މުއިއްޒު ސިޔާސީ މަގާމް ވިއްކިކަމަށް ޝިއުނާ ބުނެފި!

ރައީސް ޑޮކްޓަރ މުއިއްޒު ސިޔާސީ މަގާމް ވިއްކާފައިވާކަމަށް މަރިޔަމް ޝިއުނާ ބުނެފިއެވެ. އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާ ސަރުކާރަށް ފުރައްސާރަ ކޮށްގެން ސަސްޕެންޑްކުރި ތިން ނައިބުވަޒީރުންގެ ތެރޭގައި ހިމެނޭ ޝިއުނާ އެހެން ބުނީ އެކްސްގައި ކުރި ޓްވީޓެއްގައެވެ.
އިންޑިއާއަށް ފުރައްސާރަ ކޮށްގެން މުސާރައާއިއެކު ސަސްޕެންޑް ކުރި ތިން ނައިބު ވަޒީރުންނަކީ މަރިޔަމް ޝިއުނާއާއި މަލްޝާ ޝަރީފާއި މަހުޒޫމް މާޖިދުއެވެ. މަގާމުގެ ޒިންމާ އަދާނުކޮށް އެތައް މަހެއްވަންދެން މުސާރަ ކާލަކާލާ ތިބި ތިން ނައިބު ވަޒީރުންގެ ތެރެއިން މަހުޒޫމަކީ މަގާމުން އިސްތިއުފާ ދިނުމަށްފަހު މުއިއްޒު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންދާ ޒުވާނެކެވެ. މިހާރު ހިނގަމުންދާ ޒުވާނުންގެ މުޒާހަރާގެ ކުރީސަފުންވެސް މަހުޒޫމު ފެނެއެވެ.
އިންޑިއާއަށް ފުރައްސާރަކުރި އަނެއް ދެނައިބުން ކަމަށްވާ ޝިއުނާއާއި މަލްޝާއަކީ ނައިބުވަޒީރުކަމުން އިސްތިއުފާ ދިނުމަށް ފަހު ސަރުކާރުގެ ދެ އެސްއޯއީ އަކުން ވަޒީފާދީގެން މުއިއްޒަށް ސަނާކިޔަން ބޮޑު މުސާރަދޭ ދެމީހުންނެވެ. އެހެންކަމުން މަހުޒޫމް ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ ކުރުމެއް ޝިއުނާއަށް ހަޖަމެއްނުވިއެވެ.
ހިތުން މަހުޒޫމް ފަލީހަތް ކުރުމަށް ޝިއުނާ އެކްސްގައި ކުރި ޕޯސްޓްގައިވާ ވާހަކަތަކުން ފަލީހަތް ކުރެވުނީ ރައީސް މުއިއްޒެވެ. "އަހަރުމެން ސިޔާސީ މަޤާމްތަކަށް އައީ ބުރަ މަސައްކަތްކޮށްގެން، ގޭނިގެން، އާއިލާގެ އެއްވެސް މީހެއްގެ ނުފޫޒަކުން ނޫން، ފައިސާތަކެއް ދީގެން މަޤާމު ގަނެގެންނޫން." ކަމަށް މަލްޝާ ޝަރީފަށް ޓެގްކޮށް އެ ޕޯސްޓްގައި ޝިއުނާ ބުނެފައިވެއެވެ.
ޝިއުނާގެ އެވާހަކައިން މަހުޒޫމަށް ދިން ޑެޕިއުޓީ މިނިސްޓަރކަމަކީ ޑރ. މުއިއްޒަށް ފައިސާ ދީގެން މަހުޒޫމް ގަތް މަގާކަމެއް ކަމަށް ޝިއުނާެ ބަހުން ހެކިލިބެއެވެ. ރައީސް މުއިއްޒުގެ ސިޔާސީ ގިނަ މަގާމަކީ ފައިސާއަށް ވިއްކާފާއިވާ މަގާމްތަކެއް ކަމަށް ކުރަމުންއައި ތުހުމަތުތަކަކީ ތެދެއްކަމަށް ޝިއުނާ އެވަނީ ހެކިދީފައެވެ.