ސްޓެލްކޯ އިން އުޖާލާ ދިރިއުޅުން

ސްކީމްގައި ބޭންކަށް ހުށަހަޅަން ޖެހެނީ ކޯޓޭޝަން އެކަނި

ސްޓެލްކޯ އިން އުޖާލާ ދިރިއުޅުން

ސްޓެލްކޯ ސޭލްސް ސެންޓަރުން މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގެ "އުޖާލާ ދިރިއުޅުން" ފެސިލިޓީ މެދުވެރިކޮށް މުދާ ގަނެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. 

ސްޓެލްކޯ ސޭލްސް ސެންޓަރުން ވިއްކާ ކަރަންޓު ވައިރުކުރުމަށް ބޭނުންވާ ސާމާނާއި އިލެޓްރިކްސިޓީއާއި ގުޅޭ ތަފާތު ބްރޭންޑުތަކުގެ އުފެއްދުންތައް ސްކީމުގެ ދަށުން މިހާރު ލިބެން ހުންނާނެއެވެ. އެމްއައިބީގެ "އުޖާލާ ދިރިއުޅުން" ސްކީމަކީ ފައިސާ ދައްކަމުން ގޮސް ހަލާސްކުރާ ގޮތަށް މުދާ ނެގޭ ސްކީމެކެވެ.

"އުޖާލާ ދިރިއުޅުން" ސްކީމުގެ ދަށުން 400،000 ރުފިޔާގެ ނެގޭނެއެވެ. އެމްއައިބީ ގަބޫލުކުރާ ތަނެއްގައި ވަޒީފާ އަދާކުރާ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ހަ މަސް ދުވަސްވާންދެން އުޖާލާ ދިރިއުޅުމުގެ ސްކީމުގެ ފައިސާ ބޭނުން ކުރެވޭނެއެވެ. 

އެހެން ސްކީމްތަކާ ހިލާފަށް، "އުޖާލާ ދިރިއުޅުން" ސްކީމުގެ ދަށުން 18 މަހާއި 48 މަހާ ދެމެދުގެ މުއްދަތެއްގެ ތެރެއިން މުއްދަތެއް ފައިސާދެއްކުމަށް ހިޔާރުކުރެވެއެވެ. އެ ސްކީމްގައި ބޭންކަށް ހުށަހަޅަން ޖެހެނީ ކޯޓޭޝަން އެކަންޏެވެ. ކޯޓޭޝަން ބޭންކަށް ހުށަހެޅުމުން އެ ދުވަހުން އެ ދުވަހަށް ސްކީމުގެ ތެރެއިން މުދާ ލިބޭނެ އެވެ.