އެމްޑީޕީއަށް ގެއްލޭ ކޮންމެ ވޯޓެއް ލައްގަނީ ޕީޕީއެމަށްތަ!
ޓްވީޓްކޮށް ލާއިރު ހީވަނި މިވަރުކަމެއް ނެތް ހެން
މާލެއަތޮޅު ގުރައިދޫ ދާއިރާގައި އެމްޑީޕީން ހޯދި ކާމިޔާބީއަކީ ކާމިޔާބެއް ނޫންކަމަށް ދައްކަން ޒާތްޒާތުގެ ނަޒަރިއްޔާ ތަކުން ބަޔަކު ފިސާރި ފޯރި އެބަހުއްޓެވެ. ނައިފަރު ޝިޔާމާއި ފައިނު އާދަނާއި ފައިނު ވައްޑެމެން ތިމާމެންގެ ހާލަށް ކުޑައިކޮށް ވިސްނާލާނަމަ ސިޔާސީ ގޮތުން އަނގަ ހުޅުވާ ނޫޅުނީހެވެ. ތިމާމެން ރައްޔިތުން ތަމްސީލު ކުރަނީ ދާއިރާ ރައްޔިތުންގެ ކިތައް ޕަސެންޓް ވޯޓު ލިބިގެން ކަން ހަނދާނެއް ނެތެވެ.
ގުރައިދޫދާއިރާގެ ބައި-އިލެކްޝަން ބުނެދޭ އެންމެ ބޮޑު ހަގީގަތް ނައިފަރު ދައިރާގެ މެންބަރު ޝީޔާމަށް އޮޅިވަޑައިގެން، ސަރުކާރަށް ލިބުނީ %48އޭ ވިދާޅުވީމާ ހަނދާނެއް އައުވެއެވެ. އެ ނަތީޖާއަކީ ރައީސް ސޯލިހުގެ 2 ވަނަ ދައުރެއްގެ ހުވަފެންފުޅުގައި ކުލަ ނުޖެހޭނެ ކަން ކަށަވަރުކޮށްދޭ ނަތީޖާއެއް ކަމަށް ވެސް ވިދާޅުވީމާ ސައިޒަށް ވުރެ ބޮޑު އެއްކަށި މަރަވަޅިއަކަށް އަރުއްވައިގެން އުޅުއްވާ ކަމަށް ސިފަކުރެވެއެވެ.
މާތްކަލަކޯ ޝީޔާމޫއެވެ. ނައިފަރު ދާއިރާގެ ގޮނޑީގައި ތިއިންނެވީ ކިތައް ޕަސެންޓްގެ ރައްޔިތުންގެ ތާއީދު ލިބިގެން ކަން ހަނދުމަފުޅު ވޭތޯއެވެ. ހަމަ %48 ދޮގެއްތޯއެވެ. އިދިކޮޅުގައި %50އަށް ވުރެ ގިނަ ދޮގެއްތޯއެވެ. ވާހަކަ ދައްކަވާއިރު ލަދުގެ ކަންފުޅެއް ވެސް ނެތް ދޮގެއްތޯއެވެ.
ފައިނު އާދަމް ޝަރީފު އުމަރު ޓްވީޓްކޮށް ލައްވާއިރު ހީވަނި މިވަރު ކަމެއް ނެތް ހެނެވެ. ރިޔާސީ އިންތިހާބު ރައީސް ސޯލިހަށް ކާމިޔާބު ކުރެއްވޭނެ އެއްވެސް ހަމައެއް އޭނާއަކަށް ފެނިވަޑައެއް ނުގަންނަވައެވެ. އައިނު ނަމްބަރ ބަދަލުވެފާ އޮތީވެސް ތޯއްޗެކެވެ.
ގުރައިދޫ ދާއިރާގައި ވޯޓުލީ 2755 މީހުންގެ ތެރެއިން 1346 ވޯޓް އެމްޑީޕީއަށް ލިބުނު އިރު ބާކީ އޮތް 1409 ވޯޓު ލިބުނީ ޕީޕީއެމަށް ތާއެވެ. ޕީޕީއެމަށް 1409 ވޯޓް ލިބިގެން ޕީޕީއެމް ކެންޑިޑޭޓް ނުހޮވި، ހޮވުނީ އެމްޑީޕީ ކެންޑިޑޭޓް ދޮގެއްތޯއެވެ. އެމްޑީޕީއަށް ނުލިބޭ ކޮންމެ ވޯޓަކީ ޕީޕީއެމަށް ލިބޭ ވޯޓަކަށް ވާގޮތެއް އެއްވެސް ރަމަލަކަށް ނާރައެވެ. އާދަނާއެވެ. ތިމާ މީހާ މަޑުއްވަރީ ދައިރާގެ ގޮނޑިއަށް ސަވާރު ވެގެން ތިޔަ އިނީ ދާއިރާގެ އެންމެ % 32.8 ވޯޓް ލިބެގެންނެވެ. ބަކީތިބި އެންމެން ތިމާޔާ ދެކޮޅެވެ. ވޯޓުން ހިސާބު ޖަހަން އަދި އާދަނު މާޅައެވެ.
އެވަރެއް ނެތިގެން އިދިކޮޅަށް ވުރެ އިދިކޮޅުވެގެން ފައިނު ވައްޑޭމެން ރެވިތެޔޮ ބައްލަވައިގެން އުޅުއްވާއިރު ހީވަނީ ހައްސައެއް ހެންނެވެ. ވައްޑޭމެނަށް ނޫނީ އެމްޑީޕީގެ ހަމަޔާ އުސޫލު އެނގޭ ކަމަކަށް ނުވެއެވެ. އެމްޑީޕީގެ ހަޔާތުގައި ވެސް އުޅެއުޅެ ކާމިޔާބު ނުކުރެވި އޮތް ގޮނޑިއެއް ރައީސް ސޯލިހުގެ މާލިމީ ކަމުގައި އަންނިގެ ފޮޓޯ ނުޖަހާ އެމްޑީޕީއަށް ލިބި މަންޒަރު ސާފުވާ ވަރަކަށް ފިކުރު މަރުވަތީ ވައްޑެމެން މޭކަރާނެއެވެ.
ބުނަންހެއްޔެވެ. ވައްޑެ ވެސް އުނގޫފާރު ދައިރާގެ މާބޮޑު ތާއީދެއް ނެތި ހުވަފެނުން ވެސް އިދެވޭނެ ކަމަށް ހީނުކުރާ ގޮނޑިއެއްގައި %47.98 ލިބިގެން ކިރިޔަ ކިރިޔާ އިނދެވުނީމާ އަންނި ބޭންދީމާ އިން މީހެއް ކަމަށް ހީވެ ތިމާގެ ނަފްސްގެ އަގު ތިމާގެ ކުރިމަތީގައި ވެސް ނެތިގެން އުޅެންވީމާ ވާނީ ތިހެންނެވެ. ހާލަށް ހަމްދަރުދީވަމެވެ.