އަންހެން ކާޑް ކުޅެގެން އިސްތިއުފާނުދީ ފަރަކުނުޖެއްސޭނެ!

އަންހެން ކާޑް ކުޅެގެން އިސްތިއުފާނުދީ ފަރަކުނުޖެއްސޭނެ!

އަންހެނަކަށް ވުމުގެ ނާޖާއިޒު ފައިދާ ނަގައިގެން އުޅުމުގެ ހައްގެއް އެއްވެސް އަންހެނަކަށް ނުއޮންނާނެއެވެ. އަންހެނަކަށް ވުމަކީ މީހަކު ކުށުން ބަރީއަަވެ ތޯހިރުވާ ސަބަބެއް ނޫނެވެ. ކުށެއް ކޮށްފިނަމަ ކޮންމެ މީހަކަސް އެކަމުގެ ޒިންމާ ބަރާބަރަށް ނަގަން ޖެހޭނެއެވެ. އަންހެނަކަށް ވުމަކީ ކުށުން ބަރީއަވުމުގެ ލައިސަންސެއް ނޫނެވެ. 

ދުނިޔޭގެ ތާރީހުގައިވެސް ބޮޑެތި މުޖުރިމުން ގޮތުގައި އަންހެނުން ލިސްޓް ކުރެވިފައިވަނީ މަދެއްކޮށް ނޫނެވެ. އަނިވެރިކަމާއި ކުށްކުރުމާއި ފަސާދައިގައި ޖިންސެއް މުހިންމެއް ނޫނެވެ. ހާއްސަކޮށް ސިޔާސީ މައިދާނުގައި އަންހެނުންނަކީވެސް ވަކީން ތާހިރުކޮށްއުޅޭ ބައެއްނޫނެވެ.

ގައުމުގެ ކަންކަމުގައި ބާރުވެރިކަން ހޯދަން ބޭނުންވާހެން ބާރުވެރިވުމުން ޒިންމާ އުފުލަންވެސް ޖެހޭނެއެވެ. ދައުލަތުގެ ޒިންމާދާރު މަގާމުތަކުގައި ތިބެގެންކުރާ ކަންކަމަށް މީހުން ފާރަވެރިވާނެއެވެ. ކަންކުރަނީ ވަކި ޖިންސެއްގެ މީހަކަށް ވެގެން ފާރަވެރިނުވާ ގޮތަކަށް ނޯވެއެވެ.

ދުނިޔޭގެ ތާރީހުންވެސް ފެންނަން އޮތީ އެ ހަގީގަތެވެ. މިދާކަށް ދުވަހު ވިއެޓްނާމްގެ ބިލިޔަނަރ މައި ލެން އާއި އެމެރިކާގެ ބިލިޔަނަރ އެލިޒަބަތު ހޯމްސް ވެސް ކުށްކުރީމާ އެ ތިބީ ހައްޔަރު ކޮށްފައެވެ. ސިޔާސީ އެތައް އަންހެނެއް އެކިވަރުގެ ޖަރީމާ ހިންގައިގެން މަގާމުން ވަކިކޮށް ހައްޔަރުކޮށްފައި ހުރީކީ މަދެއްކޮށް ނޫނެވެ. އަންހެނުންނަށް ވުމުން އެ މީހުނަށް ލިބުނު ރައްކާތެރިކަމެއް ނެތެވެ. 

ސިޔާސީ އިސްމަގާމުތަކުގައި ތިބެގެން ގައުމާއި މުޖުތަމައަށް ބޮޑެތިބޮޑެތި ގެއްލުން ދެންޏާ މީހުން އެވާހަކަ ދައްކާނެއެވެ. އިސްތިއުފާއަށް ގޮވާނެއެވެ. އަމްދުން ދިމާލަށް ފެންނަން ހުންނަކަންކަމުގައި އޮޅުވާލާ ކަމުންރެކެން އުޅެންޏާ އެވާހަކަ ދައްކާލެއް ގިނަވާނެއެވެ. ކަމެއް ގޯސްކޮށްކުރީ އަންހެނަކަށް ވީތީ އެމީހެއްގެ ވާހަކަ ނުދައްކައެއް ނުތިބޭނެއެވެ. 

ތިމާ މީ އަންހެނެއްކަން އެނގިހުރެ ހިތުހުރި ގޮތަކަށް އުޅެމުން ހިތުހުރި ކަމެއް ކުރަމުން ހިތުހުރި މީހަކާ ބެހެމުން ދުވަންޏާ އަންހެނަކަށް ވީތީ އޮންނަ ރައްކާތެރިކަމާ އޯގާތެރިކަމެއް ބަޔަކު ނުދޭނެއެވެ. ޒިންމާ ދާރު މަގާމުތަކުގައި އަބުރުވެރިކަމާއެކު އުޅޭ އަންހެނުންގެ ވާހަކައެއް މީހަކު ނުދައްކާނެއެވެ. ދެއްކިޔަސް ވަޔަކުވެސް ނުހިފާނެއެވެ. 

އަންހެނުންނަށް ވީތީއޭކިޔާފައި އެބައެއްގެ ފަރާތުން މުޅި ގައުމަށް ބޮޑެތި މުސީބާތްތައް ޖައްސާ އަންހެނުންނަށް މީހުން ފުރައްސާރަ ކުރާނެއެވެ. ފާޑުކިޔާނެއެވެ. އިސްތިއުފާއަށް ގޮވާނެއެވެ. ހީނާ ވަލީދަށް އިސްތުިއުފާއަށް ގޮވަނީ ހިޔާނާތާއި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭތީއެވެ. ފާޅުގައި ދައުލަތުގެ ނަމުގައި ބޮޑެތި ބޮޑެތި ދޮގު ހަދާތީއެވެ. އެންސްޕާ ވައްކަން ޓެންޑަރ ބޯޑާއި މިނާކުޑޭ ބޮލުގައި އަޅުވައިގެން ހީނާ އަކަށް ސަލާމަތެއް ނުވެވޭނެއެވެ. ހަލީލުގެ ރޭވުމުގައި ބެދެވިގެން މުއިއްޒަށް ދައުލަތް ދަވާލަދޭ މީހަކަށް ހީނާ ވުމުން އަންހެން ކާޑް ކުޅެގެން އިސްތިއުފާނުދީ ފަރަކު ނުޖެއްސޭނެއެވެ.