ހެޔޮ ބަދަލަށް އޮތް ވަސީލަތަކީ ތައުލީމާއި ޑިޕްލޮމަސީ: ޝާހިދު
ޕްރޮފެސަރ ލިޒް ކޮލްޓަން އާއި ޔުނައިޓެޑް ނޭޝަންސް އިންސްޓިޓިއުޓް ފޯރ ޓްރޭނިންގ އެންޑް ރިސާރޗް (ޔުނިޓާ) އާއިއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން އައިސްތިބި ދަރިވަރުންނާ އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު މިއަދު ބައްދަލު ކުރައްވައިފިއެވެ.
ޕްރޮފެސަރ ލިޒް ކޮލްޓަން އާއި ޔުނައިޓެޑް ނޭޝަންސް އިންސްޓިޓިއުޓް ފޯރ ޓްރޭނިންގ އެންޑް ރިސާރޗް (ޔުނިޓާ) އާއިއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން އައިސްތިބި ދަރިވަރުންނާ ބައްދަލުކޮށް ވާހަކަދައްކާލަން ލިބުމަކީ ލިބިވަޑައިގެން ވަރަށް ބޮޑު އުފަލެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޕްރޮފެސަރ ލިޒް ކޮލްޓަން އާއި ޔުނައިޓެޑް ނޭޝަންސް އިންސްޓިޓިއުޓް ފޯރ ޓްރޭނިންގ އެންޑް ރިސާރޗް (ޔުނިޓާ) އާއިއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން އައިސްތިބި ދަރިވަރުންނާ އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު މިއަދު ބައްދަލު ކޮށްލެއްވީ އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ރައީސްގެ ހައިސިއްޔަތުން ތަޖުރިބާތައް ހިއްސާކޮށްލެއްވުމަށެވެ.
ޕްރޮފެސަރ ލިޒް ކޮލްޓަން އާއި ޔުނައިޓެޑް ނޭޝަންސް އިންސްޓިޓިއުޓް ފޯރ ޓްރޭނިންގ އެންޑް ރިސާރޗް (ޔުނިޓާ)ގެ އެ ބައްދަލު ކޮށްލެއްވުމުން "އަޅުގަނޑުމެންގެ މުސްތަގުބަލު އޮތީ ގާބިލު ޖީލެއްގެ އަތްމަތީގައިކަން އިހުސާސްވެގެން ދިޔަ" ކަމަށް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވިއެވެ.
ދުނިޔެއަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި ތައުލީމާއި ޑިޕްލޮމަސީ އަކީ އަބަދުވެސް އޮތް އެންމެ ވަރުގަދަ ވަސީލަތްތައް ކަމަށްވެސް ކުރީގެ ހާރިޖީ ވަޒީރު އަދި އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ރައީސް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ




