އިޖުތިމާއީ ހިދުމަތުގައި ސްޓެލްކޯއަކީ މިސާލެއް

ޔުޓިލިޓީ ހިދުމަތްތަކުގެ އިތުރަށް އިޖުތިމާ ޒިންމާގައި ވެސް ސްޓެލްކޯ ވަރެއް ނެތް

އިޖުތިމާއީ ހިދުމަތުގައި ސްޓެލްކޯއަކީ މިސާލެއް

އިޖުތިމާއީ ޒިންމާ އަދާކުރުމުގައި ސްޓެލްކޯ މިސާލަކަށް ފުދެއެވެ. ސްޓެލްކޯގެ މިހާރުގެ އަމާޒަކީ ވިޔަފާރި ފުޅާކޮށް ފައިދާ ހޯދުން އެކަންޏެއް ނޫނެވެ. ސްޓެލްކޯއިންދެވޭ ޔުޓިލިޓީ ހިދުމަތްތައް ފުޅާކޮށް ކާމިޔާބުކަމާއެކު ދެމެހެއްޓުމަކީ އެންމެ އިސް އެއް މަސްއޫލިއްޔަތެވެ. ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ދަތިކަމެއް ނެތި ލުއިފަސޭހަކަމާއެކު ފޯރުކޮށް ދިނުމަކީ ކެނޑިނޭޅި ކުރެވޭ މަސައްކަތެވެ. ދެވޭ ހިދުމަތަކީ ޖީބަށްލުއި ހަރަދުކުޑަ ހިދުމަތަކަށް ހެދުމަކީ ހުއްޓުމެއް ނެތި ތަރުތީބުވެގެން ހިނގަހިނގާ އޮތް ކަމެކެވެ. މުއައްޒަފުންނަށް ރައްކާތެރި ފަހި މާހައުލެއް ގާއިމިކޮށްދީ މުއައްޒިފުންގެ ލޯތްބާއި ކަމޭހިތުން އޮތް ތަނަކަށް ސްޓެލްކޯ ހެދުމަށް ކުރެވޭ މަސައްކަތަކަށް ހުއްޓުމެއް ނާދެއެވެ. މުއައްޒަފުންނަށް ހިޔާވަހިކަމާއި ހައްޖު އުމްރާގެ އަޅުކަމާއި ކުދިން ބެލުމަށް ދާންދެން ސްޓެލްކޯގައި ފަހިވެފައި އެބައޮތެވެ. ތަމްރީނާއި ހުނަރުވެރިކަމުގެ ޕްރޮގްރާމްތައް އޮތީ ހިނގަ ހިނގައެވެ. 

ފޯރުކޮށް ދިނުމަށް މަތިވެފައިވާ ޔުޓިލިޓީ ހިދުމަތްތަކުގެ އިތުރަށް އިޖުތިމާ ޒިންމާގައި ވެސް ސްޓެލްކޯ ވަރެއް ނެތެވެ. އިހުތިސާސްގައި ހިމެނޭ ރަށްރަށުގެ ތަރައްގީއާއި އެކުވެރި ބަދަހި މުޖުތަމައަކަށް ކުރޭ ކޮންމެ ކަމެއްގައި ސްޓެލްކޯ ދަނީ މިސާލު ދައްކަމުންނެވެ. ކުޅިވަރާ މުނިފޫހި ފިލުވުމާއި މުޖުތަމައުގެ ފައިދާއާއި ލާބައަށް ކުރެވޭ ކޮންމެ ކަމެއްގައި ސްޓެލްކޯގެ ދައުރު ބޮޑެވެ. ގައުމީ މުނާސަބަތުތަކާއި މުޖުތަމައުގެ ދުޅަހެޔޮކަމަށް ސްޓެލްކޯއިން ދޭ އިސްކަން ވަރަށް ބޮޑެވެ. ރައްކާތެރި މައިވަންތަކަމުން ފެށިގެން ކުދީންގެ ތަރުބިއްޔަތަށް ދާންދެން ސްޓެލްކޯގެ ބައިވެރިވުން ނިހާޔަތެވެ. 

މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް އާދަމު ސްޓެލްކޯގެ ތަސައްވަރު އިންތިހާ މަތިކޮށް ދެއްވުމަށް އަވަދި ނެތި ކުރައްވާ ތޫނުފިލި މަސައްކަތްޕުޅުގެ ނަތީޖާ ސްޓެލްކޯއަށާއި އެތާނގެ މުއައްޒަފުންނާއި ރައްޔިތުންނަށް ފެންނަނީ ފަހިކޮށެވެ. ބޮޑެތި ކާމިޔާބީ ތަކާއެކު ސްޓެލްކޯ ވަނީ އިތުބާރާ ޔަގީން ކަމާއި ދުޅަހެޔޮކަން ހޯދާފައެވެ. 

މިމަހު ފާހަގަ ކުރި ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގައި އިހުތިސާސްގައި ހިމެނޭ އެތައް ރަށެއްގެ ކުޑަކުދިންނާ ވެސް ސްޓެލްކޯ އޮތީ އަތުގުޅާލާފައެވެ. ކުޑަކުދީން ތިބީ ހެއްވާލާފައެވެ. ބެލެނިވެރިން ތިބީ އުފަލުން ފޮޅިފައެވެ. 

ކ. ގުޅި 

ކ. ގުޅީ އިންޖީނުގޭގެ މުވައްޒަފުން ވަނީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް އެކި އިދާރާތަކާ ގުޅިގެން ކާމިޔާބު ހަރަކާތްތަކެއް ހިންގާފައެވެ، ގުޅީގައި ބޭއްވި ހަރަކާތުގައި ބައިވެރިވެ، ކުޑަކުދިން ޝައުގުވެރިވާ ފަދަ އުފެއްދުންތަކާއި، ގޭމްތަކާއި އެކު އުފާވެރި ވަގުތުތަކެއް އެ ކުދިންނަށް ހޯދައިދީ، މައުލޫމާތުތަކެއް ފޯރުކޮށްދީފައިވެއެވެ.

އދ. ދަނގެތި

ކުޑަކުދިންގެ ދުވަހާއި ގުޅިގެން އދ. ދަނގެތީގައި ކުރިއަށް ގެންދިޔަ އިވެންޓުގައި ދަނގެތީ އިންޖީނުގޭގެ މުވައްޒަފުން ވަނީ ދަނގެތީގެ ކުޑަ ކުދިންނަށް ހަދިޔާ ބެހުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

އއ. މަތިވެރި

އއ. މަތިވެރީގެ އިދާރާތައް ގުޅިގެން ބޭއްވި "ކޮއްކޮމެންގެ ހަވީރު" ގައި މަތިވެރީ އިންޖީނުގޭގެ މުވައްޒަފުންގެ ފަރާތުންވަނީ 6 ސްޓޯލްއެއް ތައްޔާރުކޮށް، ކުޑަ ކުދިންނަށް ކަރަންޓާއި ގުޅޭ މައުލޫމާތު ދިނުމަށްޓަކާ ދަސްކުރަމާގެ ނަމުގައި ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

އއ. އުކުޅަސް

އއ. އުކުޅަހު އިންޖީނުގޭގެ މުވައްޒަފުން ވަނީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް އުކުޅަހުގައި ބޭއްވި ހަރަކާތުގައި ބައިވެރިވެ، ކުޑަކުދިން ޝައުގުވެރިވާފަދަ އުފެއްދުންތަކާއި، ގޭމްތަކާއި އެކު، އުފާވެރި ވަގުތުތަކެއް އެކުދިންނަށް ހޯދައިދީ، މައުލޫމާތުތަކެއް ފޯރުކޮށްދީފައެވެ.

ވ. ފެލިދޫ 

ވ. ފެލިދޫ އިންޖީނުގޭގެ މުވައްޒަފުން ވަނީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ފެލިދޫގައި ބޭއްވި ހަރަކާތުގައި ބައިވެރިވެ، ކުޑަކުދިން ޝައުގުވެރިވާ ފަދަ އުފެއްދުންތަކާއި، ގޭމްތަކާއި އެކު، އުފާވެރި ވަގުތުތަކެއް އެކުދިންނަށް ހޯދައިދީ، މައުލޫމާތުތަކެއް ފޯރުކޮށްދީފައެވެ.

އދ. ފެންފުށި

އދ. ފެންފުށީ އިންޖީނުގޭގެ މުވައްޒަފުން ވެސް ވަނީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ފެންފުށީގައި ބޭއްވި ހަރަކާތުގައި ބައިވެރިވެ، ކުޑަކުދިން ޝައުގުވެރިވާފަދަ އުފެއްދުންތަކާއި، ގޭމްތަކާއި އެކު، އުފާވެރި ވަގުތުތަކެއް އެކުދިންނަށް ހޯދައިދީ، މައުލޫމާތުތަކެއް ފޯރުކޮށްދީފައެވެ.

އދ. ހަންޏާމީދޫ

އދ. ހަންޏާމީދޫ ސްކޫލުގެ އެދުމުގެ މަތިން ހަންޏާމީދޫ އިންޖީނުގޭގެ މުވައްޒަފުން ވަނީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަރަކާތުގައި ބައިވެރިވެ، އެކުދިން ޝައުގުވެރިވާ ފަދަ އުފެއްދުންތަކާއިއެކު، އުފާވެރި ވަގުތުތަކެއް އެކުދިންނަށް ހޯދައިދީ، މައުލޫމާތުތަކެއް ފޯރުކޮށްދީފައެވެ.