މަރުތަޅެއް ނޭޅޭ، އިސްތިއުފާ ދެއްވާ: މެންބަރ ނާޝިޒް

ކޮމެޓީތައް ހުއްޓުވައިގެން އުޅުއްވަނީ ގަވައިދާ ހިލާފަށް

މަރުތަޅެއް ނޭޅޭ، އިސްތިއުފާ ދެއްވާ: މެންބަރ ނާޝިޒް

ރައީސް ނަޝީދާއި އީވާގެ އިސްތިއުފާއަށް ކިނބިދޫ ދައިރާގެ މެންބަރ މުހައްމަދު ނާޝީޒު ގޮވާލައްވައިފިއެވެ. ނާޝިޒް އެ ދެ ބޭފުޅުންގެ އިސްތިއުފާއަށް ގޮވާލެއްވީ ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު ނޭޅޭކަމަށް ވިދާޅުވުމުގެ ގޮތުން މިއަދު ކުރެއްވި ޓްވީޓް https://twitter.com/Mnashiz ގައެވެ.

ނާޝިޒު ވިދާޅުވި ގޮތުގައި ކޮމެޓީތައް ހުއްޓުވައިގެން އުޅުއްވަނީ ގަވައިދާ ހިލާފަށެވެ. އާއްމުކޮމެޓީގެ ބައްދަލުވުން ބޭއްވުމަށާއި އިތުބާރު ނެތްކަމަށް ހުށަހެޅިފައިވާ މައްސަލަތައް ބޭއްވުމަށް ވެސް ނާޝީޒު ގޮވާލައްވައެވެ. 

މަރުތަޅޭ ކިޔައިގެން ދެ ބޭންގެ އާއިލީ މުދަލަކަށް ހަދައިގެން މަޖިލިސް ހޮސޯރު ނުކުރަންވެސް ނާޝިޒް އިލްތިމާސް ކުރެއްވިއެވެ. 

އިތުބަރު ނެތްކަމަށް ހުށަހެޅިފައިވާ މަޖިލީހުގެ ނައިބު ރައީސް އީވާ ވަނީ މަޖިލިސްގައި ސަރުކާރުން މަރުތަޅު އަޅުވާފައި ކަމަށް ތުހުމަތު ކުރައްވާފައެވެ.