ވޯލްޑް ކޮންގްރަސް އޮފް އެކައުންޓްސްގައި ސްޓެލްކޯ

ތަމްސީލުކުރެއްވީ ފިނޭންސް އެންޑް އެކައުންޓްސް ޑިޕަރޓްމަންޓްގެ އިސް ތިން އޮފިޝަލުން

ވޯލްޑް ކޮންގްރަސް އޮފް އެކައުންޓްސްގައި ސްޓެލްކޯ

21 ވަނަ ވޯލްޑް ކޮންގްރަސް އޮފް އެކައުންޓްސް 2022 ގައި ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ (ސްޓެލްކޯ) ބައިވެރިވެއްޖެއެވެ. 21 ވަނަ ވޯލްޑް ކޮންގްރަސް އޮފް އެކައުންޓްސް މި އަހަރު އޮތީ އިންޑިއާގެ މުމްބާއީގައި ނޮވެމްބަރ 18 އިން 21 އަށެވެ.

ކޮންގްރެސްގެ މި ފަހަރުގެ ތީމަކީ " ބިލްޑިންގ ޓަރަސްޓް އެނެބްލިންގ ސަސްޓައިނަބިލިޓީ" އެވެ.

ވޯލްޑް ކޮންގްރަސް އޮފް އެކައުންޓްސް 2022 ގައި ސްޓެލްކޯ https://twitter.com/STELCOMALDIVES ތަމްސީލުކުރެއްވީ އެ ކުންފުނީގެ ފިނޭންސް އެންޑް އެކައުންޓްސް ޑިޕަރޓްމަންޓްގެ އިސް ތިން އޮފިޝަލެކެވެ. ސްޓެލްކޯގެ އެކްޓިންގ ޗީފް ފިނޭންސް އޮފިސަރ އަދި ޖެނެރަލް މެނޭޖަރ އީނާސް އަހުމަދު އާއި އެކު ކޮންގްރަސްގައި ބައިވެރިވެ ވަޑައިގެން އަނެއް ދެ ބޭފުޅުންނަކީ މެނޭޖަރ ފަތިމަތު ލީނާ އާއި ޑެޕިއުޓީ މެނޭޖަރ ޝިފާޒް އަހުމަދެވެ.