ރޯދަމަހާ ރޯއްޖާ: ރޯދަ ހަދިޔާ 23
ދުވަހުގެ ދުއާ:
رَبِّ إِنِّي ظَلَمْتُ نَفْسِي فَاغْفِرْ لِي فَغَفَرَ لَهُ إِنَّهُ هُوَ الْغَفُورُ الرَّحِيمُ–القصص16
އަޅުގެ ރައްބު! ހަމަކަށަވަރުން، އަޅުގެ ނަފްސަށް އަޅު އަނިޔާވެރިވެއްޖައީމެވެ. ފަހެ، މިއަޅާޔަށް އިބައިލާހު ފާފަފުއްސަވާނދޭވެ! ދެން އެއިލާހު، އެކަލޭގެފާނަށް ފާފަފުއްސެވިއެވެ. ހަމަކަށަވަރުން، އެއިލާހީ، ގިނަގިނައިން ފާފަފުއްސަވާ، އޯގާވަންތަ އިލާހެވެ.
ދުވަހުގެ ނަސޭހަތް:
މުސްލިމުންގެ މަގަކީ ދުނިޔެއާއި އާހިރަތް ހޯދުމެވެ. ހަމަ އެކަނި ދުނިޔެ ހޯދުމެއް އަދި އާހިރަތް ހޯދުމެއް ނުވެއެވެ.
ދުވަހުގެ ހިކުމަތުގެ ބަސް:
ރަހުމަތުން އުންމީދު ކަނޑާލައިފިނަމަ ދިރުމެއް ނުވެއެވެ.
ދުވަހުގެ ނަމާދު ވަގުތު: މާލެސިޓީ
* އިރު އެރީ: 06:12
ފަތިސް: 05:01
މެންދުރު: 12:20
އަސްރު: 15:28
މަގުރިބު: 18:20
އިޝާ: 19:31




