ފަލާހަށް: މީޑިއާ އުލުބައިންދަށް ނޫޅެ ގެއަށް ކަނޑާލާ

ނޫހެއްގައި އިނގުރައިދޫ ފަލާހާއި ގުޅޭގޮތުން ކޮންމެވެސް ދުވަސްވަރެއްގައި އޮތް އޭނާ ހިތްހަމަނުޖެހޭ ހަބަރަކާ ގުޅިގެން ހިތުގައި މީޑިއަށް އޮތް ޒަމާންވީ ނަފްރަތެއް މިއަދު މަޖިލީހުގައި ބަންޑުން ކޮށްލައިފިއެވެ. މީޑިއާތަކަކީ މީހުން ރުހޭހާ ވާހަކައެއް ގެނެސްދީގެން ބަޔަކު އުފާކޮށްދޭން ހިންގާ ވަސީލަރެއް ނޫނެވެ.
މުއިއްޒާއި ފަލާހަށް އެކަން އޮޅިގެން އުޅުމަކީ މީޑިއާގެ މައްސަލައެއް ނޫނެވެ. މީޑިއާއަކުން ގެނެސްދޭ ވާހަކައެއްގެ ތެދުދޮގު ހާމަކޮށްދީ ދިފާއުވުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް އޮވެއެވެ. ހަގީގަތާއި ހިލާފު ވާހަކައެއް މީޑިއާއަކުން ގެނެސްދީފިނަމަ އެ މީޑިއާއެއް ޖަވާބުދާރީ ކުރެވޭނެ ގޮތް ރާއްޖޭގެ ގާނޫނު ތަކުގައި އަބަދުވެސް އޮވެއެވެ.
ފަލާހު ވެރިކަން ހިންގާ ޕާޓީގެ ޕީޖީ ލީޑަރ ކަމުގައި ހުރެގެން މީޑިއާ އުލުބައިންދަން ތަކުރާރުކޮށް ގޮވާލުމުން އެ ވާހަކަ ނޫސްތަކުން ގެނެސް ދިނީމާ މީޑިއާތައް އުލުބޭންދިޔަސް އެހެން ނުގޮވާ ކަމަކަށް ނުވާނެއެވެ. އެއީ ދޮގަކަށްވެސް ނުވާނެއެވެ.
އެހެން ނޫނަސް ސިޔާސީ ގޮތުން ލިބިފައިވާ ބާރުވެރިކަމަކީ ހަސަދަ ފިލުވަން ދީފައިއޮތް ތަޅުދަނޑިއެއް ނޫނެވެ. ހުށަހަޅައިގެން ބަހުސްކުރާ މީޑިއާ ކަސްތަޅު ބިލާ ދެކޮޅަށް ވާހަކަ ދައްކާ ކޮންމެ މެންބަރަކީ ޝައިތާނެއް ކަމަށް ފަލާހު މަޖިލީހުގެ ތަޅުމުގައި ގޮވިގޮވުން ފަލާހާ އަރާ ހަމަކުރާ ދުވަސް ނާހެއް ނުދާނެއެވެ.
މަގުބޫލުކަން ހޯދަން ފަލާހުމެންގެ މޮޅު ވާހަކަ ދައްކުވަން ވީމާ މީޑިއާ ވަރެއް ނޯވެއެވެ. މަޖިލިހުގެ ތަޅުމުގައި ލިބޭ ރައްކާތެރި ކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ވާދަވެރިން ޝައިތާނުންނަށް ހަދާ މީޑިއާތައް އުލުބައިންދަން ގޮވާލި ގޮވާލުމަކީ ޓެރެރިޒަމްގެ އަމަލެކެވެ. ވެރިކަންވެއްޓި ދާނެކަމަށް ޑެސްޕަރޭޓް ވެގެން ކިޔޭ ނުކިޔޭ ނެނގޭ ވަރަށް މޮޔަވުމުން ރަނގަޅުވަނީ ގެއަށް ކަނޑާލުމެވެ.