ހުޅުމާލެ 2ވަނަ ފިޔަވަހީގައި އެސްޓީއޯ މާރޓެއް

އެސްޓީއޯ ރޯދަ މާރޓް ހުންނަނީ ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފްލެޓް-9 ގައި

ހުޅުމާލެ 2ވަނަ ފިޔަވަހީގައި އެސްޓީއޯ މާރޓެއް

ހޯލްސޭލް އަދި ރީޓެއިލް ހިދުމަތް ލިބޭ އެސްޓީއޯ ރޯދަ މާރޓް ހުޅުމާލެ 2 ވަނަ ފޭހުގައި ހުޅުވައފިއެވެ. އެސްޓީއޯ ރޯދަ މާރޓް ހުޅުވާދެއްވީ އެސްޓީއޯގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ ހުސެން އަމްރު މުހައްމަދު ރަޝާދު އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ.

ރޯދަ މާޓް ހުޅުވުމުގެ ބޭނުމަކީ އެސްޓީއޯ ގެ މުދާ ރަނގަޅު ހެޔޮ އަގެއްގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަ ކަމާއެކު ފޯރުކޮށް ދިނުމެވެ. އެސްޓީއޯއިން އާންމުކޮށް އެތެރެކުރާ ބާވަތްތަކުގެ މުދާ ގަންނަން ލިބުމުގެ އިތުރަށް މާރޓުން ރެކް ކުއްޔަށް ނަގައިގެން ވިޔަފާރިކުރާ ފަރާތްތަކުން ވިއްކާ މުދާ ވެސް ރޯދަ މާޓުން ލިބޭނެއެވެ. ރޯދަމަހަށް ހާއްސަކޮށްގެން އެސްޓީއޯއިން އެތެރެކުރާ ފިޔާ، އަލުވި، އަދި ބިސް ރޯދަ މާޓުން ލިބޭނެއެވެ.

އެސްޓީއޯ ރޯދަ މާރޓް ހުންނަނީ ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފްލެޓް-9 ގައެވެ. ރޯދަ މާރޓް ހުޅުވުމާއި ގުޅިގެން ގެވެހި ސާމާނަށް ހާއްްސަކޮށްގެން ވިޔާފާރީގެ ހާއްސަ އޮފަރއެއް 22 މާރޗްގެ ނިޔަލަށް އެސްޓީއޯއިން ދަނީ ކުރިއަށް ގެންދަމުންނެވެ.