މާބައިދޫގައި ފެނަކައިން އައިސް ޕްލާންޓެއް ގާއިމު ކުރަނީ

ގާއިމްކޮށް ހިންގުމަށް އެއްބަސްވެވުނީ 25 ޓަނުގެ އައިސް ޕްލާންޓެއް

މާބައިދޫގައި ފެނަކައިން އައިސް ޕްލާންޓެއް ގާއިމު ކުރަނީ

ފެނާއި ނަރުދަމާއާއި ކަރަންތްގެ ހިދުމަތްދޭ ކުންފުނި ފެނަކައިން އަނެއްކާ ވެސް އައިސް ޕްލާންޓެއް ގާއިމުކޮށް ހިންގަން އެއްބަސް ވެއްޖެއެވެ. ‏ލ. މާބައިދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ގާއިމްކޮށް ހިންގުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑން ހަވާލު ވީ މިއަދުއެވެ.

މާބައިދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ގާއިމްކޮށް ހިންގުމަށް އެއްބަސްވެވުނީ ފެނަކަ ކޯރޕަރޭޝަންއާއި  މާބައިދޫ ކައުންސިލްއާއި ދމެދުއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސް ވުމުގައި ފެނަކަ ކޯރޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދެވެ. މާބައިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އިބްރާހީމް ވިސާމެވެ. މާބައިދޫގައި އައިސް ޕްލާންޓު ތަރައްގީކުރުމުގެ މަސައްކަތް ހަ މަސްތެރޭގައި ފެނަކައިން ނިންމާނެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސް ޕްލާންޓްވެސް ގާއިމްކޮށް ހިދުމަތް ފެނަކަ ކޯޕަރޭޝަނުން އަންނަނީ ދެމުންނެވެ.