ވެރިކަމަށްކުރި ކެމްޕޭނު ދޮގަށްވީމާ ކުރަނީ ވެރިކަމުގާ ހުން ނަކެމްޕޭން.
ވެރިކަމަށް އަރަން ކުރި ކެމްޕޭނަކީ މާސިންގާ ހީލަތްތެރި ހަގީގަތެއް ނެތް ދޮގު!
ކެމްޕޭނު ކޮށް ވެރިކަމަށް އާދެވުނު ފަހުން ވެސް މުއިއްޒު އަދިވެސް ކުރަނީ ކެމްޕޭނު ކަމުގައި މިނޫހުގައި އޮއްވާ ދުށީމެވެ. އޭގައި ލިޔެފައިވަނީ ތެދެވެ. ހުވާ ކުރިފަހުންވެސް މުއިއްޒު އަދި އަދަށްވެސް ކެމްޕޭނު ނިންމައެއް ނުލައެވެ. އެހެން އެވާ ސަބަބާ މެދު ވިސްނާލީމެވެ. ނަތީޖާ އަކަށް އައީ މުއިއްޒަށް ކެމްޕޭނު ނުހުއްޓިގެން އެއުޅެނީ ހަމަ ރަނގަޅަށް ކަމެވެ. ވެރިކަމުގައި ހުރެވުނުހާ ދުވަހަކު ކެމްޕޭނު ކުރުން ހުއްޓާލެވޭކަށް މުއިއްޒަކަށް ނެތެވެ.
ސަބަބަކީ ވެރިކަމަށް އަރަން ކުރި ކެމްޕޭނަކީ މާސިންގާ ހީލަތްތެރި ހަގީގަތެއް ނެތް ދޮގުކަން ހުވާކުރި ވަގުތުން ފެށިގެން ދަނީ ސާބިތުވެ ހާމަ ވަމުންނެވެ. ހާހުން ތިބި ކަމަށް ބުނި އިންޑިއާ ސިފައިންގެ ވާހަކައަކީ ދޮގެކެވެ. ހުވާ ކުރުމާ އެކު މިނިވަން ކުރާނެ ކަމަށް ކަރުން ނާރުނަގާފައި ގޮވި ރައީސް ޔާމީނާ ހުސްގޮނޑިކޮޅު ބިލާހަކަށް ހަދައިފިއެވެ. ރައީސް ޔާމީނަށް މަރުދޭ ސަޕޯޓަރު އަހަންމަދު ބުނީ ކުރިން ވެސް ރައީސް ޔާމީން މިނިވަންވިޔަ ނުދޭނެ ހުރިހާ ގޭމެއް ކުޅުނީ މިހާރު ވެރިކަމުގައި ތިބި މީހުން ކަމަށް އޭނާއަށް ގަބޫލު ކުރެވޭ ކަމެވެ. ގެއްލުނު ކަނޑާ ޗާގޯސް ސިޓީގައި އެއްވެސް ގޯހެއް ނެތި އެވެސް ވެފައި މިވަނީ ވެރިކަމަށް އެރި ކެމްޕޭންގެ ބޮޑު ދޮގަކަށެވެ.
ވެރިކަމަށް އެރި ކެމްޕޭނަކީ ހުވާ ކުރިތަނާ ބޮޑު ދޮގުތަކެއްކަން ރައްޔިތުންނަށް އެނގިއްޖެއެވެ. އެހެން ކަމުން މިހާރު މުއިއްޒު ކުރަމުން އެގެންދަނީ ވެރިކަމުގައި ހުންނަ ކެމްޕޭނެވެ.
ދީނީ ތާކިހަލުގައި ސަރުކާރުން އާ އަހަރަށް ރޭވި ލާދިނިއްޔަތު ފެނަށްވެ މާލެ ފްލަޑްވީމާ ވަގުތުން ފެށީ ވެރިކަމުގައި ހުންނަ ކެމްޕޭނެވެ. ދެރަވަރު ގެތަކަށް ވަންނަންވީމާ އިހަށް އެގެއަށް ވައްދަނީ ކެމެރާ ތަކާއި ނޫސްވެރިންގެ ފައުޖެކެވެ.
މިހާާރު މުއިއްޒު ކުރާ ކެމްޕޭންގައި މާބޮޑަށް ރޯނުފިލާ ރޯނުއެދުރުން ބުނާ ގޮތް ހަދައިގެން މާ ނިޔަނެތި ގޮތަކަށް ރައްޔިތުން ކުރިމަތީ ހުއްޓިހުންނަ ގިނަ ފޮޓޯ ތަކުން މީ އަސްލެއް ނެތި ޗާބީ ޖަހައިގެން ކުރާ ހަރަކާތް ތަކެއްކަން އެނގެއެވެ. ހުއްޓި ހުންނަ ކޮންމެ ތާކުހެން ހުންނަނީ ދެއަތުގެ 2 ބޮޑުވައި އިންގިލީގެ ކޮޅާ ދެއަތުގެ ޝަހާދަތް އިންގިލީގެ ކޮޅު ޖައްސައިގެންނެވެ. އެއީ ވެސް މީހުން ކުޑަ ހިނދު ކޮޅަކަށް ގެންނަ ހަރަކާތެކެވެ. ބުނެދިން މީހާ ބުނެދިން ގޮތުން މުއިއްޒަށް އަބަދުހެން ހުރެވެނީ އެ 4 އިނގިލި ޖައްސައިގެން މެދުގައި ހުހަށް އޮންނަ ތަން އެއީ އިންސާނެއްގެ ލަދުވެތި ގުނަވަނެއްގެ ބައްޓަމަށް ރައްޔިތުންނަށް ދިއްކޮށްގެންނެވެ.
އެނގިގެން މިދަނީ އެއްވެސް ހަގީގަތެއް ހޭޑިއެއް ފޭޑިއެއް ނޭނގޭ މީހަކު ވަށާ ތިބި ރޯނު އެދުރުންނާ ހެދި އަލުން ފެށި ކެމްޕޭން ވެސް އިރުކޮޅަކާ އަތަށް ގޮވަމުންދާ ކަމެވެ.