އެސްޓީއޯގެ ސީއީއޯ ނިޕޯންޕެއިންޓުގެ ޓީމާ ބައްދަލުކުރެއްވުން

އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ އަބްދުﷲ ސައީދު އާއި ނިޕޯން ޕެއިންޓުގެ ސީނިއަރ އެޑްވައިޒަރ ބައްދަލުކުރެއްވުމެއް

އެސްޓީއޯގެ ސީއީއޯ ނިޕޯންޕެއިންޓުގެ ޓީމާ ބައްދަލުކުރެއްވުން

އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ އަބްދުﷲ ސައީދު ވަނީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ނިޕޯން ޕެއިންޓުގެ ސީނިއަރ އެޑްވައިޒަރ އަދި ނިޕޯންޓީމާ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެކުންފުނި ދޭތެރޭ ކުރެވުމުންދާ ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހި ކުރެވޭނެ ދާއިރާއާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.  

ދިވެހިންގެ ތެރޭގައި މަޝްހޫރުކަން ހޯދައިފައިވާ ނިޕޯން ބުރޭންޑުގެ ކުލަ އެތެރެކޮށް ވިއްކާ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާއަކީ އެސްޓީއޯއެވެ.

ބާޒާރުގައި ވަރަށް ބައިވަރު ޕެއިންޓު ބްރޭންޑުތައް ހުރެއެވެ. އެކަމަކު ޕެއިންޓެއްގެ ކޮލެޓީ ބިނާވެފައިވަނީ އޭގައި ހިމެނޭ ޕިގުމަންޓާއި ބައިންޑާގެ މައްޗައްށެވެ. މި ބައި ގިނަ ނަމަ ދިގުމުއްތައް ކުލަނުވެއްޓި، ކުލަ ނުފޮޅި ހުރެއެވެ. އެހާމެ ކުލަލާން ފަސޭހަ ވާނެއެވެ. ނިޕޯން ކުލަ މޮޅީ މިހެންވެއެވެ. މިއާ ހިލާފަށް ބާޒާރުން އާއްމުކޮށް ގަންނަން ލިބެން ހުންނަ އާދައިގެ ކުލައިގައި، ކުލަ ގިނަ ކުރަން އަޅާ ލިކުއިޑްގެ ނިސްބަތް އިތުރުވުމުގެ ސަބަބުން ކޮލެޓީ ދަށެވެ.