ފުރައްސާރަ ނައިބުން މަގާމުގާ ތިއްބާ އިތުބާރެއް ނުކުރާނެ!

އިންޑިއާ މީހުން ތިބީ ނިކަން ބޮޑަށް ރާއްޖެމަތިން ފޫހިވެފަ

ފުރައްސާރަ ނައިބުން މަގާމުގާ ތިއްބާ އިތުބާރެއް ނުކުރާނެ!

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެއްގެ ގޮތުގައި އޮތް އޮތުން އޭގެ އަނެއް ކޮޅަށް ބަދަލުކުރީ މުއިއްޒު ސަރުކާރުންނެވެ. އިންޑިއާ އާއެކު އޮތް ޒަމާންވީ ގާތް ގުޅުމަށް ބަދަލު އައީ މުއިއްޒު ސަރުކާރުން އަމަލުކުރި ގޮތްކުޑަ ގޮތުގެ ސަބަބުންނެވެ. 

ހާއްސަކޮށް ރައީސް މުއިއްޒު އިންޑިއާއަށް ކުރި ކުޑައިމީހުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ފޫނުބެއްދޭވަރުގެ ގެއްލުންދަނީ ވަމުންނެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެއްގެ ގޮތުގައި އިންޑިއާ އޮތް އޮތުން ބަދަލުވެ ފަސްވަނައަށް ސޮއްސާލީ މުއިއްޒު ސަރުކާރުގެ ގޮތްދޫނުކުރާ އާޖުފާޖު ނޭނގޭ ސަރުކާރުގެ ނޭއްގާނިކަމާ ހެދިއެވެ. ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތުން އިންޑިއާ ފަސްވަނައަށް ވެއްޓުނީ ކުރިން އިންޑިއާއިން އައިވަރަށް ވުރެ ގިނައިން އެހެން ހަތަރު ގައުމަކުން މީހުން އަންނާތީއެއް ނޫނެވެ. ނިސްބަތުން އަންނަ މީހުން ހުރިހާ ގައުމަކުންވެސް މަދެވެ. އިންޑިއާ މީހުން އައުން ބޮޑުތަނުން ހަމަ ދަނީ ދަށަށެވެ. 

އެހެން ނުވާނީ ކީއްވެ ހެއްޔެވެ. ރާއްޖެއަކީ އިންޑިާގެ ބެކްޔާޑްގައި އޮތް ގައުމެއް ނޫނޭ ދުވަހަކު އިންޑިއާ އަޅާނުލިޔަަސް މީހަކު ނަޔަސް ވަރިހަމައޭ ބުނެ ގަދަ ބަސްބުނީ ރައީސް މުއިއްޒެވެ. މުއިއްޒުގެ ސިޔާސީ ވަޒީފާ ތިބި ތިން މީހަކު ހޭނުބަހައްޓާ މުޅި އިންޑިއާއައި އެތާނގެ ވެރިންނަށް ފުރައްސާރަކުރީ ދުވަހަކު ރުހުމުގެ ލޮލަކުން ބަލާނުލާހާ މުޑުދާރުކޮށެވެ. އަރައިގެން ރުޅިން އެއްވާނަކަށް އިންޑިއާ މީހުން ރާއްޖެ ބޮއިކޮޓް ކުރުމުގެ ނަތީޖާއަކީ ރާއްޖޭގެ ޓޫރިޒަމް ފުނޑުފުނޑު ވުމެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް އެކޮނޮމީއާއި ޖައްސަލައިގެން ނޫޅެވޭނެކަން ވެރިކަމުގެ ހަނީ މޫނު ޕީރިއަޑްގައި މުއިއްޒަކަށް ނޭނގުނެވެ. 

ރާއްޖޭގެ ފަތުރުވެރިކަން ކޮޅުންއަޅާ މަޑޫތައް ހަލާ ދިޔަވާން ފެށުމުން ދެފައިތަޅާ މިހާރަކު ރޮއެ ހޭރޭނެކަމެއް ނެތެވެ. ރާއްޖޭގެ ޓޫރިޒަމް އިންޑިއާގައި ފުޅާކުރަން ކުރާ މަޝްވަރާއަކުން ވެފާއޮތް ބޮޑު ޑެމޭޖެއް މުއިއްޒު ސަރުކާރަކަށް ރިކަވައެއް ނުކުރެވޭނެއެވެ. އިންޑިއާގެ ހުރިހާ ސެލެބްރިޓީންނާއި ސިޔާސީ މީހުން އެތިބީ ނިކަން ބޮޑަށް ރާއްޖެމަތިން ފޫހިވެފައެވެ. 

ކިތަންމެ ވަރަކަށް މަޝްވަރާކުރިޔަސް ރާއްޖެއާ ދޭތެރޭ އިންޑިއާގެ ގިނަ ބަޔަކު ނަފްރަތުވެފައިވާ ނަފްރަތުވުން އިންޑިއާ ސަފީރަށްވެސް ބަދަލުކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އަމްދުން އިންޑިއާއަށް ފުރައްސާރަކުރި 3 ނައިބުން މަގާމުގައި ބައިތިއްބަފާ ތިބޭހާ ދުވަހަކު މުއިއްޒު ސަރުކާރުގެ އިހުލާސްތެރި ނިޔަތް އޮތް ކަމަކަށް އިންޑިއާ އަކުން ނުދެކޭނެއެވެ.