ވޯޓުލުން ހުއްޓުވަން ތައްޔާރުވަނީ

ވޯޓުލުން ހުއްޓުވަން ތައްޔާރުވަނީ

އެމްޑީޕީ ރިޔާސީ ޕްރައިމަރީ އިންތިހާބުގެ ނަތީޖާ މެންދުރުން އަނބުރާ އަސުރު ވާއިރު ރައީސް ނަޝީދާ އެއްކޮޅަށް ދާކަށް ޔަގީން ނުކުރެވޭ ނަމަ ވޯޓުލާ ސަރަހައްދު ތަކުގައި ހާޖާނު ހައްދާ ވޯޓުލުން ހުއްޓުވަން ރައީސް ނަޝީދުގެ ކެންޕޭނު ޓީމުން ރާވަމުން ދާކަމަށް މައުލޫމަތު ލިބިއްޖެއެވެ. 

ކޮންމެވެސް މައްސަލައެއް ފެންމަތިކޮށް ތަން ހަލަބޮލިކޮށްލާ ވޯޓުލުން ހުއްޓުވުމަށް ރޭވެމުން ދާކަމަށާއި ވޯޓުފޮށި ފަޅާލަން ޖެހުނަސް ފާޅާލަން ކެރޭވަރުގެ މީސްމީހުންނާ ވާހަކަ ދައްކާ އެކަން ކުރުމަށް ފައިސާ ދެމުންދާކަމަށް ވެއެވެ.

ޕްރައިމަރީ ތަކުގައި ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ވޯޓު އޮޅުވާލާ ބޭނުންވާ މީހާ އަށް ޕްރައިމަރީ ކާމިޔާބު ކޮށްދިނުމުގައި ބޮޑެތި ވައްކަން ކޮށްފައި އެބަހުއްޓެވެ. ޝަކުވާތައް ކޮންމެ ފަހަރަކު ކެންޑިޑޭޓުންނާއި ސަޕޯޓަރުން ކުރެއެވެ. ޝަކުވާ ބެލުމެއްނެތި އޭރުގެ ޗެއަރޕަސަން ހަސަން ލަތީފާއި އީވާއާއި އީވާގެ ފިރިކަލުން އިންތިހާބުތައް އޮޅާލާފައި ހުރީ އެއް ފަހަރަކު ދެފަހަރަކު ނޫނެވެ.

އެމްޑީޕީގެ ނައިބުރައީސް ހޮވުމަށް ސިއްޕެއާއި އަސްލަމް ވާދަކުރި އިންތިހާބު ސިއްޕެ ކާމިޔާބު ކުރީ ގަޑުކޮށް ފޮށި ތަކަށް ވަގު ވޯޓު އަޅާލައިގެންނެވެ. ލިސްޓެއްގައި ނަމެއް އޮތެއް ނުބަލައެވެ. އާއްމު މެންބަރުން އެކަންކަން ހަޖަމު ކޮށްގެން އެތައް އަހަރެއް ވަންދެން ތިބުމަށް ފަހު އެމްޑީޕީގައި އޮތް ގަބީލީ ބާރު ކަނޑުވާލުމުން ނިކުމެ، ކުރިން ވައްކަންކޮށްގެން އިންތިހާބުތައް އޮޅާލިހެން އެންމެންވެސް އެކަން ކުރާނެކަމަށް ހީވެދާނެއެވެ. 

ރައީސް ސާލިހު ބޭނުންފުޅުވެ ވަޑައިގެން ނަމަ ޕްރައިމަރީ އަކަށް ނުގޮސް ރައީސް ސާލިހަށް ރިޔާސީ ޓީކެޓް ހޯއްދެވެން އޮތެވެ. ޕާޓީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހާއި ކޮންގްރަސްގައި އެކަމަށް އެއްވެސް ހުރަހެއްނެތެވެ. ނަމަވެސް ރައީސް ސާލިހު އިހުތިޔާރު ކުރެއްވީ ޑިމޮކްރެޓިކް ގޮތެވެ. ރިޔާސީ ޕްރައިމަރީއެވެ. ކުރު މަގުން ރިޔާސީ ޓިކެޓް ލިބެން އޮވެ ނުހޯއްދަވާ ވޯޓު އޮޅުވާ ވޯޓުން ވައްކަންކޮށްގެން ރިޔާސީ ޓިކެޓެއް ހޯއްދަވަން ރައީސް ސާލިހު ބޭނުންފުޅެއް ނުވެއެވެ.