އެންމެ އަރާމު ހީލްސް
ކޮންމެ ފައިވާނަކީ ފަޔަށް އެންމެ ރަނގަޅު ފައިވާނެއް ނޫން
އިންސާނާގެ ހަށިގަނޑުގައިވާ ކޮންމެ ގުނަވަނަކީވެސް ޤުދުރަތުން އިންސާނުންނަށް ދެއްވާފައިވާ ވަރަށް އަގުހުރި ނިޢުމަތެކެވެ. މިނިޢުމަތް ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރުމަކީ ކޮންމެ އިންސާނަކަށްވެސް ވަރަށް މުހިއްމުކަމެކެވެ. ކޮންމެ އިންސާނަކުވެސް އޭނާގެ ހަޔާތް ބާއްޖަވެރި ކުރުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރެއެވެ. ބައެއްމީހުން ދުޅަހެޔޮޞިއްހަތެއްގައި ދެމިހުރުމަށް ފައިދާހުރި ކަންކަން ކުރަމުންދާއިރު އަނެއްބަޔަކަށް މުހިއްމުވަނީ ތިމާގެ އަމިއްލަ ހަށިގަނޑަށްވުރެ އަނެކާގެ ސަމާލުކަން ހޯދުމަށް ނުވަތަ ތިމާ ހިތްއެދޭ ބައިވެރިޔާގެ ހިތްހަމަޖެއްސުމަށް ނުވަތަ ތިމާގެ ހިތްހަމަޖެހުމަށް ރީތިކަން ދެމެހެއްޓޭތޯއެވެ. ދުނިޔޭގެ ނިސްބަތުން ރީތިކަމަށް ލޯބިކުރާ މީހުން ގިނައެވެ. ޚާއްސަކޮށް ފުދުންތެރިންގެ ކިބައިން މިކަން ފެންނަ މިންވަރު ގިނައެވެ.
ފަޔަކީ އިންސާނާގެ މުޅިހަށިގަނޑު އެއްވަރެއްގައި ބަހަޢްޓައިދިނުމަށްޓަކައި ލިބިފައިވާ އެންމެ މުހިއްމު އެއްގުނަވަނެވެ. ފަޔަށްދޭންޖެހޭ ސަމާލްކަމާއި ރައްކާތެރިކަން އަދި ފަޔަށް ލިބިދާނެ ގެއްލުންތަކަކީ ކޮބައިތޯ ބަލާ ފައިގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ފައިވާނުގެ މުހިއްމުކަމަށާއި ހައިހީލްސްގެ ނުރައްކާތެރިކަމަށް ބަލާލަން ޖެހެއެވެ.
ފައިވާނަށް އެރުން މުހިއްމުވަނީ ކީއްވެ؟
ފައިވާނަށް އެރުމުގެ ސަބަބުން ފަޔަށް ރައްކާތެރިކަން ލިބެއެވެ. މިގޮތުން ފައިސާފްކޮށް ބަހައްޓާދިނުމާއި ފަންގަސް އިންފެކްޝަންތައް ފެތުރުމުން ސަލާމަތްކޮށްދެއެވެ. އަދި ހުން އައުމާއި ފްލޫ ޖެހުމުގެ ހާދިސާތަކާއި އެނޫންވެސް ނުރައްކާތެރި އެތައް ބައްޔަކުން ދުރުކޮށްދިނުމަށް އެހީތެރިކަން ލިބެއެވެ. ފައިގެ ފިނި ހޫނުމިން އެއްވަރެއްގައި ހިފަހައްޓައިދީ ފައިގައި ރިއްސުން ހުއްޓުވައި، ފައި ފަޅައިގެން ދިއުމަށް އޮންނަ ފުރުސަތު ކުޑަކޮށްދެއެވެ.
އިންސާނާގެ ހަށިގަނޑުގެ ހޫނުމިން ގެއްލިގެންދާ ވަރަކަށް ލޭދައުރުވުން ދަށްވެ، ހުން އައުމާއި ރޯގާ ފަދަ އާންމު ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވެދާނެ އެވެ. ފައިވާން ލައިގެން އުޅުމަކީ ފައިގެ ރައްކާތެރިކަން ލިބޭ ކަމަކަށް ވާއިރު، މިއީ ލޭ ދައުރުވުން އާދައިގެ ގޮތަކަށް ބެހެއްޓުމަށް އެހީތެރިވެދީ، ދިފާއީ ނިޒާމުގެ ބަލިތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް މަގުފަހިކޮށްދޭ އެއްޗެކެވެ..
ކޮންމެ ފައިވާނަކީ ފަޔަށް ރަނގަޅު އެއްޗެއް ހެއްޔެވެ؟
ކޮންމެ ފައިވާނަކީ ފަޔަށް އެންމެ ރަނގަޅު ފައިވާނެއް ނޫނެވެ. މިގޮތުން ހައިހީލްސް އަކީ ފަޔަށް ނުރަގަޅު އަސަރުތަކެއް ކުރާ ފައިވާނެކެވެ. ހައި ހީލްސް އަކީ ގިނަ އަންހެނުންނަށް އާންމުކޮށް ފެޝަން އެކްސެސަރީއެކެވެ. އަހަރެމެންނަށް ގިނަ ފަހަރަށް ހީވަނީ ފުރިހަމަ ޕާޓީ ލޫކެއް ހީލްސް ނެތި ފުރިހަމަ ނުވާހެންނެވެ. މި ސްޓައިލިޝް އެކްސެސަރީސް ގަވާއިދުން ލައިގެން އުޅޭނަމަ ފައިގެ ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެއެވެ..
ހައިހީލްސް އިން ފަޔަށް ފުރިހަމަ ސަޕޯރޓެއް ނުދެއެވެ. މިގޮތުން ބަރުދަން އެއްވަރަކަށް ނުބެހި، ކަނާތު ކޮނޑުގައި ރިއްސުމާއި ރިހުން ބައެއްފަހަރު ދިގުދެމިގެން ދާކަމަށްވެސްވެއެވެ.
ހައި ހީލްސް އިން ހެދުމަކަށް ލޯބި ދިގު ލައިނެއް އިތުރުވެދާނެއެވެ. ނަމަވެސް އެއީ ހަށިގަނޑަށް ގެއްލުން ލިބިދާނެ އެއްޗެކެވެ. އެއީ ހަމައެކަނި ފަޔާއިފައިގެ ކަކުލުގައި ރިއްސުމުގެ އިތުރުން ކަކުލާއި އުނަގަނޑާއި ބުރަކަށީގެ ވެސް ގެއްލުން ލިބިދާނެ ކަމެކެވެ. އަދި މައިބަދައިގެ ރިހުންތަކެއް އުފެދިދާނެ ކަމެކެވެ..
ފައިވާނަކީ ފައި އިންސުލޭޓްކޮށް ހޫނުން ލިބޭ ގެއްލުން ހުއްޓުވުމަށް ފަރުމާކޮށްފައިވާ އެއްޗަކަށް ވާތީ ބޭރުގައި ކިތަންމެ ދަށް ފިނިހޫނުމިނެއް ހުއްޓަސް ހިތްގައިމު ފައިތަކުން އުފާ ހޯދައިލެވޭނެ އެވެ. ފައިވާނަކީ ވެއްޓުން ހުއްޓުވުމަށް އެހީތެރިވެދޭ އެއްޗެކެވެ. ގޭގައި ވެއްޓި އެކްސިޑެންޓްތަކާ މެދު ކަންބޮޑުވާނަމަ ވެސް ފައިވާނަކީ ރަނގަޅު އިޚުތިޔާރެކެވެ.
އެންމެ އަރާމު ހީލްސް އަކީ ކޮބާ؟
ސްޓައިލް މަތިކުރުމަށް އެންމެ އަރާމީ ކިޓިން ހީލްސް، ވެޖް ހީލްސް، އަދި ޗަންކީ ހީލް ނުވަތަ ބްލޮކް ހީލް އެއް ހުންނަ ބޫޓު ނުވަތަ ފައިވާނެވެ. އަދި އެއީ އެންމެ ސަޕޯރޓިވް އަދި އެންމެ އަރާމު ހީލްއެވެ. އަރާމު މުހިއްމު ނަމަ، ހިނގާލަން ފަސޭހަ ބޫޓު އަދި ފައިވާންތަކުގެ ފައިދާއަށް ތުނި އަދި އުސް ހީލް އެއް ހުންނަ ބޫޓުތަކުން ދުރުހެލިވާށެވެ. އިންސާނާއަށް ހަމައެކަނި ރީތިކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަކުން ނުފުދެއެވެ. އެއަށްވުރެ ދުރު މުސްތަގުބަލަކަށް ދުޅަހެޔޮ ޞިއްހަތެއްގައި ދެމިހުރުން މާ މުހިއްމެވެ.