މުއިއްޒު ހުއްޓުވަން މަޖިލިސް މިނިވަން ކުރަން ނިކުންނަންޖެހޭ!

މުއިއްޒު ހުއްޓުވަން މަޖިލިސް މިނިވަން ކުރަން ނިކުންނަންޖެހޭ!

މުއިއްޒު ހިންގާ މުޑުދާރު ޖަރީމާތަކުގެ ހުރިހާ ގެއްލުމެއްވެސް ތަހައްމަލު ކުރަންޖެހޭނީ ދިވެހި ރައްޔިތުންނެވެ. ހެދުނުހާ އެއްޗެއް ހަދާފައި ވެރިކަމުން ފޭބީމާ މުއިއްޒަށް ނިމުނީއެވެ. ރާއްޖޭގައި މިހާތަނަށް ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު މުއިއްޒުގެ މައްޗަށްވެސް ހިންގޭނެ ޝަރީއަތެއް ރައްޔިތުންނަށް ލިބޭނެ އިންސާފެއް ގައުމަށް ހޯދޭނެ ބަދަލެއް ނުއޮންނާނެއެވެ.

މުއިއްޒު ސްކޭމް ހިންގަނީއޭ ކިޔާލަ ކިޔާލާ ތިބެވޭކަށް ނެތެވެ. ހުއްޓުނު ގޮތަކުން މުއިއްޒު ހިންގާ ޖަރީމާތައް ހުއްޓުވަން ކުރަންޖެހޭ ކޮންމެ ކަމެއް ކުރަން އެބަޖެހެއެވެ. 

މުއިއްޒު ހުއްޓުވަން ފުރަތަމަ ކުރަންޖެހޭ ކަމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަޅުވެތިކަމުން ސަލާމަތްކުރުމަކީ ފުރަތަމަ ކުރަންޖެހޭ ކަންތަކެވެ. މަޖިލީހުގެ ކޮންޓްރޯލް މުއިއްޒު އަތުގައި އޮތުމުން މުއިއްޒު ދަނީ ކުރާނެހާ ކަމެއް ކުރާނެ ގޮތަކަށް ކުރަމުންނެވެ.

ރާއްޖޭގެ މާލީ ނިޒާމް ހަރާބުކޮށް ބަޖެޓް ހިތުހުރި ގޮތަކަށް ބޭނުންކުރާއިރު އޮޑިޓަރ ޖެނެރަލް މަގާމު ގެއްލިދާނެތީ އޮންނަނީ ރަޖަލައިގެންނެވެ. ތަނެއް އޮޑޓްކުރިއްޔާ ކުރަނީ މުއިއްޒު ބޭނުންވާ ނަތީޖާ ނެރެދެވޭގޮތަށެވެ. އޮޑިޓަރ ޖެނަރަލް ވެފައިވަނީ މުއިއްޒު ދައުލަތް ލޫޓުވާލަން މަގު ކޮށާދޭ މީހަކަށެވެ. 

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ހާލު ވަކީން ބޮޑެވެ. މާސިންގާ ސްކޭމްތަކާއި ޖަރީމާތައް ފާޅުގައި ސަރުކާރުން ހިންގާއިރު އެނގޭ ކަމަށްވެސް ނުހަދައެވެ. މުއިއްޒު ބޭނުންވާ މީހެއްގެ ވަރަކޮށާލަދޭން އޮންނަ ކަތުރަކަށް އޭސީސީވަނީ ހަދާފައެވެ. މުއިއްޒު ބޭނުންވާ ގޮތަށް ކަންކަން ކޮށްދޭހާއިރަކު މަޖިލީހުން އަޅާ ކަހާނުލާ އޮންނާނެކަން އެ މީހުނަށް ރަނގަޅަށް އެނގެއެވެ.

ހިޔުމަން ރައިޓްސް ކޮމިޝަން ކަމެއް އަށް ކަނޑެއް ފަޅެއް އެނގެނީ މުއިއްޒު ބުނާކަމެއްގައި އެކަންޏެވެ. ބޮޑު މުސާރަ ހޯދައިގެން އެމީހުންގެ ކަމަކީ ގަދައަށް ނިދުމެވެ. މުއިއްޒު ރުއްސާފައި ބެހެއްޓިއްޖެއްޔާ މަގާމު ނުގެއްލޭނެކަން ކަށަވަރިއްޔާއެވެ. 

މަޖިލީހުން ބާރުދީގެން މުއިއްޒު ބޭނުންވާ ގޮތަކަށް ފަނޑިޔާރުންނާ ކުޅޭ ޖޭއެސްސީ ވަރެއް ނެތެވެ. މުއިއްޒު ބޭނުންވާ ފަނޑިޔާރަކު ގޮނޑިން އެއްލައިލަނީއެވެ. ތެދެއް ދޮގެއް ހަލާލެއް ހަރާމެއް ހަމައެއް ލަމައެއް ނެތެވެ. ފަނޑިޔާރުގެ ރަނގަޅަށް މުއިއްޒުގެ މުށުތެރެއަށްލާ އޮބި އަޅުވައިގެން މުއިއްޒު ކުޅޭނެހާ ކުޅިއެއް އެދަނީ ކުޅެމުންނެވެ.

ކިޔާފައި ނުކިޔާނެ ވަކިތަނެއް ވަކި ކަމެއްނެތެވެ. މުއިއްޒު ހިންގާ ސްކޭމަކަސް ހިޔާނާތަކަސް ފަސާދައަކަސް ކޮންމެ ޖަރީމާއެއްގެ މުގުލުގައި އޮތީ މުއިއްޒު ކޮންޓްރޯލް ކުރާ ރައްޔިތުންގެ މަޖިލީހު މެންބަރުންގެ ސްޕަރމެޖޯރިޓީއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިސްލާހި ޖާޑިއަށް ނުލާ މުއިއްޒެއް ނުހުއްޓުވޭނެއެވެ. އެހެން ކަމުން ދާއިރާގެ ރައްޔިތުން އެ ބައެއްގެ މެންބަރުން މިނިވަން ކުރަން ނިކުންނަން އެބަޖެހެއެވެ.