ގައިޑް ހަރަކާތުގެ ފަރުދީ އެންމެމަތީ އެވޯޑް ފަޒްނާއަށް

ރާއްޖޭގެ ފަރާތަކަށް މި އެވޯޑް ލިބުނު ފުރަތަމަ ފަހަރު

ގައިޑް ހަރަކާތުގެ ފަރުދީ އެންމެމަތީ އެވޯޑް ފަޒްނާއަށް

ވޯލްޑް އެސޯސިއޭޝަން އޮފް ގަރލްގައިޑްސް އެންޑް ގާރލް ސްކައުޓްސްގެ އޭޝިއާ ޕެސިފިކް ރީޖަންއިން ގައުމުތަކުގައި ގާރލްގައިޑް ހަރަކާތް ކުރިއެރުވުމަށް މަސައްކަތްކުރައްވާ ވަކި ފަރުދުންނަށް ދެވޭ އެންމެމަތީ ޝަރަފުވެރި އެވޯޑް މެޑަމް ފަޒްނާއަށް އަރުވައިފިއެވެ. ރައްޖޭގެ ޗީފް ގައިޑް އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދަށް މިއެވޯޑު އަރުވާފައި ވަނީ މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަނުގެ 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ.

ވޯލްޑް އެސޯސިއޭޝަން އޮފް ގަރލްގައިޑްސް އެންޑް ގާރލް ސްކައުޓްސްގެ އޭޝިއާ ޕެސިފިކް ރީޖަންއިން ގައުމުތަކުގައި ގާރލްގައިޑް ހަރަކާތް ކުރިއެރުވުމަށް މަސައްކަތްކުރައްވާ ވަކި ފަރުދުންނަށް ދެވޭ އެންމެމަތީ ޝަރަފުވެރި އެވޯޑް އަރުވާފައިވަނީ މެޑަމް ފަޒްނާ ގަރލް ގައިޑް ހަރަކާތަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތައް ފާހަގަކޮށް އެކަމުގެ އަގުވަޒަން ކޮށެވެ. އެ އެވޯދަކީ އޭޝިއާ ޕެސިފިކް ރީޖަނަލް އެވޯޑުގެ އިންޑިވިޖުއަލް ކެޓަގަރީން އެކަމަނާއަށް އަރުވާފައިވާ އެވޯޑެކެވެ. މިއީ ރާއްޖޭގެ ފަރާތަކަށް މިއެވޯޑް އެރުވުނު ފުރަތަމަ ފަހަރެވެ.

ހިލޭ ސާބަހަށް މަސައްކަތް ކުރުމުގެ ކެޓަގަރީން އޭޝިއާ ޕެސިފިކް ރީޖަން އެޕްރިސިއޭޝަން އެވޯޑް 5 ފަރާތަކަށް ލިބުނު އެ ރަސްމިއްޔަތުގައި އޭޝިއާ ޕެސިފިކް ރީޖަން އެޕްރިސިއޭޝަން އެވޯޑް 4 އޮގަނައިޒޭޝަނަކަށް ދީފައިވެއެވެ. 

ރަސްމިއްޔަތުގައި ވޮރަންޓް ސެޓްފިކެޓް ލިބުނު ފަރާތްތަކަށް ސެޓްފިކެޓް ހަވާލު ކޮށްދެއްވީ ޗީފް ގައިޑް މެޑަމް ފަޒްނާ އަހުމަދެވެ. ކޮމިޝަނަރ ސެޓްފިކެޓާއި ހިދުމަތުގެ އެވޯޑް އަދި ގަރލް ގައިޑް އެސޯސިއޭޝަންގެ އެޕްރިސިއޭޝަން އެވޯޑު ލިބުނު ފަރާތްތަކަށް އެވޯޑު ހަވާލުކޮށްދެއްވީ ޗީފް ކޮމިޝަނަރ ނިއުމަތު ޝަފީގެވެ. މި ރަސްމިއްޔާތުގައި 5 އަހަރާއި 30 އަހަރާއި ދެމެދުގެ މުއްދަތެއްގައި ހިދުމަތް ކޮށްދެއްވާފައިވާ 75 ފަރާތަކަށާއި، މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަންގެ އެޕްރިސިއޭޝަން އެވޯޑު ހާސިލްކުރި 2 ފަރާތަކަށް ވެސް އެވޯޑް ދީފައިވެއެވެ.