ސްޓެލްކޯ ޑީއެމްޑީ އަޒްވަރު އއ ގެ ބައެއް ރަށްރަށަށް

ފެރިދޫ މާޅޮސް ހިމަންދޫ ގައި ސްޓެލްކޯއިން ދެވޭ ހިދުމަތައް ވަޒަން ކުރެއްވި

ސްޓެލްކޯ ޑީއެމްޑީ އަޒްވަރު އއ ގެ ބައެއް ރަށްރަށަށް
ސްޓެލްކޯގެ އިހުތިސާސްގައި ހިމެނޭ ރަށްރަށުގެ ކަރަންޓުގެ ހާލަތު ގާތުން ބަލާ ހިދުމަތް ދިނުމަކީ އެކުންފުނިން ވަރަށް ބޮޑަށް އިސްކަންދޭ ކަމެކެވެ. ސްޓެލްކޯގެ އިސްވެރިން އެރަށްރަށަށް ވަޑައިގެން ރަށްރަށުގެ ހާލަތު ބައްލަވާ އެވަގުތަކަށް ކޮށްދެއްވެން ހުރި ކަންކަން ގެންދަވަނީ ކޮށްދެއްވަމުންނެވެ.

ސްޓެލްކޯއިން ތަކުރާރުކޮށް ހިންގާ މި ޕްރޮގްރަމުގެ ދަށުން ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒްވަރު އިއްޔެ ވަނީ އއ. އަތޮޅުގެ ފެރިދޫ އާއި މާޅޮސް އަދި ހިމަންދޫއަށް ވަޑައިގެންފައެވެ. ޑރ. އަޒްވަރުގެ މި ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލްތަކާއި، ޑަބްލިއުޑީސީ އާއި ބައްދަލު ކުރައްވާ ސްޓެލްކޯއިން ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ކުދެވިދާނެ ކަންކަމާ ގުޅޭ މަޝްވަރާތައް ކުރައްވާފައިވެއެވެ.

އެ މަޝްވަރާތަކުގައި އެ ރަށްރަށުގައި ޖަމާއަތުގެ ފެންވަރުގައި ހިނގަމުންދާ އިޖުތިމާއީ ކަންކަމަކީ ކޮބައިތޯ ބައްލަވާ އިޖުތިމާއީ ޒިންމާގެ ދަށުން އެކަންކަމުގައި ސްޓެލްކޯއިން ވެދެވިދާނެ އެހީތެރި ކަމަކީ ކޮބައިކަން ވެސް ސާފުކު ރެއްވިއެވެ.