރިކަމަށް އަރާ އަނގަ ދިޔާކުރާކަށް ތާހިރެއް ނޫނެވެ.
ޗައިނާގެ ދަރަނީގެ ދަންތުރަ ދިވެހިންގެ ކަރަށް މަހާލައިގެން އެޅިބުރިޖުގެ ހަލި މަގުހެދި ކުންފުނިން އަމިއްލަ ޖީބަށް މުއިއްޒު ކަށްވާލި ލާރިގަނޑުގެ ވާހަކަ ޕޯޑިއަމެއްގައި މުއިއްޒު ދައްކާލަ ދީބަލާށެވެ. ހިޔާފްލެޓް ކޮތަރު ކޮއްޓަށް ވީގޮތާއި ދަރުމަވަންތަ ދެޓަވަރުން ޓަވަރެއް ގެއްލުނު ގޮތް ކިޔާ ދީބަލާށެވެ. ބްރިޖުގެ 6 ލޭނުން 2 ލޭނު ދިރުވާލީ ފެން ފޮދަކާވެސް ނުލާ ނޫން ހެއްޔެވެ. ތިޔަ ބައިގަނޑު ނަސަންދުރަ ޕެލަސް ހޮޓެލް ފުޅިއްސާލި ގޮތްވެސް ކިޔާދީ ބަލާށެވެ. ލާމު ލިންކް ރޯޑްގެ ޖަރީމާއިން ކައްވާލި ވަރުވެސް ބުނެދީބަލާށެވެ.
މާލޭެގެ ހުޅަގު ފަރާތުގައި ހައުސިންގ ޓަވަރު ތަކެއް ހެދުމުގެ ނަމުގައި ކައްވާލި ފައިސާ ތަކަށް ހެދިގޮތްވެސް މުއިއްޒު ކިޔާ ދީބަލާށެވެ. 2015އިން ފެށިގެން ތައިލެންޑްގެ ރައްޔިތެއް ކަމުގައިވާ ޖިރާޓާ އެކު ހިންގިހާ ސްކޭމުން ނެގި ފައިދާ ގަނޑުގެ ވާހަކަވެސް ކިޔާދޭން ވާނެއެވެ. މާލެ ސިޓީ މޭޔަރަކަށް ހުރެގެން ކާނިވަލުން ދޫކުރި ބިންތަކުން ނެގި ކަޓާއި ޕާކިންގ ސްލޮޓް ވިއްކައިގެން ބައިއަޅައިގެން ހޯދިހާ ފައިސާގެ ތަފްސީލު ދޭން ކެރޭނެ ހެއްޔެވެ.
އައު ސަހަރާ މިސްކިތް މުއިއްޒު ވީގޮތާއި އެތާ އެއްވެސް މަސައްކަތެއް ނުކުރަނީސް އަގުގެ %90 ފައިސާ ދޫކުރުމަށް ފަހު އެގްރިމަންޓް ބާތިލުކޮށް އެ ލާރި ގަނޑަށް ހެދިގޮތް ކިޔާލަ ދީބަލާށެވެ. ރަށް ބޭރުގައި އިންދަން ގެނައި ކަދުރު ރުއްތަކުން ކަމިޝަންގެ ގޮތުގައި ޖީބަށް ޖަހާލި ފައިސާގެ ވާހަކަ ދައްކާލަމާ ބަހީއެވެ. ދިމްޔާތު ކުންފުންޏަށް ވަޒީރުކަމުގައި ހުރެ ބިލާދަރު ލޯނެއް ދަމައިގަތުމުގައި ހިންގި ކޮރަޕްޝަން ވެސް އޮންނާނެތާއެވެ.
އެފްޑީއޭގައި އަނބިގޮއްޔަ ބަހައްޓައިގެން މެޑިކަލް މާފިޔާގެ ތެރެއިން ކޮވިޑް ތެރޭގައި ހިންގި ޖަރީމާއިން ނެގިހާ މަންފާއެއް ނެގީ ކާކުކަން ނޭނގެނީ ކާކަށް ހެއްޔެވެ. ކޮވިޑް ތެރޭގައި އަނބިގޮއްޔެއާއި ގުޅިގެން އުޅުނު އެންމެހެން މިއަދު ތިބީ ސަރުކާރުގެ ތެރޭގައި ގަދަކޮށެވެ. ވެންޓިލޭޓަރ ޖަރީމާއާއި ކޮވިޑް ސާމްޕަލް ލެބޯޓަރީތަކާއި ޓެސްޓްކިޓްގެ ޖަރީމާގެ މުގުލުގައި އަނބިމީހާ ބަހައްޓައިގެން އުޅުނީ މުއިއްޒު ނޫން ދެވަނަ މީހެއް ނޫންކަން މީހުނަށް މިހާރު އެނގެއެވެ. ގައުމުތައް ހުއްޓި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަނބިމީހާ ލައްވާ މެޑިކަލް މާފިޔާ ގޭންގާ ގުޅިގެން ބޮޑެތި ޖަރީމާ ހިންގުވާނީ ކިހާ ކުލުނެއް ރަހުމެއް ނެތީމާ ހެއްޔެވެ.
މުއިއްޒަކީ ތަންތަނަށް ނިކުމެ އަނގަ ދިޔަކުރެވޭ ވަރުގެ މީހެއްނޫނެވެ. ވެރިކަމަށް އަރާހުރެ ވެސް ޖަރީމާ ހިންގުންނޫން ކަމެއް ނުކުރެއެވެ. އެއްބަނޑު ކޮއްކޮއަށް މަޖިލީހުގެ ގޮނޑި ކަށަވަރު ކުރުމަށް އެ މަންޖެއާ ވާދަ ކޮށްފާނެހެން ހީވާހާ މީހަކަށް ސަރުކާރުން ސިޔާސީ މަގާމުތައްދީ ފ. ނިލަންދު އަކީ ދައުލަތުގެ ސިޔާސީ މުއައްސަސާއަކަށް ހަދައިފިއެވެ. ސަރުކާރެއްގައި ހިމެނޭ ހުރިހާ ގިންތިއެއްގެ މަގާމުތައް ނިލަންދޫގައި އެއޮތީ ލަވަކިޔާލާފައެވެ.
މަޖިލީހުން ސާދަ މެންބަރުން ރިޝްވަތުގެ ކަޅުފައިސާއިން ގަނެފިއެވެ. ސްކޭމްސިޓީ ރަސްމާލެފަށާ ސްކޭމް އެއަރޕޯޓް ތިނަދޫ ފަޅުގައި އަޅަން ފަރިކުރީއެވެ. ރައީސް އޮފީހާއި ދެ ގަނޑުވަރުގައި 600 އަށް ވުރެ ގިނައިން ސިޔާސީ މުއައްޒަފުން އެބަތިއްބެވެ. ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ނައިބުންގެ އަދަދު 400 އާއި ކައިރިކޮށްފިއެވެ. ދެ ދަރަޖައިގެ ޕޮލިސީ ޑިރެކްޓަރުން ސަރުކާރުގައި ތިބި އަދަދެއް ހިސާބެއް ނޭގެއެވެ. އެކަމަކު 700 ސިޔާޒީ ވަޒީފާ ހަމަވާ ކަމަކަށް ދުވަހަކު ނުވެއެވެ. އެކަމަކު ދައުލަތް އޮތީ އިގުތިސާދީ ފުންވަޅުގަޑެއްގައެވެ. ކިހާތާހިރު ހެއްޔެވެ.