ކުރީގެ ޕީޖީއަށް އެޑްވައިޒަރކަން! މިހާރުގެ ޕީޖީއަށް މަރުތެޔޮ!

މުއިއްޒު އަރިހުން ޖާގަ ތަނަވަސްވަނީ ރައީސް ޔާމީނާ ހިތްހަލާލު ނޫން ބޭފުުޅުނަށް

ކުރީގެ ޕީޖީއަށް އެޑްވައިޒަރކަން! މިހާރުގެ ޕީޖީއަށް މަރުތެޔޮ!

ދިވެހިބަހުން މަރުތެޔޮ ކިޔަސް މަރުތޭލަށް މަރުތެޔޮ ކިއުނީ އޭގެ ނަމާ މީހުންގެމަރާ އެއްވެސް ގުޅުމެއް އޮތީމައެއް ނޫނެވެ. އިޓަލީ ބަހާއި ޕޯޗްގީޒު ބަހުން މަރުތޭއްލޯ އަކީ ދިވެހިން މިގެންގުޅޭ މަރުތޭލެވެ.

ކުރީގެ ޕީޖީ އަލްއުސްތާޒު މުހުތާޒް މުހްސިނަކީ ގާނޫނީ އިލްމުގައި ކުޅަދާނަ ގާބިލް ހެތްވެކެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު މާގަޔާވެގެން އެދައުރުގައި ޕްރޮސެކިއުޓަރ ޖެނެރަލްކަން މުހުތާޒަށް ދެއްވިއެވެ. ވީގަޔާވުން ފޫއްސަށް ބަދަލުވުމާއެކު ހަމަ އެދައުރުގެ ފަހުބައިގާ އެވެރިކަން ނިމެންދެން މުހުތާޒު އޮންނެވީ ޖަލުގައެވެ.

ރައީސް  ސޯލިހުގެ ވެރިކަން ފެށި އެފަދަ ހުރިހާ ބޭފުޅުންނާއެކު މުހުތާޒް މިނިވަން ވިޔަސް ރައީސް ޔާމީނާ މުހުތާޒަކީ ފަހުން މިތުރުންނެއް ނޫނެވެ.

ރަައީސް ޑރ މުއިއްޒު ވެރިކަމަށް ވަޑައިގަތް ތަޅުދަނޑިއަކީ ރައީސް ޔާމީނެވެ. އެހެން ނަމަވެސް ރައިސްކަން ލިބިވަޑައިގަތް ފަހުން މުއިއްޒުގެ އަރިހުން ޖާގަ ތަނަވަސްވާ އެއް ބަޔަކީ ރައީސް ޔާމީނާ ހިތްހަލާލު ނޫން ކަހަލަ ބޭފުުޅުންނެވެ. 

ރައީސް ޔާމީންގެ ޖަލުހުކުމް އޮތްތާ އޮއްވާ ޒާތެއްގެ ކަމެއް ހިނގައިފިއެވެ. އެއީ ރައީސް މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރކަން ކުރީގެ ޕީޖީ އަލްއުސްތާޒު މުހުތާޒު މުހުސިނަށް ދެއްވުމާ އެކު އެކީ މިހާރުގެ ޕީޖީ އަލްއުސްތާޒު ހުސެން ޝަމީމަށް މަރުތޭލަކުން މަގުމަތިން ހަމަލާ ދިނީއެވެ.

ކަންހިނގި ގޮތަކީ މިއީއެވެ. އަދި މިކަމާ ގުޅިގެން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސިފަކުރެއްވީ ޕީޖީ ޝަމީމަށްދިން ހަމަލާއަކީ ސިޔާސީ ކަމެއްގެ ގޮތުގައެވެ.

ރައީސް ސޯލިޙް އެވިދާޅުވި ވިދާޅުވުމަށް ހަގީގީ ބާރު ލިބިދެނީ އެ މަނިކުފާނު އެހެން ވިދާޅުވުމާ އެކު ސަރުކާރު ހީވީ ކަރަންޓްގައި ޖެހުނު ހެންނެވެ.

މައްސަލައިގެ ބޮޑުކަމާ ސީރިއަސް ކަމާ ކުރަން އޮތް ތަހުގީގުގެ ޕްރޮފެޝަނަލް ވެލިއު ދޫކޮށް ރައީސް ސޯލިހު ވިދާޅުވި އެއްޗެއް ތަހުގީގު ކުރަން ހޯމް މިނިސްޓަރ ތެޅިގަތީމާ ޕީޖީ ޝަހީމަށް ދިން ހަމަލާގެ ސިޔާސީ ބައި ބަރަހަނާވާ ގޮތް ވެއްޖެއެވެ. 

ކޮންމެ ގޮތެއްވިޔަސް ޑިމޮކްރެޓިކް ނިޒާމެއްގައި ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކާ ނިކަން ޒީލަ ގަދަ ޖޯރު ހުރި އިދިކޮޅު ހަރަކާތް ހިނގަން ޖެހެއެވެ. މިކަމަށްޓަކާ ނެގިމަޑުވެ، ގިއަރު ކަނޑާލައިގެން އޮތް އެމްޑީޕީ ގިއަރަށް އަރާން ޖެހެއެވެ.

ކޮންމެ ފާޑަކަށް ވެސް ރައީސް ސޯލިހުގެ ތަހުގީގެއް ފަށާ ނުވިތާކަށް އެމަނިކުފާނު ހައްޔަރެއް ކޮށްލުމަކީ އެމްޑީޕީ ބަބުރަށް އަރަން ލިބޭނެ ރަނުގެ ފުރްސަތެކެވެ.