އުޝާމަށް: 98 އާއިލާގެ 222 މީހުންނަށް މަހަކު 7000ރ. ލިބޭކަށްނޭދޭ
ނުކުޅެދުންތެރިންނަށް އެލައުންސް ބޮޑުކުރުން އެމްއެންޕީއަކަށް ހަޖަމެއްނުވި
ދައުލަތުން ދޭ މާލީ އެހީގެ ގޮތުގައި މީގެކުރިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 2000ރ. ލިބެއެވެ. ގިންތިތަކެއް ހިމަނައިގެން އެ އެލަވަންސް މިިހާރު މިވަނީ ސަރުކާރުން ބޮޑުކޮށްފައެވެ. މީގެ 12 އަހަރުން ކުރިން ފެށިގެން ދެމުން އައި ނުކުޅެދޭ މީހުންގެ އެލަވަންސް ބޮޑުކުރި މިއީ ފުރަތަމަ ފަހަރެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 11،371 މީހުން ރަޖިސްޓްރީވެފައި އެބަ ތިއްބެވެ. އެމީހުނަށް ކުރިން ލިބެމުން އައި 2،000 ރުފިޔާ ގެ އިތުރުން މާލީ އިނާޔަތުގެ ގޮތުގައި އިތުރު 1000ރ. ދޭން ސަރުކާރުން ނިންމުމުން ދަފްތަރުގައިވާ ކޮންމެ މީހަކަށްވެސް 3000 ރުފިޔާ މިހާރު ލިބޭނެއެވެ. އަނެއްކޮޅުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން 3 ޕަސެންޓް މީހުންނަށް 7000 ރުފިޔާ މިހާރުލިބޭނެއެވެ. އެއީ 98 އާއިލާއެއްގެ 222 މީހުންނެވެ.
އާދައިގެ މަތިން ވާދަވެރިންނަށް މިކަމެއްވެސް ހަޖަމެއް ނުކުރެވުނެވެ. ކުރީން ދެއްކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް ބޮޑު ނުކުރާ ވާހަކައެވެ. ދައުލަތުގެ ހަރަދު ބަރަދަށް ބެލުމެއް ނެތި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލަވަންސް ބޮނޑު ނުކޮށްގެން ގާނޫނަކުން ވަކި އަދަދެއް ލާޒިމުކުރުވަން މަޖުބޫރު ކުރުވަން ތިބީ ކޮށިއަރާފައެވެ. ދަފްތަރުގައި ޖެހިފައިވާ މީހުންނަށް މަހަކު 5،000-7،000ރ. ގެ އެލަވަންސް ޑެން ލާޒިމުކުރާ ގާނޫނެއް ފާސްކުރުވަން މަޖިލީހަށްވެސް ހުށަހެޅިއެވެ.
އެހާބޮޑަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހަމްދަރުދީވެ އެމީހުނަށް ލިބޭ ފައިސާގެ މިންވަރު މަތިކުރަން ކެތްމަދުވެފައި ތިބި މެންބަރ އުޝާމްމެން ކަހަލަ މީހުނަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތް މިސަރުކާރުން ބޮޑުކުރުމުން މިހާރަކު ކަމަކު ނުދިޔައެވެ. އެލަވަންސް ބޮޑުކުރުމުގައި ސަރުކާރުގެ ހެޔޮ ނިޔަތް އޮތް ކަމަކަށް ނުވިއެވެ.
އުޝާމުގެ ހަމައިގައި މިސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތް ދޭންވާނީވެސް އެމްއެންޕީ ބުނާ ގޮތަށެވެ. ސިޔާސީ ގޭހުގެ ގޮތުގައި ކަމަކަށް ކަމެއްކޮށް މީހުންގެ ސަމާލުކަން ހޯދަން ކާނަލް ނާޒިމް މަޖިލީހަށް ހުށަހެޅި ގޮތް ނޫން ގޮތަކަށް މިސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލައުންސް ދޭން ހަމަޖެއްސީމާ ކަމަކު ނުދާނެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭއެލައުންސް ބޮޑުކޮށް ދިނީ ތިމަމްމެން ޕާޓީންނޭ ބުނަން ފުރުސަތު ނުލިބުނީމާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލައުންސް ބޮޑުކުރުންވެސް ކަމަކު ނުދާނެއެވެ.