ފެނަކަ: ލ. މާމެންދޫ އައު އިންޖީނުގޭގެ ހިދުމަތް ރައްޔިތުންނަށް

ފެނަކަ: ލ. މާމެންދޫ އައު އިންޖީނުގޭގެ ހިދުމަތް ރައްޔިތުންނަށް

ފެނަކައިން އެ ރަށަކާއި އެންމެ ގުޅޭ ގޮތައް އެ ރަށެއްގެ އިންޖީނުގެތައް ތަރައްގީ ކުރަމުން ގެންދާ އިރު ހުސްވި މަހުވެސް ވަނީ އެތައް ރަށްތަކެއްގައި އިންޖީނުގެއާއި އޮފީސް އިމާރާތްތަކުގެ މަސައްކަތް ނިންމާފައެވެ. ފެންނަކައިން ހިންގާ އިންޖީނުގެތަކުގެ ފެންވަރު މަތިކުރުމުގެ ޕްރަގްރާމްގެ ދަށުން އަނެއްކާވެސް އިތުރު ރަށެއްގެ އައު އިންޖީނުގެ ނިންމާ ހިދުމަތް ދޭންފަށައިފިއެވެ.

މި ފަހަރު އައު އިންޖީނުގެއެއް ބިނާކޮށް ހިދުމަތްދޭން ފެށީ ލ. މާމެންދޫގައެވެ. ފެނަކައިން މިހާރު ބިނާ ކުރާ އެހެން ހުރިހާ އިންޖީނުގެތަކާއި އެއްގޮތަށް މާމެންދޫ އިންޖީނުގެއަކީ ވެސް ރައްޔިތުންނަށް އެތަނުގެ އެއްވެސް އުދަގުލެއް ނުފޯރާނޭހެން ރައްކާތެރިކަމާއެކު ބިނާ ކުރެވުނު އިންޖީނުގެއެކެވެ. އެންމެ މި ޒަމާނުގެ ހިދުމަތްތަކާއެކު އައު އިންޖީނުގެ ބިނާކޮށް ހިދުމަތް ދޭން ފެށުމަކީ މާމެންދޫ ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. އުފަލެކެވެ. ފަސޭހައެކެވެ. ރައްކާތެރި ކަމެކެވެ. 

ގާއިމު ކުރެވުނު އައު އިންޖީނުގެއިން މާމެންދުއަށް ބޭނުންވާ ކަރަންޓް ޔަގީން ކުރެވުނީއެވެ. ބައު އިންޖީނުގެއިން ތިމާވެއްޓަށް ލިބުނު ގެއްލުންތަކުން މާމެންދޫ މިންޖު ކުރެވުނީއެވެ. ރަށުތެރޭގައި ހުރި ގަދަ އަޑުފަށް ގަޑުން ކަންފަތް ތަކަށް ގެއްލުން ލިބުން ނިމުމަކަށް އައީއެވެ. އިގްތިސާދީ މަސައްކަތްތަކަށް ބޭނުންވާ ކަރަންޓް ނުލިބިގެން ހުއްޓިފައި ހުރި އިގުތިސާދީ މަސައްކަތްތައް ފަށައިގަތުމަށް މަގު ފަހިވީއެވެ. ރައީސް ސޯލިހުގެ ހެޔޮވެރިކަމުގެ ހެޔޮފައިދާ މާމެންދޫ ރައްޔިތުންނަށް ލިބެން ފެށީއެވެ.