ހެޔޮވެރިކަން: މ. ނާލާފުށީގެ ޒަމާނީ އިންޖީނުގެ ހުޅުވުން

23 އަހަރުވީ ބައު އިންޖީނުގެ ބަންދުކޮށް އައު އިންޖީނުގެއިން ކަރަންޓްދޭން ފެށީ ޖުމްހޫރީ ދުވަހު

ހެޔޮވެރިކަން: މ. ނާލާފުށީގެ ޒަމާނީ އިންޖީނުގެ ހުޅުވުން

ކަރަންޓްގެ ހިދުމަތުގެ ފެންވަރު ޒަމާނީ ކުރެވި ބޭނުންވާ މިންވަރަށް ރައްޔިތުންނަށް އަތްފޯރާ އަގުގައި ފެނަކައިން ހިދުމަތް ދެމުންދަނީ އެއްވެސް ތަފާތު ކުރުމެއް ނެތިއެވެ.

ދުވަސްވެ ބައުވެ އާއްމު އުދަގުލަކަށް ވެފައި ހުރި ބައު އިންޖީނުގެ ތަކުގެ ބަދަލުގައި ޒަމާނީ ފެންވަރަށް އައު އިންޖީނުގެ އަޅާ އެ ތަންތަނުގެ ހިދުމަތް ލިބިދެނީ އެއް ރަށެއް ދެ ރަށެއް ގައެއް ނޫނެވެ.

ފެނަކައިގެ ހިންގުންތެރި މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދުގެ ލީޑަރޝިޕް ދަށުގައި ފެނަކައިން ކާމިޔަބުތައް ހާސިލު ކުރަމުން ދަނީ ހަލުވިކަމާއެކު ޒަމާނީ ފެންވަރުގައެވެ. ރަށާ އެކަށީގެންވާ ޖަނަރޭޓަރ ސެޓްތައް ބަހައްޓަމުން ކަރަންޓުގެ ވިއުގެ ފުޅާކޮށް ބޮޑު ކުރަމުންނެވެ.

ރައީސް ސޯލިހުގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ޒަމާނީ ފެންވަރަށް ކަރަންޓްގެ ހިދުމަތް ނުލިބޭ އެއްވެސް ރަށެއް ނުބޭއްވުމަށް ކުރެވޭ މަސައްކަތުގެ ކާމިޔާބީގެ ލިސްޓަށް މ. ނާލާފުށިވެސް އަރައިފިއެވެ.

މ. ނާލާފުށީގައި ކަރަންޓުގެ ހިދުމަތް ދެމުން އައީވެސް އަވަށު ތެރޭގައެވެ. މީހުން ދިރިއުޅޭ ގޯތިތަކަށް އިންޖީނު ގޭގެ އުދަނގޫ ފޯރާ ގޮތަށެވެ. އިވޭ ގަދަ އަޑާއި ވަޅު ވަޅުގެ ފެން ތަގައްޔަރު ވުމާއި ވައި ނުސާފުވެ މީހުނަށް ދަތި އުދަގޫތައް ފޯރަމުން ދާތާ ކިތަންމެ ދުވަހެކެވެ. ނާލާފުށީ ރައްޔިތުން އެ އުދަގޫތައް ތަހައްމަލު ކުރާތާ 23 އަހަރު ވެއްޖެއެވެ.

ދަތި އުދަގޫ ހާލަތުން ނާލާފުށީ ރައްޔިތުން ސަލާމަތްކޮށް ދިނުމަށް މި ސަރުކާރުން މިހާރުއެވަނީ ރައްޔިތުންނަށް އުދަގޫ ނުވާ ހިސާބުގައި ޒަމާނީ އިންޖީނުގެއެއް އަޅާދީފައެވެ. ފެނަކައިން އެއިމާރާތް ބިނާކޮށް ކުރިން ހުރި ބައު އިންޖީނުގެ ބަންދުކޮށް ފިއެވެ. ވޭތުވެ ދިޔަ 23 އަހަރު ނާލާފުށީ ރައްޔިތުން އުޅުނު ހާލުދުށް ސަރުކާރެއް މިސަރުކާރު ނޫނީ ނެތެވެ.

ހީވާގި ފެނަކަ ޓީމުގެ މަސައްކަތުން ނާލާފުށީގައި ޒަމާނީ ފެންވަރުގެ އައު އިންޖީނުގެއެއް ބިނާކޮށް މީހުން ދިރިއުޅޭ ސަރަހައްދުން އިންޖީނުގެ ބޭރު ކޮށްދީފިއެވެ. އިންޖީނު ރޫމާއި އޮފީހަކާއި ގުދަނެއް ހިމެނޭގޮތައް ކުރިން ހުރި ބައު އިންޖީނުގޭގެ ބަދަލުގައި އަލަށް އިމާރާތްކޮށް ހިދުމަތް ދޭން ފެށި އައު އިންޖީނުގެ މި އަހަރުގެ ޖުމްހޫރީ ދުވަހު ހުޅުވާ އެ އިންޖީނުގެއިން މ. ނަލާފުއްޓަށް ވެސް ކަރަންޓްދޭން ފަށައިފިއެވެ.