ޖަމީލު އަދިވެސް ގަބޫލުކުރަނީ ޔާމީނަކީ ވަގެއް ކަމަށް!
ޑީލް އެންޑޯސް ނޯޓުގައި ފާހަގަ ނުޖަހާ އޮތީ ޔާމީނަށް ބައި ނާޅާ ހަމައެކަނި ދައުލަތަށް ފަސް މިލިޔަން ޑޮލަރު ދޭން އޮތީމަ!
 
                                އަނެއްކާ އަނެއް ވާހަކައެވެ. ވ. އާރަށް ޔޫސުފް ނައީމްމެނަށް ދޭކަށް ޔާމީނު އެންޑޯސެއް ނުކުރެއެވެ. ޔާމީނު އެންޑޯސްކުރީ ވ. އާރަށް ދައްކައިގެން ޔޫސުފް ނައީމް އަތުން ރިޝްވަތު ނަގާށެވެ. ޔާމީނު އެންޑޯސްކުރީ ފަސްމިލިއަން ޑޮލަރަށް އަގުކީ ރަށް ޔާމީނަށް އެއް މިލިޔަން ޑޮލަރު ދިނުމުން ދެމިލިޔަން ޑޮލަރަށް ޑީލު ނިންމާށެވެ.
ޑީލް އެންޑޯސްކުރާ ނޯޓުގައި ފާހަގަ ނުޖަހާ އޮތީ ޔާމީނަށް ބައެއް ނާޅާ ހަމައެކަނި ދައުލަތަށް ފަސް މިލިޔަން ޑޮލަރު ލިބޭ ގޮތަށް ވ. އާރަށް ޔޫސުފް ނައީމް މެނަށް ދޭން ޔާމީނަށް ނުފެންނާތީއެވެ. އެ ހިސާބުން ޖުމްލަ އަގު ތިން މިލިޔަން ޑޮލަރަށް ތިރިކޮށް އެއްމިލިޔަން ޔާމީނަށް އަނެއް ދެ މިލިޔަން އެމްއެމްޕީއާރުސީއަށް ޖަމާކުރާ ގޮތަށް ޔޫސުފް ނައީމުމެންނާ ޑީލް ފައިނަލް ކުރީއެވެ. ޔޫސުފް ނައީމް އަތުން ގަތްކަމަށް ޔާމީނު ބުނާ އެއް މިލިޔަން ޑޮލަރަކީ ވ. އާރަށު ޑީލުގެ އަގު ޖުމްލަ ތިން މިލޔަން ޑޮލަރަށް ތިރިކޮށް އޭގެން ޔާމީނަށް ދޭން އެއްބަސްވި އެއް މިލިޔަން ޑޮލަރެވެ.
އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތް ހިނގާފައިވާ ގޮތުގެ ރިޕޯޓެއް މިހާރު ނޫހުން ވަނީ ގެނެސްދީފައެވެ. ބައްލަވާ ލެއްވުމަށް https://youtu.be/mihaaru މިލިންކަށް ފިއްތަވާ ލައްވާށެވެ. ހަގީގަތް ސާފު ވާނެއެވެ.
އިތުބާރު ހުރި މަސްދަރަކުން ކިޔާދިން ގޮތުގައި މި ވާހަކަ އޭނާއާ ހިއްސާކުރީ ޔާމީނުގެ ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރާ ޖަމީލެވެ. ނަރީޝް ދިން ހެކިބަހާ އަބްދުﷲ ރަޝީދު ދިން ހެކި ބަހަކީވެސް އުފެއްދި ހެކިކަމަށް ޖަމީލު ބުނިކަމަށް އެ މަސްދަރުން ކަށަވަރު ކޮށްދިނެވެ. 
ޖަމީލު އަދިވެސް ހުރީ ކުރިންވެސް ޖަމީލު ގަބޫލުކުރި ސްޓޭންޑްގައި ކަމަށް އޭނާ ކަށަވަރުކޮށް ދިނެވެ. އަބަދުވެސް ޖަމީލު ގަބޫލުކުރަނީ ޔާމީނަކީ ވަގެއްކަމަށެވެ. އެ ގަބޫލުކުރުމަށް އެއްވެސް ބަދަލެއް ނާންނަކަމަށް އެ މަސްދަރުން މައުލޫމަތު ދެއެވެ. މައްސަލާގައި ޖަމީލު ބޭނުންވާ ގޮތަށް ފުރޮޅާ ނުލެވިގެން އުޅެނީ ދިފާއީ ވަކީލު އާދަމް ޝަމީމް މެންނާ ހެދިކަމަށް ވެއެވެ. 
އުފެދޭ ސުވާލަކީ ޔާމީނަކީ ވަގެއްކަމަށް ޖަމީލު ހިތުގެ އަޑިން ގަބޫލު ކުރާއިރު ޔާމީނުގެ ދިފާއީ ވަކީލުންގެ ޓީމުގައި ޖަމީލު މިކުރަނީ ކީއްކަމާ މެދު އުފެދޭ ސުވާލެވެ. ޖަމީލު ޔާމީނާ މެދު ދެކޭ ބޮޑު މަންޒަރު އާދަމް ޝަމީމުމެންނާ ހުރެ ދައްކާ ނުލެވިގެން އުޅޭއިރު ޖަމީލުގެ ބޮޑު މަންޒަރު ތިލަކޮށްދެވޭނީ ކޮން އިރަކުން ބާއެވެ. އެ މަންޒަރެއް ތިލަވާއިރު ކިހާވަރަކުން ދާނެ ބާވައެވެ.
 
                         
                    
                 
                    
                 
                    
                 
                    
                 
                    
                 
                    
                 
                    
                 
    
             
    
             
    
             
    
             
    
             
    
             
    
                                        
                                     
    
 
    
 
    
 
    
 
    
 
    
 
    
 
    
