ހިލޭ ޑިގްރީގެ 67 ޕަސެންޓް އަންހެނުންނަށް

ސްކޯލަރޝިޕް ދިން 61 ޕަސެންޓަކީ އަންހެނުން

ހިލޭ ޑިގްރީގެ 67 ޕަސެންޓް އަންހެނުންނަށް

ރައީސް ސާލިހުގެ ހަމަހަމަ ސިޔާސަތުގެ ތެރެއިން އަންހެނުން ބާރުވެރިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. ސިޔާސީ ގޮތުން ބާރުވެރިކުރުމަށް ޓަކާ އަންހެނުންނަށް ކައުންސިލްތަކުން ޖާގަ ހާއްސަ ކުރުވީ މި ސަރުކާރުންނެވެ. ސިޔާސީ ގޮތުންނާއި އިގުތިސާދީ ގޮތުން އަންހެނުން ބާރުވެރި ކުރުމަށް ކުރެވެން އޮތް އެންމެ މުހިންމުކަމަކީ ތައުލީމެވެ. ތައުލީމަކީ އަންހެނުން ބާރުވެރި ކުރުމުގެ އެންމެ މުހިންމު ހަތިޔާރެވެ. 

ވޭތުވެ ދިޔަ 4 އަހަރު ހިލޭ ޑިގްރީގެ ފުރުސަތު އެންމެ ގިނައިން ދީފައިވަނީ އަންހެނުންނަށެވެ. 16917 ފަރާތަކަށް ހުސްވި ހަތަރު އަހަރު ހިލޭ ޑިގްރީގެ ފުރުސަތު މިސަރުކާރުން ދީފައިވާއިރު އޭގެ ތެރެއިން 67 އިންސައްތަ ދިފައިވަނީ އަންހެނުންނަށެވެ.

2019 ވަނަ އަހަރުން 2022 ވަނަ އަހަރަށް ސަރުކާރުން 538 ފަރާތަކަށް ސްކޮލާޝިޕް ދިފައިވެއެވެ. ސްކޯލަރޝިޕް ދިން 61 ޕަސެންޓަކީ އަންހެނުންނެވެ. 1387 ކުއްޖަކަށް ސްޓޫޑެންޓް ލޯނު ދިފައިވެއެވެ. ސްޓޯޑެންޓް ލޯނު ދިންކުދިންގެ 42 ޕަސެންޓަކީ އަންހެނުންނެވެ.