ދުފުންގަނޑު ރަތްނުވީމަ ގޯސްވާ މަޑިސީލަ

ކަށިހެރި މީހުންނާއި އަނިޔާވެރި ވެރިންނާއި ބޮޑެތި ވަގުން ހުދު ކާފޫރަށް

ދުފުންގަނޑު ރަތްނުވީމަ ގޯސްވާ މަޑިސީލަ

ތެރިޕިޔާރޭ ޕލިޔާރޭ ސޫރަތުހޭގެ ލަވައިން ގާސިމު ހޭރުވި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދައިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު މެން އިސްވެތިއްބަވާ އައްޑޫ ސިޓީ ހިތަދޫ ސްޓޭޑިއަމް ސަރަހައްދުގައި ބޭއްވި އެއްވުމެއްގައި ކުރީގެ ސަރުކާރަށާއި ރައީސް ޔާމީނަށް ތާއީދުކުރާ ބޭފުޅުން ބައިވެރިވެ ރިލީސްކުރި މަގޭ ދީނާއި މަގޭ ޤައުމާ ނުކުޅެއްޗޭ ފިލްމާއި ، 7 ފެބުރުއަރީ އާއި ގުޅިގެން ކުރީގެ ރައީސް ނަޝީދު ނެރުނު އަސަރުގަދަ ފިލްމު އެރޭ ހާދަރުއިމޭ ފިލްމުވެސް ހަންދާނުން ފިލާގެންދާހާ ދުވަހެއްނުވެއެވެ. މިހުރިހާ ފިލްމެއްގެވެސް ޑައިރެކްޓަރަކީ ގާސިމް އިބްރާހިމެވެ.

ޑައިރެކްޓަރު ގާސިމް ވިދާޅުވި ގޮތުގައި ފިލްމުގެ އެކްޓަރު ރައީސް ނަޝީދު އަމިއްލަފުޅަށް ބަޣާވާތް ކުރެއްވުމަށް ފަހު މަސައްކަތް ކުރައްވަނީ އެބޭފުޅާ އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު އަދި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ އަގު ވައްޓާލާށެވެ.  2021 ވަނަ އަހަރު މަޖިލީހުގެ ޖަލްސާއެއްގައި ނިޒާމީ ނުކުތާއެއް ނަންގަވައިގެން ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ދައުރުގައި ގާސިމަށް ކްރިމިނަލް ކޯޓުން ހުކުން ކޮށްފައި ވަނީ އޭނާ އައިޖީއެމްއެޗްގައި އޮންނަވަނިކޮށެވެ. އަދި މަގޭ ދީނާއި މަގޭ ޤައުމާ ނުކުޅެއްޗޭ ފިލްމުގެ އެކްޓަރު ރައީސް ޔާމިނު ވަރުގެ އަނިޔާވެރި ވެރިޔަކު އަދި އެވަރުގެ ވަގަކު ދެކެވަޑައިނުގަންނަވާ ކަމަށް ގާސިމް އިބްރާހީމް ވިދާޅުވެއެވެ.

ގާސިމްއިބްރާހިމްގެ ދުފުންގަނޑު ރަތްނުވީމާ ހައްތަހާވެސް ވަގުންނެވެ. ކެތްނުވާހާ ހިތްދަތިކޮށްފިކަމަށާއި ، ގައިގެ އެތަން މިތަނަށް ކަށިޖަހާ، ހަރުފަ ވިހަލާހެން ވިހަލައިފިކަމަށާއި ދެން ދުވަހަކުވެސް ނަސީދާ އެކު ސިޔާސީ މަސަތްކަތް ނުކުރައްވާނެކަމައް ވިދާޅުވެއެވެ. އޭނާ ހިތުން އޭނާ ނޫން އެންމެންނަކީ މޮޔައިންނެވެ. ވަގުންނެވެ.   

އަސްތަ އަސްތާ ދެނަކާ ދެނެތް ނެތެވެ. ރައީސްސް ސޯލިހަކީ ގާސިމް އިބްރާހިމަށް މާ ކަމުދާ ވެރިއެކެވެ. ގާސިމް ގަބޫލު ކުރާގޮތުގައި އޭނައަށް ކިރިޔާވެސް ހިންދެމިލެވުނީ ރައީސް ސޯލިހުގެ ވެރިކަމުގައެވެ. ރައީސް ސޯލިހުގެ ހެޔޮފުޅުކަމުންނެވެ. އަދި ކީއްހެއްޔެވެ. ރައީސް ސޯލިހު ގައުމު ހިންގަވާ ގޮތައް ފުރިހަމައަށް ދެން ދުވަހަކުސް މީހަކަށް ވެރިކަން ނުކުރެވޭނެއެވެ. ފާއިތުވި ހަތަރު އަހަރު ދެމަފިރިންގެ ތައުރީފާއި ލޯބި ކޮޅުނެތް ކޮޅަށް ރައީސް ސޯލިހުއަށް ވެދުން ކުރަމުން ގެންދެވިއެވެ. 

ގާސިމް ވިދާޅުވާ ގޮތުގައި އެއިރެއްގައި އޮންނަ އިދިކޮޅު ޕާޓީއަކުން މަޖިލިސްގައި ސަރުކާރަށް ނުކުރެވޭ ކަންކަމުގެ ވާހަތަކާއި، ކުށް ދައްކަން އަބަދުވެސް މަސައްކަތް ކުރާނެއެވެ. ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުން ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ފަރުދީ ގޮތުން ރައްކާތެރިކަން ދޭންޖެހޭ މީހަކަށް ނަމަ އެމީހަކަށް ވެސް ރައްކާތެރިކަން ކަށަވަރުކޮށް ދެއްވަމުންދާ ކަމަށް ވިދާޅުވިއެވެ. ދުފުންގަނޑު ރަތްކޮށްލަންވީމާ ތައުރީފާ ސަނާ މީ ހަކަށް ކިޔާލެވޭނީ މި ފެންވަރަށެވެ.

މޫސުން ބަދަލުވެ ވެރިކަމަށް ފައިހިއްޕުމަށް އެއްލި ސަފުހާ އާއިއެކު ކުރިން ދެންނެވި ކަށިހެރި މީހުންނާއި، އަނިޔާވެރި ވެރިންނާއި، ދުނިޔޭގައި ނެތްވަރުގެ ބޮޑެތި ވަގުން ކަމަށް ރައްޔިތުންނަށް ދެކި އެކްޓަރުން ހުދު ކާފޫރަށް ވެއްޖެއެވެ. ރައީސް ސޯލިހު ވަރުގެ ނުބައި މީހަކު މިހާރަކު ނެތެވެ. ވާނީ އެހެންތާއެވެ. މި އުޅެނީ އަނެއްކާ ވެސް ދުފުންގަނޑެއް ރަތްވޭތޯއެވެ.

ކުޑަ އަމީން ހެލްތު މިނިސްޓަރަކަށް ހުންނެވި އިރު، 2020 ވަނަ އަހަރު ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖެއަށް އައުމުން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ރާއްޖެއަށް ގެންނަން އުޅުނު ވެންޓިލޭޓަރުތަކެއް ނުލިބި، އެ ކުންފުންޏަށް ފައިސާ ދިން މައްސަލައިގައި އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. މޫސުން ބަދުލުވިއިރު ދިރުވިފިކުރާއި، ވެންޓިލޭޓަރު ވަގާއި ، ފުއްގުދަންވެސް މިއިނީ ސަން އައިލެންޑްގައެވެ. ވާނީވެސް އެހެންތާއެވެ. ރޮލެކްސް ގަޑިޔާއި ފުލެޓްވަގުންވެސް ސަން އައިލެންޑުގެ ލަގްޒަރީ ވިލާ ތަކުގައެވެ. އެނޫން ގޮތެއްނެތް ފިކުރަށް ވެންޓިލޭޓަރު ވަގުން އޯކޭވެ، ރޮލެކޮސް ގަޑިވެސް އޯކޭވެ، ބަގާވާތާއި ކަރަޕްސަން އޯކޭވެ ބަގުޑިބައްދާނެ ހައްރުއެއްޗެއް ބޭނުން ވެއެވެ. އެހެނަސް ދުފުންގަޑު ރަތްވާ ތަނެއް އަދި ނުފެނެއެވެ.  ދުފުންގަނޑު ރަތްވޭތޯ ލެވެން އޮތްހައި އެއްޗެއްލާނެއެވެ. ދެންވެސް ދުފުންގަނޑު ރަތްނުވީމާ މަޑިސީލަ އެއްލައިލާނީއެވެ.

ބަލަ މޮޔަފުޅުވީތޯއޭ ގޮވަމުން އަންނަތަން ބަލަން ރައްޔިތުމިހާ އެބަ ހުރީމެވެ.