ބ. އަތޮޅު އަނގަފަރުގައި ދުނިޔޭގެ ރެކޯޑެއް ހަދައިފި

ބ. އަތޮޅު އަނގަފަރުގައި ދުނިޔޭގެ ރެކޯޑެއް ހަދައިފި

އެއްފަހަރާ އެންމެ ގިނަ މީހުން ސްނޯކްލް ކުރުމުގެ ދުނިޔޭގެ ރެކޯޑް ބ. އަތޮޅަށް ލިބިއްޖެއެވެ. ދުނިޔޭގެ ރިކޯޑް ފޮތުން ބ. އަތޮޅު ޖާގަ ހޯދީ އެއްފަހަރާ 623 މީހުން އިއްޔެ އަނގަފަރު ސަހައްދުގައި ފީނައިގެންނެވެ. 

ދުނިޔޭގެ ރެކޯޑަކަށް ވެގެން ދިޔަ ސްނޯކްލިންގ ހަރަކާތަކީ ދުނިޔޭގެ ޓޫރިޒަމް ދުވަހާ ގުޅުވައިގެން ބޭއްވި ހަރަކާތެކެވެ. 623 މީހުން ބައިވެރި ސްނޯކްލިންގ ހަރަކާތުގައި ބ. އަތޮޅުގެ މީހުން އުޅޭ ރަށްތަކުގެ އިތުރުން ރިސޯޓްތަކާއި، ގެސްޓް ހައުސްތަކުން ބައިވެރިވިއެވެ.

"ބާނި" ނަމުގައި ފްރީޑައިވް މޯލްޑިވްސް އާއި ބ. އަތޮޅު ކައުސިލުން ގުޅިގެން ކުރިއަށް ގެންދިއަ ހަރަކާތުގެ މަގްސަދަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ބ. އަތޮޅު ޑެސްޓިނޭޝަން ޕްރޮމޯޓް ކުރުމާއި ތިމާވެއްޓަށް މީހުން ހޭލުންތެރިކަން އިތުރުކުރުމެވެ. 

623 މީހުން ސްނޯކްލް ކުރި އަނގަފަރު ސަރަހައްދަކީ ޅަމިޔަރު ވިހާ އާލާވާ ތަނެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ތަނެކެވެ. އަނގަފަރަކީ ވެސް ބ. އަތޮޅު ބަޔޮސްފިއާ ރިޒާވްގައި ހިމެނޭ ސަހަރައްދެކެވެ. ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދި ބ. އަތޮޅަކީ ކަނޑުގެ ދިރުމުގެ މުއްސަނދި ކަމަށް ދުނިޔޭގައި މަޝްހޫރު އަތޮޅެކެވެ.