ރަފާހުގެ ނުސީރަތު ރެފިއުޖީ ކޭމްޕަށް ބޮންއަޅައިފި

ބައިޑަން ސަރުކާރުން އިޒްރޭލަށް ބަރުހަތިޔާރު ވިއްކުން ހުއްޓުވުމަށް ތާއީދުކުރަނީ

ރަފާހުގެ ނުސީރަތު ރެފިއުޖީ ކޭމްޕަށް ބޮންއަޅައިފި

ގައްޒާގެ މެދުތެރޭގައި އޮންނަ ނޫސީރާތު ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ރޭދިން ހަމާލާގައި ބޮންއަޅާ އެތައް ބަޔަކު ޝަހީދުކޮށްލައިފިއެވެ. ރޭގައި ނޫސީރާތު ކޭމްޕަށް ދިން ހަމަލާތަކުގައި މަދުވެގެން 17 މީހުން މަރުވިއެވެ. 

ނޫސީރާތުގެ އެއް ފޭލިގެއަކުންވެސް މަދުވެގެން ހަތް މީހަކު މަރުވެފައިވާކަން ކަށަވަރުވެފައިވެއެވެ. އެހެން ވަކި ހަމަލާއެއްގައި ފަސް މީހަކު މަރުވެފައިވާކަން ކަށަވަރުވެފައިވެއެވެ.

ނޫސެއިރާތު ރެފިއުޖީ ކޭމްޕްގައި މި މަހުގެ ކުރީކޮޅުވެސް ގެދޮރު ގެއްލިފައިވާ 274 މީހުން ޝަހީދުކޮށްލާފައިވެއެވެ. އެފަހަރު އިޒްރޭލުގެ އަސްކަރިއްޔާއިން މަރުގެ އޮޕަރޭޝަނެއް ހިންގީ އެތަނުގައި ބަންދުކޮށްފައި އިޒްރޭލުގެ ހަތަރު އަސީރުން ތިބިކަމަށް ބުނެ އެ މީހުން މިނިވަން ކުރުމުގެ ނަމުގައެވެ.

އަދުގެ އުސްއަލި:

  • ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ގައްޒާގެ މެދުތެރޭގައި އިޒްރޭލުން ވަރުގަދަ ބޮމުގެ ހަމަލާތަކެއްދީ ނޫސީރާތު ރެފިއުޖީ ކޭމްޕަށް ވަކިވަކިން ހަމަލާދީ ރޭގަނޑެއްގެ ތެރޭގައި ފަލަސްތީނުގެ 17 މީހަކު ޝަހީދުކޮށްލިއެވެ.
  • އިޒްރޭލުގެ ސިފައިން ވަނީ ނާބްލޫސް ކައިރީގައި އޮންނަ ހުޅަނގު އައްސޭރީގެ ހިފާފައިވާ ރަށެއް ކަމަށްވާ ގުސްރާގައި ފަލަސްތީނުގެ ދިހަވަރަކަށް މީހުން ހައްޔަރުކޮށް ބަންދުކޮށް ސުވާލުކޮށްފައެވެ.
  • ގައްޒާގައި "ޔަގީނުން ވެސް" އިޒްރޭލުގެ އަސީރުންގެ "ދިހަވަރަކަށް" މީހުން އަދިވެސް ދިރިތިބި ކަމަށް އިޒްރޭލުގެ އިސް މީހަކު އޭއެފްޕީގެ ނޫސް އެޖެންސީއަށް މައުލޫމާތުދިނެވެ.
  • ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ގަނޑުވަރު ބޭރުގައި ހޯމަ ދުވަހުގެ ރޭ ސަރުކާރާ ދެކޮޅަށްކުރި މުޒާހަރާތަކުގައި މަދުވެގެން އަށް މީހަކު ހައްޔަރު ކުރިއެވެ.
  • އެމެރިކާގެ ކޮންގްރެސްގައި ހިމެނޭ ދެ ޑިމޮކްރެޓަކު އަންނަނީ އިޒްރޭލަށް ބަރު ހަތިޔާރު ވިއްކުން ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ. އެމެރިކާގެ ކޮންގްރެސްގައި ހިމެނޭ މި ދެ ޑިމޮކްރެޓުންގެ ޕްރެޝަރާ ހެދި ބައިޑަން ސަރުކާރުން އިޒްރޭލަށް ބަރު ހަތިޔާރު ވިއްކުން ހުއްޓުވުމަށް ތާއީދު ކުރަން އެއްބަސްވެއްޖެކަމަށް ވޮޝިންޓަން ޕޯސްޓް ބުނެފިއެވެ.