ހައުސް ފުލް 5އަށް އަބީޝެކް

ޝޫޓިން ފަށަނީ އޮގަސްޓް މަހު އިގިރޭސި ވިލާތުގައި

ހައުސް ފުލް 5އަށް އަބީޝެކް

ކޮމެޑީ ފިލްމު "ހައުސްފުލް 5" ގެ ކާސްޓަށް އަބީޝެކް ބައްޗަން އިތުރުވެއްޖެއެވެ.

އޮގަސްޓް މަހު ޝޫޓިން ފަށަން ޕްލޭން ކޮށްފައިވާ “ހައުސްފުލް 5” އިން އަބީޝެކްވެސް ފެނިގެންދާއިރު، އޭނާ ވަނީ މި ޝޯގެ ލީޑް ދެ ތަރިން ކަމަށްވާ އަކްޝޭ ކުމާރާއި ރިތޭޝް ދޭޝްމުކާ އެކީ 2016 ގެ "ހައުސްފުލް 3" އިންވެސް ފެނިފައެވެ.

މަޝްހޫރު ފިލްމް ދޯސްތާނާގެ ޑައިރެކްޓަރ ތަރުން މަންސުހާނީ ޑައިރެކްޓްކުރާ މި ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޮގަސްޓް މަހު އިނގިރޭސިވިލާތުގައެވެ.

“ ހައުސްފުލް 5" ސިނަމާ ތަކަށް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫން 6 ގައެވެ.