ވެންޓިލޭޓަރު ވަގު ވެސް ނަޝީދަށް މިހާރު އޯކޭ
އަމީނު ވަޒީރު ކަމުން ވަކިކޮށް ޖަލަށް ނުލައިގެން ނަޝީދާއި އައުވާނުން ރޭނިދި ނުނިދުނު
ރައީސް ސާލިހުގެ ސަރުކާރަށް އެންމެ ބޮޑު ބަދުނާމެއް ލިބުނު އެއްކަމަކީ ކޮވިޑް ވެންޓިލޭޓަރު ތަކުގެ މައްސަލައެވެ. ރައީސް ނަޝީދު މެދުވެރިގެން ޑަބްލިޔުއެޗްއޯ މާލޭ އޮފީހުގެ ވެރިޔާގެ އިރުޝާދަށް ދުބާއީ ކަރުދާހު ކުންފުންޏަކަށް ވެންޓިލޭޓަރު ގަތުމުގެ ނަމުގައި އެތައް މިލިޔަން ޑޮލަރެއް ދޫކުރީ އޭރުގެ ހެލްތު މިނިސްޓަރ ޖޭޕީގެ އަބްދުﷲ އަމީނެވެ. ފައިސާ ލިބެންޖެހޭ ބަޔަކަށް ލިބި ހަމަ ޖެހުމަށްފަހު ރައިސް ނަޝީދު އާދައިގެމަތިން ސަރުކާރު ބަދުނާމު ކުރަން ފެއްޓިއެވެ. ހުރިހާ ގޯހެއް ހެއްދުމަށް ފަހުގައެވެ. ވެންޓިލޭޓަރ ޖަރީމާއިން ވެސް އެންމެ ބޮޑު ކަޓެއް ލިބުނީ ރައީސް ނަޝީދަށް ކަމަށް ރަށުތެރޭގައި ކިޔާ އުޅެއެވެ.
ކިތަންމެ ބޮޑު ނަހަމަ ފައިދާއެއް ރައީސް ނަޝީދު ހޯދިޔައަސް އެއްޔަކީ ހޯދި އެއްޗަކަށް ލިބުނު އެއްޗަކަށް ނުވާނެއެވެ. އެންމެނަށް ވުރެ ބާރަށް އެކަމެއްގެ ވާހަކަ ދައްކާ ރައީސް ނަޝީދު މަންޒަރުން ގެއްލުވާލާނެއެވެ. ކޮންމެވެސް އެހެން މީހެއްގެ ބޮލަށް ޖަރީމާ ކަނޑާލާ ބާރު ބާރަށް ސަރުކާރާއި ރައީސަށް ފާޑުކިޔާ ބޭނުންވާ ގޮތަކަށް އެ ވާހަކަ ވައިގައި ހިއްުޕުވާނީ ރައީސް ނަޝީދާއި އޭނާގެ ލޮލުން ދުނިޔެ ދެކިގެން އުޅޭ ރައީސް ނަޝީދުގެ އަޅުކުދިން ކޮޅެވެ.
ވެންޓިލޭޓަރު މައްސަލައާއި ގުޅިގެން އޭރުގެ ހެލްތު މިނިސްޓަރަށް ވުރެ ބޮޑުވަގެއް ނެތް ވަރަށް ކުޑަ އަމީނުގެ މަސްކެއެވެ. ނޮޅާ ކަށިންނެވެ. ވަޒީރު ކަމުން ވަކިކޮށް އަބްދުﷲ އަމީނު ޖަލަށް ނުލައިގެން ރައީސް ނަޝީދާއި އައުވާނުން ރޭނިދި ނުނިދައެވެ. އިތުބާރު ނެތްކަމުގެ ވޯޓު ނަގާން ޖެހޭ ހިސާބަށް މަޖިލިސްގެ ރައީސް ނަޝީދު އިސްވެހުރެ އެކަން ދުއްވާލުމުން އަމީނަށް މަޖުބޫރުވީ މަގާމުން އިސްތިއުފާ ދޭށެވެ. ވެންޓިލޭޓަރުވަގު ގެ ސިއްކަ އަމިއްލަ ނިއްކުރީގައި ޖަހައިގެން ކުޑަ އަމީނަށް އެންމެ ފަހުން ޖެހުނީ ގެއަށްދާށެވެ.
އިންސާނީ ކަރާމާތް ގެއްލުވަލުމުގައި ރައީސް ނަޝީދަކީ ނަންބަރ ވަން އެވެ. ދައުލަތަ ރައްޔިތުންނަށް ހެޔޮ އެދިގެންކަމަށް ހެދިގެން އުޅޭ ރައީސް ނަޝީދަށް އޭނާގެ މަސްލަހަތާ ޖެހުމުން ކިތަންމެ ބޮޑު ވަގެއްވެސް އޯކޭވެއެވެ. ގާސިމް އިބުރާހީމް ރައީސް ސާލިހުގެ ސަރުކާރުގެ ކޯލިޝަން ޕާޓްނަރަކަށް ހުރެ މިލިޔަނުން ގެއްލުމުގެ ބަދަލު ހޯދާތީ ގާސިމު ދައުލަތް ދަވަލާކަމަށް އެންމެ ބޮޑަށް ތުހުމަތު ކުރީ ރައީސް ނަޝީދެވެ. ހައްގުނޫން ގޮތްގޮތައް ރަށްރަށާ ބިންތައް ގަސިމް ވެރިކުރަމުން ދާކަމަށް ކަރުން ނާރުނަގާ ގޮވީ ރައީސް ނަޝީދެވެ.
ރައީސް ސޯލިހާ ޕާޓްނަރޝިޕް ނުހަދާ އަމިއްލައަށް ރިޔާސީ އިންތިހާބަށް ގަސިމު ނިކުތުމުން އެވަރެއް ރައީސް ނަޝީދަށާއި އޭނާގެ އައުވާނުންނަކަށް މިހާރަކު ނެތެވެ. ވެންޓިލޭޓަރވަގުވެސް ރައީސް ނަޝީދަށް މިހާރު އޮކޭއެވެ.