މުންދަށް: ލެޕްޓޮޕް ކުރިމަތީ އޮނުފުމޭހެން ކަންކަމެއް ނުވާނެ!

ރައީސް ސޯލިހުގެ ސްޓޭންޑަކީ ބަޅުރުކު ސްޓޭންޑެއް ނޫން

މުންދަށް: ލެޕްޓޮޕް ކުރިމަތީ އޮނުފުމޭހެން ކަންކަމެއް ނުވާނެ!

ކަންކަމުން ރެކެން މުންދުމެއް ރަތްލާޖެހި ބޮޑެތި ދޮގު ހަދަނީ ކާކަށް ކޮން އެއްޗެއް އޮޅުވާލަން ހެއްޔެވެ. މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މައްސަލަ ޖޫން 2019 ގައި ގެން ދިޔުމުގެ ކުރިން މޮރިޝަސް އިން ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް 2017 ވަނަ އަހަރު ހުށަހެޅިކަން ނެގޭ ވަރަށް ގަމާރު ވީމާ މީހުންގެ ތެރެއަށް ނިކުމެ މުންދުމެން އަނގަ ނުހުޅުވާށެވެ. 

މޮންދޫއެވެ. ހޭކެނޑިގެން ނޫޅޭށެވެ. ހާއްސަ އިގްތިސާދީ ސަރަހައްދުގެ އިމުގެ މައްސަލާގައި 1992ގައި މައުމޫނު ވެރިކަމުގައި އިނގިރޭސީންނާއެކު ރާއްޖޭން ވާހަކަ ދެއްކީ ފުށުއަރާބައި ހަމަޔަށް ދެބައި ކުރުމަށެވެ. ލިޔެކިޔުމުން އެހެރީ ފެންނާށެވެ. އެކަންކަން ކުރި މީހުންނަށް އެކަންނުވެ އެހެން ބަޔަކު ކުރީމާ ބޮޑެތި ވާހަކަ ދެއްކިދާނެއެވެ. ހަގީގަތަކީ އެޔެއް ނޫނެވެ.

2019 ގައި ރައިސް ނަޝީދު ވެރިކަމުގައި އިގިރޭސީންނާއެކު ސޮއިކުރީވެސް ހަމަޔަށް ދެބައި ކުރުމުގެ އެއްބަސް ވުމެކެވެ. ރާއްޖޭން ސޮއިކުރެއްވީ އޭރުގެ ފޮރިން މިނިސްޓަރ ޑރ. ޝަހީދެވެ. އެކަން އެހެން އޮވެ މުންދުމެން ގެނައި ޑރ. ވަހީދުގެ ބަގަވީ ވެރިކަމުގައި ބޮޑުބައި ރާއްޖެއަށް ހޯދަން ކްލައިމް ކުރުމަށް މަޝްވަރާ ކުރިއެވެ. ކެބިނެޓްގެ ސަބް ކޮމިޓީއެއްގައެވެ. ދުންޔާ މައުމޫނާއި ކާނަލް ނާޒިމްއާއި އަޒިމާ ޝުކޫރުވެސް ތިބެގެންނެވެ. ސަރުކާރުގައި ތިބެ މިއެންމެންވެސް އެއްބަސްވީ ހަމަޔަށް ދެބައި ނުކޮށް ބޮޑުބައި ލިބެން އޮތްގޮތަކަށް ހޯދާށެވެ. ފުށުއަރާ މުޅި ސަރަހައްދު އެކުގައި ރާއްޖެއަށް ހޯދާ ވާހަކައެއް ހޯދޭނެ ވާހަކައެއް ނުދައްކައެވެ. އިގިރޭސީންނާއެކު ވެފައިވާ އެއްބަސްވުން އޮތުމުން އެކަމަށް ގޮތެއް ނުނިންމާ އެއްވެސް ކަމެއް ނުކޮށް އޮތީއެވެ. އެކަމަކު އެ އެންމެން ވެސް އެ ތިބީ ވެރިކަމުގެ އެދުމުގައި ލަވަ ބަދަލުކޮށްގެނެވެ.

ލެޕްޓޮޕް ކުރިމަތީގައި މުންދު ބަރަހަނާ ވެގެން އޮނުފުމެން އިނީމާ ކަންކަން ވީގޮތެއް ނޭގޭނެއެވެ. އަޅައެއް ނުލެވޭނެއެވެ. ޕޮލިހުންގެ އިންޓަލިޖެންސް ރިޕޯޓް ނުލިބޭކަން ނޭނގުނު ގަމާރު ރައީސް ޔާމީނު އިމާ އަލާނުލާ ފަސް އަހަރު ނިންމާލިޔަސް ރައީސް ސޯލިހު އެވަނީ ފުށު އެރުން ހަމައަށް ދެބައިނުކޮށް ބޮޑުބައި ހޯދާފައެވެ. ރައީސް ސޯލިހުގެ ސްޓެންޑަކީ ބޮޑުބައި ހޯދުމެވެ. ރައިސް ސޯލިހުގެ ސްޓެންޑަކީ ޝައްކެއް ނެތި އިގްތިސާދީ ސަރަހައްދުގެ އިން ކަޑައެޅުމެވެ. ރައީސް ސޯލިހުގެ ސްޓޭންޑަކީ ދުނިޔޭގެ މެޖޯރިޓީ ސްޓޭންޑެވެ. ދިވެހި ރައްޔިތުންގެ ސްޓޭންޑެވެ. ބަޅުރުކު ސްޓޭންޑެއް ނޫނެވެ.