ރައީސް މުއިއްޒު ވެރިކަން ފެއްޓެވީ ދަރަނީގެ ބަހަނައިން
ނިމި ދިޔައީ އެންމެ ބޮޑު އާލަމީ ވަބާ ކުރިމަތިވީ ފަސް އަހަރު
ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާ މިއަދު ހަވާލުވެވަޑައިގަތީ ދަރަނީގެ ބަހަނާ ދައްކަވަމުންނެވެ. ރާއްޖޭގެ ދަރަނި 119 ބިލިއަން ރުފިޔާއަށް އަރާފައި ވާކަމަށް ގައުމާ މުހާތަބު ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފުރަތަމަ ދެއްވި ތަގުރީރުގައި ވެސް ވިދާޅުވިއެވެ. އެންމެ ކުރިންވެސް ބޮޑު ދަރަންޏެއްގެ ވާހަކަ ދައްކަވަން ފެއްޓެވީ ރައްޔިތުންނަށް ވެވަޑައިގެން ވައުދުތައް ފުއްދަވާ ނުދެއްވުމުގެ ބަހަނާއެއްގެ ގޮތުގައިތޯއެވެ.
ވެރިކަމާ ހަވަލުވެ ވަޑައިގަންނަވަން ކަށީގެ މަދު ނަންގަވައިގެން އުޅުއްވީ ދަރަނި އޮއްވާ ނޫންތޯއެވެ. ބިލިޔަން ބިލިޔަނުން ދަރަނި އޮއްވާ ވެރިކަމާ ހަވާލުވެ ވަޑައިގަތީ އެ ދަރަނިތައް އަދާކުރެއްވޭނެތީ ނޫންތޯއެވެ. ދެން ޖެހި ވަޑައިގަންނަވާނީ ދަރަނިތައް އަދާކުރައްވަން އުޅުއްވާށެވެ. އެހެނެކޭ ކިޔާ ރައްޔިތުންނަށް ދެއްވަން ޖެހޭ އެއްވެސް ހިދުމަތެއް ނުދެއްވައެއް ނުވާނެއެވެ. ވެވަޑައިގެންނެވި ވައުދުތައް ނުފުއްދަވައެއްވެސް ނުވާނެއެވެ. ކަންކަން ނުކޮށް ދެއްވުމުގެ ބަހަނާއަކަށް ދަރަނީގެ ވާހަކަ ދައްކަވައިގެން ދެކޮޅެއް ނުޖެއްސެވޭނެއެވެ.
ދިވެހި ތާރީހު ދުށް ބޮޑު ދަރަންޏޭ ވިދާޅުވެ އަނގަފުޅު ހުޅުއްވަން ކެރި ވަޑައިގަތީތީ ހައިރާނެއް ނުވެއެވެ. ނިމި ދިޔަ ފަސް އަހަރަކީ މުޅި ދުނިޔެއަށް ފަހުގެ ތާރީހެއްގައި އެންމެ ބޮޑު އާލަމީ ވަބާ ކުރިމަތިވީ ފަސް އަހަރުކަން ހަނދުމަފުޅެއް ނެތް ދޮގެއްތޯއެވެ. މުޅި ދުނިޔޭގެ އިގްތިސާދީ ހަރަކާތް ހުއްޓި އެއްވެސް އާމްދަނީއެއް ނުލިބި ދެއަހަރު ދުވަސް ދިޔަކަން ދެނެވަޑައިގެން ނެތިން ދޮގެއްތޯއެވެ.
އަތުގައި އޮތް އެއްޗެއް ކައިބޮއެގެން ފުރާނަ ސަލާމަތްކުރުން ނޫން ގޮތެއް ނެތިފައި ފުރަބަންދުވެ ތިބިކަން ހަނދުމަފުޅު ވޭތޯއެވެ. ފުރާނަ ސަލާމަތްކޮށްގެން ދިރި ތިބެވުނު ކަމަށްޓަކާވެސް ޝުކުރު ކުރައްވަން އެނގިވަޑައެއް ނުގެން ދޮގެއްތޯއެވެ.
ދުނިޔެ ހެއްދެވީއްސުރެ ނަޖިސްފެނުން ފެންވަރައިގެން ނުތާހިރު ފެން ބޮއެގެން ލަފާފުރޭނެ ގޮތެއް ނެތިފައި ރާއްޖޭގެ ގިނަ ރައްޔިތުން ތިއްބާ އެކަމުން ރައްޔިތުން މިންޖުކުރުމަށް ނިމިދިޔަ ފަސް އަހަރު ސަރުކާރުން ކުރިހާ ކަންކަމަކީ ނުކުރާކަމަކަށް ނުވާނެ ނޫންތޯއެވެ. ބަލިމީހަކަށް އައިވީދޭހެން ރަށްރަށުގައި ލިބުނު ކަރަންޓް ބޭނުން ވަރަކަށް ލިބޭނެހެން ކަރަންޓްގެ ނިޒާމް ރަނގަޅުކުރެވިފައި އޮތްތަނެއް ފެނިވަޑައެއް ނުގަންނަވާ ދޮގެއްތޯއެވެ.
ކޮވިޑްގެ ވަބާ ކުރިމަތިވީ އިރު އޮތް ހާލަތަށް 3 އަހަރުތެރޭގައި ގައުމުނަގާ ކޮޅައް ޖެއްސެވީ ތިޔަ ބޭފުޅުން ގައުމު ބަނޑަށް ނުޖެހިގެން އޭތި މީތި ކިޔުއްވާ ދަތި އުނދަގޫތައް ކުރައްވަމުން ގެންދަވިކޮށް ކަން އެނގިވަޑައި ގަންނަވާ ކަމަކަށް ނުވާނެއެވެ. ގައުމު ދަރަނި ވެރިވެގެން ގައުމު މެނޭޖު ނުކުރެއްވިގެން ނިމިދިޔަ ސަރުކާރަކުން ނޫޅެއެވެ. ދެއްކެވުނުހާ ފިތުނަވެރި ވާހަކައެއް ދައްކަވާ ރައްޔިތުން ބިރުގަންނަވައިގެން ވެރިކަން ހޯއްދެވީ ތިޔަ ވިދާޅުވާ ބޮޑު ދަރަނި އަދާކުރައްވަން ނޫންތޯއެވެ. ދަރަނީގެ ބަހަނާ ނުދައްކަވާ ދެންވެސް 5 އަހަރު ހެޔޮވެރިކަމެއް ކޮށްދެއްވޭތޯ އުޅުއްވަ ބައްލަވާށެވެ.