ރަސްދޫ މިސްކިތުން ދިވެހިންގެރާޖޫ ފެނިއްޖެ
ކުދިންގެ ކިބައިން ފެންނަ ސިފަތަކަކީ މާދަމާގެ ޖީލު އޮންނާނެ ގޮތް
އެއީ ވަކި ރަސްދޫގެ ހާލަތެއް ނޫނެވެ. ހުރިހާ ރަށެއްވެސް ދާދި އެއްގޮތެވެ. ކުޑަކުދިންގެ އަހުލާގު ނެތެމުން ގޮސް މުޅި ރާއްޖޭގެ ސްކޫލް ތަކުގައި އެއް ހާލަތެކެވެ. އަދަބެއް ސަދަބެއް އިހުތިރާމެއް ނެތި ޓީޗަރުންގެ އަތުން ވީއްލެމުންދާ "ކްލާސް ގޭންގް" ތަކާ ގްރޫޕް ތަކެވެ.
އެއިން ކަމެއްގައި ފިޔަވަޅެއް އަޅަން ބިރުގަންނަ ވަރަށް ހައްގުތައް ހިމާޔަތް ކުރެވި ގާނޫނުން ބަނދެވިފައެވެ. ކުއްޖަކު ޝަކުވާ އެއްކޮށްފި ނަމަ ތަނެއް ދޮރެއް ނުބަލާ މައިން ބަފައިން އައިސް ކުނި ހުތުރު ބަސްތަކުން އެންމެންގެ ކުރިމަތީ ޓީޗަރުމީހާ "ގިރުވާލަނީ" ދަރިފުޅުގެ ކުރިމަތީގައެވެ.
ކޮންމެ ކަމެއްގައި ވެސް ހިތުގެ އެންމެ އަޑިން ފިލުވާލާ ހަސަދަ އޮންނަނީ ސިޔާސީ ޕާޓީ ތަކުގެ ސަޕޯރޓާ ގުޅިފައެވެ. އިންތިހާބެެއްގައި ކަންވެފައި އޮންނަ ގޮތުން އައިރުޅި އުތުރި އަރަނީއެވެ.
ބުނަމެވެ. ކުޑަކުދިންގެ ކިބައިގައި ހުންނާނީ މުޖުތަމައުގައި ހުރިގޮތެކެވެ. އެކުދިންގެ ކިބައިން ފެންނަ ސިފަތަކަކީ މާދަމާގެ ޖީލު އޮންނާނެ ގޮތެވެ.
ވާނީ ވެސް އެހެންނެވެ. ހެޔޮރަނގަޅު ތަރުބިއްޔަތެއް ދެވޭކަށް ނެތެވެ. އެކިއެކި ވަރުގެ ގާނޫނުތައް ހަދާފައި ހުރީ 13 އަހަރުގެ ކުއްޖާ ބަޑި ހިފައިގެން ވަދެ ކްލާސް މޭޓުންނާއި ޓީޗަރު މީހާ ގަޔަށް ބަޑިޖަހާ މަރާ ގައުމުތައް ރުހޭ ގޮތަށެވެ.
ގާނޫނު ބުނާ ގޮތުން މީލާދީ ގޮތުން ކުއްޖާއަށް 18 އަހަރު ފުރޭ ރޭގެ މެންދަމު 12 ގަޑި ސުންމިނެޓް ނުވާ ނަމަ އެއީ ކުޑަކުދިންނެވެ. އޭގެ ކުރިން ބާލިގުވެ ޖިންސީ އެދުންވެރިކަން އިންސާނުންގައި ހިނގާނެ ކަމެއް އެ ގާނޫނު ގަބޫލެއް ނުކުރެއެވެ. އެ ގާނޫނުން ދޭހަކުރާ ގޮތުން، ހުރިހާ ވާނެއް އަރަނީ 18 އަހަރު ފުރޭ ރޭގެ މެންދަމު 12 ޖަހާ އިރު ކުއްލި އަކަށް ކުއްޖާގައިން އެލާމެއް އަޅާފައެވެ. 18 އަހަރު ނުފުރޭ ކުއްޖާ މީހުން ފަހާ ދުވިޔަސް އެއީ ކުށެއްނެތް ކުޑަކުއްޖެކެވެ.
އަޖައިބެކެވެ. މުޖުތަމަޢުގައި މާސިންގާ ވެފައިތިބި ބޮޑެތި މީހުން ވެސް ކުރާ ކަހަލަ ނުވަތަ އެއަށްވުރެ ހުތުރު ޖަރީމާ ހިންގިޔަސް 18 އަހަރު ނުވަންޏާ އެއީ ކުޑަކުދިންނެވެ. މާރާމާރީ ހިންގާ މަގުފޭރި ވައްކަންކޮށް ޑްރަގް ޑީލްކޮށް ޑްރަގް ބޭނުން ކުރިޔަސް ވަރިހަމައެވެ. އެއީ ކުޑަކުދިންނެވެ. ހުޅުމާލެ ފޭސް 2ގައި އަނިޔާކޮށް ކުއްޖަކު މަރާ ގަބުރަށް އެއްޖިންސުން ގުޅުން ހިންގި ޖަރީމާގައި ވެސް އަތްދަށު ކެޔޮޅަކީ 18 އަހަރު ނުފުރޭ ކުޑަކުއްޖެކެވެ.
ކުޑަކުދިން ކުރާކަން ކަމަށް ގޮތްފާޑުކިޔާ ކުށްވެރިކޮށް އަޑުއުފުލާ މީހުނަށް ނަސޭހަތަކަށް ބުނަން އޮތީމިހެންނެވެ. ކުޑަކުދިންގެ ކަރާމާތަށް އަރައިގެންފައިވާތީ އެގޮތަށް ކޮމެންޓް ކުރާ މީހުންގެ މައްޗަށް ދައުވާކޮށް އަދަބު ދިނުމުގެ ގާނޫނީ ބާރު އޮތްވާހަކައެވެ.
ދަންނަވަމެވެ. މީލާދީ ގޮތުން 18 އަހަރު ނުފުރެންޏާ އިންސާނުން ރޮލާ ކެއަސް އެއީ ކުޑަކުދިންނެވެ. ހައްގުތަކާ ގާނޫނު ތަކާހެދި އަހަރުން އަހަރަށް ގައުމު އޮޔާދަނީއެވެ.
ވާނީވެސް އެހެންނެވެ. ލާހެއްދެވިހާ ދޮގާ މަކަރާ އޮޅުވާލުމުން މަގާމު ތަކަށް އަންނަ މީހުން ހިންގާ ގައުމެއްގައި އަދި އެފަދަ ރައްޔިތަކު އުޅޭ މުޖުތަމައަކަށް ވާނެ ހުރިހާ ގޮތެއް ދިވެހިންގެރާޖޫ އަށް މިދަނީ ވަމުންނެވެ.