އަދުރޭގެ ސުވާލަށް ސުވާލެއް!

އަދުރޭގެ ކޮންމެ ބައިތަކީ ނިކަން ހުތުރުވެގެންވާ މަލާމާތެއް

އަދުރޭގެ ސުވާލަށް ސުވާލެއް!

ދޭތެރެއަކުން އަބްދުއްރަހީމް އަބްދުއްލާ ޅެން ބަހުން ކޮންމެވެސް މީހަކަށް ބަހުން އެބަ ޖަހައެވެ. އަދުރޭގެ މި ފަހަރުގެ ޅެންވެސް އަމާޒު ކޮށްފައިވަނީ ކުރީގެ ރައީސް ޔާމީނަށޭ ބުނެވޭހާ ބަސްތައް ސީދަލެވެ. ވެރިކަމުގެ އާރާ ބާރުގައި ތިބެ ޅެން ބަހުން މީސްމީހުނާ ދިމާކުރާއިރު އާރާ ބަރަކީ ހިނދުކޮޅެއްގެ ކަމެއްހެނެއް އަދުރޭއަށް ވެސް ފަހުމްވާ ކަމަކަށް ނުފެނެއެވެ. 

ކޮންމެއަކަސް އަދުރޭގެ ކޮންމެ ބައިތަކީ ނިކަން ހުތުރުވެގެންވާ މަލާމާތެކެވެ. ފުރައްސާރައެކެވެ. ކޮންމެ މީހަކަށް ރައްދުވިޔަސް އެއީ ގުދޯގުދޯ ގޮވުމެކެވެ. އަދުރޭގެ " ކިހިނެއްތަ؟؟؟" ޅެމަކީ އޭގެ ޖަވާބު ޅެމަކުން ނުދޭވަރުގެ ޅެމެއް ނޫނެވެ. އަދުރޭގެ ޅެމުގެ ކޮންމެ ބައިތެއްގައި ހިމެނޭ ސުވާލަށް އެހެންވެ އަދުރޭއާ ކޮށްލެވެނީވެސް ސުވާލެކެވެ.