އދގެ ސެކެރެޓަރީ ޖެނެރަލްގެ ތައުރީފް ފެނަކަ ސައީދަށް

ކާރބަން ނިއުޓްރަލް ޤައުމަކަށް ދިވެހިރާއްޖެ ހެދުމުގައި ފެނަކަ ކޯޕަރޭޝަން

އދގެ ސެކެރެޓަރީ ޖެނެރަލްގެ ތައުރީފް ފެނަކަ ސައީދަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސާލިޙްގެ ނެޓް ޒީރޯ ސިޔާސަތު ތަންފީޒް ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތް ގިނަގުނައެވެ. ރައީސްގެ ނެޓް ޒީރޯ ސިޔާސަތުގެ ދަށުން ކާރބަން ނިއުޓްރަލް ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ތަކަށް އ.ދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ޝުކުރު އަދާކުރައްވާ ވަރަށް ބޮޑަށް ތަޢުރީފު ކުރައްވައިފިއެވެ.

ފެނަކަ އެމްޑީ އަހުމަދު ސައީދަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ތައުރީފްކުރައްވައި ވާހަކަފުޅު ދެއްކެވީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އަރިހުގައި އަހުމަދު ސައީދު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައެވެ. ނިއުޔޯކްގައި ހުންނަ އދގެ މައި މަރުކަޒުގައި ބޭއްވެވި ބައްދަލުކުރެއް ވުމެއްގައެވެ. 

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދުގެ ތާރީހީ މި ބައްދަލު ކުރެއްވުމުގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލީ މައުލޫމާތު މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސަޢީދަށް އދގެ ސެކްރެޓަރީ ޖެނެރަލަށް އެރުވިއެވެ.

އެގޮތުން ޔުޓިލިޓީ ކުންފުންޏެއްގެ ގޮތުގައި ފެނަކައިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކާއި، އަދި އެ ޚިދުމަތްތައް ފޯރުކޮށް ދިނުމުގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސް.ޑީ.ޖީސް) ހާސިލްކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ބެހޭ މައުލޫމާތު މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުހައްމަދު، ސެކްރެޓަރީ ޖެނެރަލްއާއި ހިއްސާކުރެއްވިއެވެ.

ނެޓްޒީރޯއަށް ވާސިލްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ނެޓްޒީރޯއަށް ވާސިލްވުމަށް ފެނަކައިން ކުރަމުންދާ މަސައްކަތްތަކާއި ބެހޭ މައުލޫމާތު މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުހައްމަދު ވަނީ ސެކްރެޓަރީ ޖެނެރަލްއާއި ހިއްސާކުރައްވާފައެވެ.

އދ ގެ ސެކްރެޓަރީ ޖެނެރަލް ވަނީ އެސްޑީޖީތައް ހާސިލް ކުރުމަށް ފެނަކަ އާއި މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުހައްމަދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ތަކަށް ތައުރީފް ކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.  

މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން އާއިވެސް ވޮޝިންޓަންގައި މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުހައްމަދު ވަނީ ބައްދަލުކުރައްވާފައެވެ.