ރޫޅާލަންވަދެ ދޮންކަޅު އަންގާނުލާ ބާކީކޮށްލާލެއް ކިހާމޮޅު!

ރޫޅާލަންވަދެ ދޮންކަޅު އަންގާނުލާ ބާކީކޮށްލާލެއް ކިހާމޮޅު!

އެންމެ ފަހުން އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގެއްލުނު ހިސާބުން ސަރުކާރު ޖަވާބުދާރީ ކުރުވަން އެމްޑީޕީ އެކަތިގަނޑަކަށް ވުމުގެ ވާހަކަ ނިކަން ބާރަށް ދެއްކިއެވެ. ބޮޑު ދެ އިންތިހާބު ގެއްލުނަސް އެއް ލީޑަރެއްގެ ފަހަތުގައި ގުޅިގެން ސަރުކާރު ޖަވާބުދާރީކުރުމަށް މަސައްކަތް ނުކޮށް އެމްޑީޕީ މިސްރާބު ހިފާފައިހުރީ އެހެން ދިމާއަކަށެވެ. އެމްޑީޕީއަށް ވެރިކަން ގެއްލި މަޖިލިސް ގެއްލުނު އިރު ހިތްވަރާއެކު އެމްޑީޕީގައި ތިބި މީހުންގެތެރެ ބައިބައި ވިޔަނުދީ ހިފެހެއްޓުމަށް ގުޅިގެން މަސައްކަތެއް ނުކުރެއެވެ. ވާހަކަ ދައްކައިގެން އެއްގަލަކަށް އެރުމަށް މަސައްކަތެއް ނުކުރެވެއެވެ.

އެމްޑީޕީގައި ތިބި މީހުންގެތެރެ ބައިބައި ވިޔަނުދީ ހިފެހެއްޓުމަށް ވުރެ ބޮޑަށް އިސްކަން ދިނީ ރޫލާލަން ނިކުތް މީހުން އެތެރެ ކުރުމަށެވެ. ބޮޑު ދެ އިންތިހާބު އެމްޑީޕީއަށް ގެއްލުމުގެ ސަބަބު މެދުވެރިކުރި މީހުން އަނބުރާ އެމްޑީޕީގެ ތެރެއަށް ގެނައުމަށް ހުރީކީ އަމަށަކު ފޯރިއެއް ނޫނެވެ. އެމްޑީޕީ އެކަތިގަނަޑަކަށް ހެދުމަށްޓަކައި އެމްޑީޕީ ރޫޅާލަން އެމްޑީޕީއާއި ވަކިވެގެން ދިޔަ މީހުން ކޮންމެހެންވެސް ނުގެނެސް އެކަތި ގަނަޑަކަށް ވާން އޮތް ކަމަކަށް ނުވިއެވެ.

ރޫޅާލަން ނިކުތް މީހުން ރޫޅާލަން ނިކުތީ ބަރުލަމާނީ ޖަޒްބާތުގައި ވަކި މީހަކަށް ބާރުވެރިކަން ނުލިބުމުންކަން ހަމަ ރަނގަޅަށް އެނގޭނެއެވެ. ފުޅުވަކަށް ނެތް ވެރިކަމެއް އެމްޑީޕީގައި އޮތުމަކަށް ފުލު ވަކު ޓީމު ބޭނުން ނުވާނެކަން ވެސް ހަމަ ރަނގަޅަށް އެނގޭނެއެވެ. ސިޔާސީ ގޮތުން އަރާނެ ގެ ހުސްވެފާ ތިއްބާ އެމްޑީޕީން ޒައިތޫނި ފަތްކޯޅި ދިއްކޮށްލުމުން ޝަރުތެއްނެތި އެނބުރި އައީ ދަނަޑިވަޅުބަލާ އެނގަކުރި ހިފަންކަން ނޭގުނުކަމީ ދެރަކަމެކެވެ. 

އެންމެ ފަހުން އޮތް އެމްޑީޕީ ސަރުކާރުގައި އިސްކޮށް އުޅުނު މީހުންގެ ތެރެއިން ރޫޅާލަން ނިކުތް މީހުންނާ ބައިއަތު ނުހިފާ މީހުނަށް އެކިޒާތުގެ ނުބައި ތުހުމަތުތައް އަޅުވާ ބަދުނާމް ކުރުމުގައި މިހާރުވެސް ފުލުވަކު ޓީމް ރޭނިދި ނުނިދައެވެ. ހިނގަމުންދާ ސަރުކާރުގެ ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަ ދެއްކުމަށްވުރެ ކުރީ ސަރުކާރުގެ ނުބައި ވާހަކަ ފުލުވަކު ޓީމުން ދައްކާލެއް މިހާރުވެސް މާ ގިނައެވެ. އެކަމަކު އެނބުރިއައީ އެމްޑީޕީ އެކަތިގަޑަކަށް ހަދާށޯލާއެވެ.

ރަނގަޅު ތިން ފަޅިއަށް އެމްޑީޕީ ފަޅައިގެން ދިޔަ ވަގުތުބަލާ އެނބުރިއައިސް ހިންގާލަށް އައި ޗެއަރޕާސަނަށް ބައިއަތުހިފާ ރަނަގަޅަށް ފިކުރެއް ދިރުވާލި ގޮތުން އޭނާގެ އަތުގައިއޮތް ހިންގުމުގެ ބާރުވެސް ރީތި ގޮތުގައި ދުއްވާލީއެވެ. ހުރިހާވެސް ބޭނުމަކީ ފުޅުވަކު ޓީމަށް ބާރުނެގުމެވެ. ހިންގާލަން އައި ބްރޯ ހައިސިއްޔަތެއް ނެތި ބާކީކޮށް ދަނޑުން ބޭލިލެއް ކިހާ މޮޅުހެއްޔެވެ.