ކޮންމެ ވާހަކައެއްގެ ދެ ފަރާތެއް ވާނެ: މުރުނާލްތާކުރު

ބުރާސްފަތި ދުވަހު ގުމްރާގެ ޓްރެއިލާ ރިލީޒްކޮށްފި

ކޮންމެ ވާހަކައެއްގެ ދެ ފަރާތެއް ވާނެ: މުރުނާލްތާކުރު

ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ރިލީޒްކުރި ގުމްރާގެ ޓްރެއިލާއަކީ ހުރިހާ ވައްތަރެއްގެ ގްރިޕިން ފިލްމެކެވެ. ވީޑިއޯ ފެށެނީ ބިރުވެރި މަރުގެ މަންޒަރަކުންނެވެ. މަރާލި މީހާގެ އައިޑެންޓިޓީ ހާމަކޮށްފައި ނުވި ނަމަވެސް އޭނާ ފެންނަނީ ގަދަ ރީނދޫ ކުލައިގެ ރެއިންކޯޓެއް ލައިގެންނެވެ. އެއަށްފަހު ވީޑިއޯ ޓްރާންސިޝަން ވެގެން ދަނީ އޮފިސަރު ޝިވާނީ މަތޫރު (މުރުނާލް ތާކޫރު) އަށެވެ.  މަރަކީ ރަނގަޅަށް ރޭވިގެން ހިންގި މަރެއް ކަމަށާއި ޝައްކު ކުރެވޭ މީހާ އަކީ އިންތިހާއަށް ސްމާޓް ކުށްވެރިއެއް ކަމަށްބެލެވެއެވެ.

ވީޑިއޯއިން ދެން ފެންނަނީ އަދީއްޔާ ރޯއީ ކަޕޫރުގެ ގާތްގަނޑަކަށް ފުރިހަމަ ދިރިއުޅުމުގެ މޮންޓޭޖެކެވެ. އަދީއްޔާ ރޯއީ ކަޕޫރު ޑަބަލް ރޯލެއްގައި ފެނިގެންދާތީ ތަހުގީގު ކުރެވޭ  މަރުގެ މައްސަލައިގައި ޝައްކު ކުރެވޭ ދެ މީހަކު ތިބި ކަމެވެ. މުރުނާލް ތާކޫރާއި އޭނާގެ ވެރިޔާ ރޮނިތު ރޯއީ ހަގީގީ ކުށްވެރިޔާ ހޯދުމަށް ކުރާ މަސައްކަތަކީ ފަސޭހަ ކަމެއް ނޫން ނަމަވެސް އެމީހުން އަޒުމް ކަނޑައަޅާފައި ވަނީ ހަގީގަތް ހޯދާ ހާމަކުރުމަށެވެ.

ސޯޝަލް މީޑިއާގައި ޓްރެއިލާ ހިއްސާ ކުރަމުން މުރުނާލް ތަކުރު އޭނާގެ ކެޕްޝަންގައި ލިޔެފައި ވަނީ ކޮންމެ ވާހަކައެއްގެ ދެ ފަރާތެއް ވާނެ، ހަގީގަތާއި ދޮގު؛ އެކަމަކު މި ވާހަކައިގެ ފަރާތްތަކަކީ ފާފައާއި މަކަރު ކަމަށެވެ.