ޓްރާންސްޖެންޑަރ އަށް ގޮވާލާ ސަމޯއާ އެގްރިމަންޓްގައި ސޮއިކުރި ގީލާ ހެލްތު މިނިސްޓަރުކަމަށް
އެއްޖިންސުން ގުޅުހިންގުމާއި ޖިންސް ބަދަލުކުރުމަށް ބާރު އަޅާ ސަމޯއާ އެގްރިމަންޓްގައި ރާއްޖޭގެ ފަރާތުން ސޮއިކުރިި ގީލާ އަލީއަށް ހެލްތު މިނިސްޓަރކަން ދިނުމަކީ އާދައިގެ ކަމެއްނޫނެވެ. މުއިއްޒު އަމާޒު ހިފާފައި އެހުރީ ރާއްޖެގެ ސިއްހީ ނިޒާމުގެ ތެރެއިން އެލްޖީބީޓީކިޔުއަށް މަގުފަހިކުރުމަށެވެ.
ޖެންޑަރ މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އެއްކޮށްލައިގެން ގީލާ ލައްވާ ކުރުވަން އުޅޭ ކަމަކީ ސަމޯއާ އެގްރިމަންޓް ތަންފީޒު ކުރުންކަމަށް ބެލެވެއެވެ.
ފައިސާއަށް އިންތިހާއަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައި ޔޫރަޕާއި އެމެރިކާއިން ހިލޭ އެހީގެ ގޮތުގައި ފައިސާ ލިބެން އޮތް ހަމައެކަނި ގޮތަކީ ސަމޯއާ އެގްރިމެންޓް ތަންފީޒު ކުރުމެވެ.
ގީލާއަށް ވަޒީރުކަން ދީގެން މުއިއްޒު ކުރަން އުޅޭކަމަކީ ރައްޔިތުން އެދޭ ބަދަލު ގެނެސް ދިނުމެއް ނޫނެވެ. ޔޫރަޕާ އެމެރިކާއިން ބޭނުންވެގެން އުޅޭ އެލްޖީބީޓީކިޔު+ ކުރިއަރުވާށެވެ. ގީލާ އަލީ އަކީ ރައްޔިތުންގެ ޗޮއިސެއް ނޫނެވެ. ޔޫރަޕްގެ ޗޮއިސްއެކެވެ.


