'އަކުއާފިނާ' ގެ ބްރޭންޑް އެމްބެސެޑަރަކަށް ކެޓްރީނާ ކައިފް
ހައިޑްރޭޝަން ސްޕޭސްގައި ކަމެއް ކުރަން ބޭނުން ވާތާ ދުވަސްކޮޅެއް ވެއްޖެ
ބަންދުކޮށްފައިވާ ބޯފެނުގެ ބްރޭންޑް އަކުއާފިނާގެ ބްރޭންޑް އެމްބެސެޑަރަކަށް ކެޓްރީނާ ކައިފް ވެއްޖެއެވެ.
މިހާރު ވެސް ޕެޕްސީކޯ އިންޑިއާ އާއި އެކު މަސައްކަތުގެ ގަދަފަދަ ވަރުގަދަ ގުޅުމެއް ހިއްސާކުރާ ކައިފް ވަނީ އެ މީހުންގެ 'ޕެކޭޖްޑް ޑްރިންކިން ވޯޓާ' (ބަންދުކުރެވިފައިވާ ބޯފެނުގެ) ބްރޭންޑް އަކުއާފިނާގެ ބްރޭންޑް އެމްބެސެޑަރަކަށްވެ، ބެވަރޭޖް ބްރޭންޑާ ގުޅުން ފުޅާކުރަން ނިންމާފައެވެ.
ހަނދާން ހުންނާނެ ގޮތުގައި ކެޓްރީނާ ކައިފް ވަނީ މީގެ ކުރިން 'ސްލައިސް' ފަދަ އުފެއްދުންތައް އެންޑޯސްކޮށްފައެވެ. ބަތަލާއާއި ގާތް، އިތުބާރު ކުރެވޭ ފަރާތަކުން ހާމަކުރި ގޮތުގައި 16 އަހަރު ވަންދެން ސޮފްޓް ބެވަރޭޖް ބްރޭންޑް 'ސްލައިސް' ގެ ގިނަ އައިކޮނިކް ކެމްޕޭންތަކެއްގެ މޫނަކަށް ވުމަށް ފަހު ބަތަލާ ނިންމީ އަކުއާފިނާއާ އެކު ބްރޭންޑް ޕެޕްސީކޯ އިންޑިއާ އާއި މިހާރު އޮތް ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރުމަށެވެ.
ޕެކޭޖްކޮށްފައިވާ ބޯފެނުގެ ބްރޭންޑާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކެޓްރީނާ ކައިފް ބުނީ "ހައިޑްރޭޝަން އަކީ އަބަދުވެސް އަހަރެންނަށް ފޯކަސް ކުރާ މުހިންމު ދާއިރާއެއް. ހައިޑްރޭޝަން ސްޕޭސްގައި ކަމެއް ކުރަން ބޭނުން ވާތާ ދުވަސްކޮޅެއް ވެއްޖެ. ޕެޕްސީކޯ އިންޑިއާ އާއި އެކު އަކުއާފިނާގެ މޫނަކަށް ވުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވޭ" ކެޓްރީނާ ބުންޏެވެ.
ފިލްމީ ދާއިރާއިން ކެޓްރީނާ ކައިފް އެންމެ ފަހުން ފެނިފައި ވަނީ ފުރަތަމަ ފަހަރަށް ޖިންނިއެއްގެ ރޯލު ކުޅުނު ބިރުވެރި ކޮމެޑީ ފިލްމު "ފޯން ބޫތު" އިންނެވެ. މިހާރު ބަތަލާއަށް ވިޖޭ ސެތޫޕަތީ އާއި ސަލްމާން ހާން، އިމްރާން ހާޝްމީ ލީޑް ރޯލުން ފެނިގެންދާ ފިލްމު ޓައިގާ 3 ފަދަ ފިލްމުތަކާ އެކު ސްރީރާމް ރާގަވާންގެ 'މެރީ ކްރިސްމަސް' ވެސް ކުރިއަށް އެބަދެއެވެ.