މައުމޫނުގެ 30 އަހަރެއް ދެން ނުލިބޭނެ

ހިތުހުރި އެއްޗެއް ގޮވުމަކީ ވެރިކަން ލިބޭ ފޮމިއުލާއޭ ހީވަނީތަ

މައުމޫނުގެ 30 އަހަރެއް ދެން ނުލިބޭނެ

ބޭނުންފުޅުހާ ގޮތަކަށް ދިގު 30 އަހަރު މައުމޫނު ކުރެއްވި ކަސަބުން ޖަރީ ކުރި ވެރިކަން ލައްކަ ގާތުން ދުށް އެކަކީ ގާސިމެވެ. އެކަނި މޮހޮންމަދު ހޮޓާ ހިންގިހެން މައުމޫނަށް ސިފައިންގެ ހިންގައި ދިނީ ކާނަލް ނާޒިމާއި އަބްދުﷲ ރިޔާޒާއި ޢުމަރު ނަޞީރެވެ. ވެރިކަމާ ދިމާއަށް ލޮލުގެ ހިމަ ކޮޅުން ބަލާ ލިޔަސް އެ މީހެއްގެ ލޯބަހައްޓާފައި ބޯދުއްވާލީ މި ބަގައެވެ، 

މިހެން ތިއްބާ އެއަނިޔާއަށް ކެތް ނުވެގެން ނިކުތް ބަޔަކު އެމްޑީޕީ ކިޔާފައި ނިކުމެ ގަނޑުވަރު ހުއްޓާ މައުމޫނު ދުއްވާލާ ބޭނުން ބަޔަކު ޕާޓީ ހަދައިގެން ވެރިކަން ކުރެވޭ ގޮތް ހަދައިފިއެވެ. ހީކުރީ ދެންވެސް ވެރިކަން ކުރެވޭނީ މައުމޫނު ކުރި ގޮތަށް ކަމަށެވެ.

30 އަހަރު ބަލި ކުރަން މައުމޫނާ ދިމާއަށް އެމްޑީޕީ ގޮވީ ހިތަށް އެރި އެއްޗެކެވެ. އެގޮތަށް އެކަން ވީމާ މިއުޅޭ މީހުންނަށް ވެސް ހީވަނީ ވެރިޔަކަށް ހުންނަ މީހާއާއި ދިމާއަށް ހިތުހުރި އެއްޗެއް ގޮވީމާ އެއީ ތިމާމެންނަށް ވެރިކަން ލިބޭ ފޮމިއުލާ ކަމަށެވެ. އަދި ގައުމީ ހަމަ ކަމަށެވެ. ބަލަ އޭރު އެކަން އެހެން ކުރީ އެކަކު 35 އަހަރު ވެރިކަމުގައި ހުންނަން ނަގޫ ނެގީތީއެވެ. މިހާރު އެކަކަށް ގިނަވެގެން ހުރެވެނީ 2 ދައުރަށެވެ. ދިހަ އަހަރުއެވެ.

ކުޑައެއް ބޮޑެއް ތަފާތު ނުކޮށް ހުރިހާ ރަށެއްގައި މިހާރު ހިނގާ ކަންކަން އެކުގައި ނިންމާލުމަށް ރަށްފުށު މީހުން މިއަންނަ ސެޕްޓެމްބަރ 9ގައި އިބޫއަށް ބޯކޮށް ވޯޓް އަޅާ ހޮވާފާނެއެވެ. އެ ހިސާބުން އިބޫ ބޭނުން ވިޔަސް އަދި ހުރިހާ ރައްޔިތުން ރޮއެ ހޭރުނަސް އިބޫއަކަށް އިތުރު ދައުރަކަށް ދެން ރާއްޖޭގެ ވެރިކަމަކަށް ފުރްޞަތެއް ނުލިބޭނެއެވެ. 2028ގެ ފަހުން އިބޫ އަކީ ވެސް ކުރީގެ ރައީސް އެކެވެ. 

ޖެހިފައި މިތިބަ ބައްޔަކީ އެއްޗެހި ގޮވި ގޮވީނުން މައުމޫންގެ 30 އަހަރު ނިންމާލި ތަން ފެނުނީމާ ކޮންމެ ގޮލަޔަކަށް ވެސް ހީވަނީ ބޮޑުހާ ދޮގުތަކާ މޮޅުހާ ވާހަކަ ދެއްކީމާ ތިމައުރެން ދައްކާ ވާހަކަ ރައްޔިތުން ގަބޫލުކޮށް ވެރިކަން ދޭނެ ކަމަށެވެ.

އެއް އިރެއްގައި ވެސް ޗާގޯހަކީ ރާއްޖޭގެ އަތޮޅެއް ނޫން ކަމާއި އިންޑިއާ ސިފައިންގެ މީހަކު ރާއްޖޭގައި ނެތްކަން ދިވެހިން ދަނެއެވެ. އިންޑިއާ އައުޓް ކަސްރަތު ކްލާހަކަށް ބަދަލުވެ ލީޑަރު ފުއްގިރަން މާފުށީގައި އެއޮތީ ހަމަ އެކައުންޓް ފުރާ އެޅި ހަރާން ފައިސާ ގިނަ ކަމުން ކަން ދިވެހިން ދަނެއެވެ. 

ނާޒިމް ރަތްފުށް ޖަހައިގެން އައްޑަނައަށް އަތް ފޯރުވިޔަސް ގަނެފައި ހުރި އަނިޔާވެރި ގަނޑު އޮޅޭ ވަރަށް ދިވެހިން އަދި ގަމާރެއް ނުވެއެވެ.

ކޮންމެ އިންތިޚާބަކަށް ގައުމައިގެން ފުމެ އަރާ ގާސިމް ކޮވިޑް އައުމާ އެކު ފިލާ ރައްކާވިކަން ނޭނގޭ މީހަކުވެސް ނެތެވެ. 

މައުމޫނު ކައިރީގައި އުޅެ އެކަހަލަ ޖަރީ ކުރި ވެރިކަން ކުރެވޭތޯ އޭގެ އަވާގައި ނުކުމެ ތިޔަ ޖައްސާ ވަންނިތައް ދިވެހިންނަށް ސާފެވެ. މިހާރު ދެރަ ކަލޯ ދަރިވެސް ފުރަތަމަ ޑިގްރީ ހިލޭ ހެދޭގޮތް އިބޫ ހަދާ ނިންމާ ކުދިންތައް މޮޅު މުޅީން މޮޅުވެއްޖެއެވެ. ތިޔަ ޅޮސް އުނދޯލީގައި އަމިއްލައަށް ހެއްލިގެން ސެޕްޓެމްބަރ ނުވައެއްގައި ވާތާވާން ތައްޔާރުވާށެވެ.