100 އަހަރު ވެފައިވާ ޕޯސްޓް އޮފީހެޢްގައި ރޯވުން

100 އަހަރު ވެފައިވާ ޕޯސްޓް އޮފީހެޢްގައި ރޯވުން
100 އަހަރު ވެފައިވާ ޕޯސްޓް އޮފީހެޢްގައި ރޯވުން

މެނިލާގެ ތާރީހީ ޕޯސްޓް އޮފީސް އިމާރާތުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާގައި އަނިޔާވެފައި ވަނީ އެންމެ މީހަކަށް ވަރަށް ކުޑަ ކޮށެވެ.

މިއާސާރީ އިމާރާތަށް ގާތްގަނޑަކަށް 100 އަހަރު ވެފައިވެއެވެ.

އަލިފާންގަނޑު ފުރަތަމަ ރޯވެފައި ވަނީ ނިއޯ ކްލާސިކަލް، ފަސް ބުރީގެ އިމާރާތުގެ ބިންގަރާހުގައިއެވެ. އަލިފާންގަނޑު ނިއްވައިލެވިފައި ވަނީ ހެނދުނުއެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި ގެއްލުންވީ ކޮން އެއްޗެއްކަން ދެނެގަތުމަށް މިހާރުވަނީ ތަހުގީގު ކުރަން ކަމާބެހޭފަރާތްތަނުން ފަށާފައިއެވެ.

މިހާރު ގައުމީ އާސާރީ ތަނެއްގެ ގޮތުގައި ބެލެވޭ މި އިމާރާތަކީ 1926 ވަނަ އަހަރު ސަގާފީ ނިއޯ ކްލާސިކަލް ސްޓައިލުގައި އުސް ތަނބުތަކެއް ޖަހައިގެން ބިނާކޮށްފައިވާ އިމާރާތެކެވެ.